Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އެހީ ރާއްޖެއަށް

ހުޅުމާލޭ ދެ ފިޔަވަހި ގުޅާލަދޭ ބްރިޖްތަކަކީ ހުޅުމާލެއަށް ތަރައްގީގެ ގޮތުން ގެނުވި އިންގިލާބެއް: ފަޒުލް

ސަޢުދީ އިން މިހާތަނަށް އައި އިރު 470 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 މެއި 2024 | ހުކުރު 02:00
ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އެހީގައި ހުޅުމާލޭގައި ހެދި ޗެނަލްތަކާއި ބްރިޖްތައް ރަސްމީކޮށް އިފްތިތާހުކުރުން

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އެހީގައި ހުޅުމާލޭގައި ހެދި ޗެނަލްތަކާއި ބްރިޖްތައް ރަސްމީކޮށް އިފްތިތާހުކުރުން

ހުޅުމާލޭ ދެ ފިޔަވަހި ގުޅާލަދޭ ބްރިޖްތަކަކީ ހުޅުމާލެއަށް ތަރައްގީގެ ގޮތުން ގެނުވި އިންގިލާބެއް ކަމަށް  އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިޔަ ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅާލުމުގެ ބްރިޖް މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ މަޝްރޫޢުގެ ނިމުން ފާހަގަކޮށް، ބްރިޖުތައް އިފްތިތާހުކޮށްދެއްވީ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދުއެވެ.

ފަޒުލް ވިދާޅުވީ ސައުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި އާބާދުވަމުންދާ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. އެއީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އަގުހުރި ހިދުމަތެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ހުޅުމާލެއަށް އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން ވެސް ލުއިފަސޭހަތައް ލިބޭނެ ކަަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.

މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤް ވަނީ، ރާއްޖެ އަށް ސައުދީން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީއާއެކު އޮތް ގާތް ގުޅުމުގެ އެހީގައި ރާއްޖެ އަށް ގިނަ ކުރިއެރުންތަކެއް ލިބޭ ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދު ވިދާޅުވީ ސަޢުދީ އިން މިހާތަނަށް އައި އިރު 470 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވާކަމަށެވެ. ހުޅުމާލޭ ބްރިޖްތައް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް އެކަނި ވެސް 80 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާލުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން އެހީތެރިވެދެއްވާނެކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅާލުމަށް ތަރައްޤީކުރި 4 ބްރިޖްގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ބްރިޖް ދަށުން ހަދާފައިވާ ޗެނަލްގެ މަސައްކަތްތަކާއި، ދެވަނަ ފިޔަވަހިން ބައެއްގެ ބަނދަރު ސަރަޙައްދު ތަރައްޤީކުރުމާއި ދެވަނަ ފިޔަވަހީގެ އިޤްތިޞާދީ ސަރަޙައްދު ގުޅުވާދޭ ސަރަޙައްދުގައި ހަދާފައިވާ ބްރިޖް އަދި ޗެނަލްގެ މަސައްކަތް ވެސް އެ މަޝްރޫޢުގެ ދަށުން ވަނީ ކޮށްފައެވެ.

އިބްރާހީމް ފަޒުލް ރަޝީދު އެޗްޑީސީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
01 ޑިސެމްބަރު 2025

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް
29 ނޮވެމްބަރު 2025

ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟

29 ނޮވެމްބަރު 2025
ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު