Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ރައީސްގެ ޗައިނާ ދަތުރުފުޅު

ރަޝިއާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް

ޕޫޓިންގެ މި ދަތުރުފުޅަކީ ރަޝިއާ އާ ޗައިނާ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރަޝިއާއިން ބުނެފައިވޭ

ރާއްޖެ އެމްވީ | 16 މެއި 2024 | ބުރާސްފަތި 09:46
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ޝީ މަރުޙަބާ ވިދާޅުވަނީ

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ޝީ މަރުޙަބާ ވިދާޅުވަނީ

ރަޝިއާގެ ރައީސް ވިލަޑިމިއަރ ޕޫޓިން ރަސްމީ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު ޗައިނާ އަށް ވަޑައިގެންފިއެވެ.

މިއީ ރިޔާސީ 5 ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށްފަހު ޕޫޓިން ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރިޔާސީ 5 ވަނަ ދައުރު ޕޫޓިން ފުރިހަމަ ކުރައްވާނީ 2030 އާ ހަމައަށެވެ.

ޗައިނާ އިން ޕޫޓިން އަށް ވަނީ ކުލަގަދަ މަރުހަބާ އެއް ދަންނަވާފައެވެ.

ޕޫޓިންގެ މި ދަތުރުފުޅަކީ ރަޝިއާ އާ ޗައިނާ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރަޝިއާއިން ބުނެފައި ވެއެވެ. ގުޅުން ވަރުގަދަ ކުރާ ދާއިރާ ތަކުގެ ގޮތުގައި ޓެކްނޮލޮޖީ، ނިއުކްލިއަރ ހަކަތަ، އިންޑަސްޓްރީ، އާޓިފިޝަލް އިންޓެލިޖެންސް، އިއާދަ ކުރަނިވި ހަކަތަ ހިމެނެއެވެ.

ބުރާސްފަތި ދުވަހު ދެ ބޭފުޅުންވަނީ މީޑިއާގެ ކުރިމަތީގައި ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީގައި ޕޫޓިން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިވެފައި އޮތް މިންވަރު ސިފަކޮށްފައިވަނީ "އިމެއްނެތް" ގުޅުމެއްގެ ގޮތުގައެވެ.

ޕޫޓިން މި ދަތުރުފުޅު ކުރައްވާއިރު، ޔޫކްރެއިނަށް އަރާ ރަޝިޔާ ސިފައިން ހިންގާ ހަނގުރާމައާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެމެރިކާ އިން ރަޝިއާ އާ މެދު ދެކެނީ އެއީ އެމެރިކާގެ ގައުމީ ސަލާމަތައް ހުރި އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައެވެ. އަނެއްކޮޅުން އެމެރިކާއިން ޗައިނާ އާ މެދު ދެކެނީ އިގްދިސާދީ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައެވެ.

ހުޅަނގާއި އެމެރިކާއާ މެދު ރަޝިޔާގެ ރައީސް ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ގެ ވިސްނުންފުޅު ގެންގުޅުއްވަނީ އެއްގޮތަކަށެވެ.

ދެބޭފުޅުންވެސް ދެކެވަޑައިގަންނަވަނީ ހުޅަނގާއި އެމެރިކާގެ ޒަމާން މިހާރު ނިމެމުން ދާ ކަމުގައެވެ.

ޗައިނާރަޝިއާޝީ ޖިންގޕިންވްލަޑިމިއަރ ޕުޓިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު