Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

މިރޭގެ މެޗަށް ރޮނާލްޑޯ ހުރީ ނަފްސާނީ ގޮތުންނާއި ފިޒިކަލީ ގޮތުން ފިޓްކޮށް: ޒިދާން

ރޮނާލްޑޯއާ ގުޅޭ ގޮތުން މީޑިއާގައި ދައްކަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 އޯގަސްޓު 2017 | އަންގާރަ 06:46
ޒިދާން: ރޮނާލްޑޯ އަށް އިންސްޓްރަކްޝަން އެއް ދެނީ

ޒިދާން: ރޮނާލްޑޯ އަށް އިންސްޓްރަކްޝަން އެއް ދެނީ

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ސުޕަރކަޕްގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ރޮނާލްޑޯ ހުރީ ނަފްސާނީ ގޮތުންނާއި ފިޒިކަލީ ގޮތުން ވެސް ފިޓްކޮށް ކަމަށާއި އެގޮތުން މިރޭގެ މެޗުގައި ރޮނާލްޑޯގެ ތަފާތު ފެނިގެންދާނެކަމުގެ އުންމީދުގައި ހުރިކަމަށް ރެއާލް މެޑްރިޑް ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޒިދާން މިހެން ބުނެފައި ވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަމުން ޒިދާން ބުނީ ރޮނާލްޑޯ ޕްރިސީޒަން ފުރިހަމަ ނުކުރި ކަމުގައި ވީނަމަވެސް އޭނާގެ ހުނަރަށް ބަދަލެއް ނާންނާނެ ކަމަށާއި ރޮނާލްޑޯ މިރޭގެ މެޗަށް މުހިންމުކަމަށެވެ. އެގޮތުން ޓީމުގެ ފުރަތަމަ އެގާރާގައި ވެސް އޭނާ ހިމަނާފައިވާނެ ކަމަށެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްދާން އުޅޭ ކަމަށް ބުނެ ފެތުރިފައިވާ އަޑުތަކާ ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޒިދާން ބުނީ ޕްރިސީޒަން ތެރޭގައި ރޮނާލްޑޯއާ ބެހޭގޮތުން ވަރަށް ތަފާތު އަޑުތަށް ފެތުރިފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ. ރޮނާލްޑޯ ރެއާލްގައި މަޑުކުރާނެ ކަމަށެވެ.

"ރޮނާލްޑޯ އަކީ ރެއާލްއަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާ ރެއާލް ދޫކޮށް ނުދާނެ. ރޮނާލްޑޯއާ ގުޅޭ ގޮތުން ފެތުރެނީ ދޮގު ޚަބަރު. މިރޭގެ މެޗުގައި ވެސް އޭނާގެ ތަފާތު ފެންނާނެ،" ޒިދާން ބުންޏެވެ.

ރޮނާލްޑޯ އަށް އިތުބާރުކުރާ ކަމަށާއި އޭނާ ރެއާލްގައި މަޑުކުރާނެކަމަށް ޒިދާން ބުނެފައިވެއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ރޮނާލްޑޯއާ ގުޅޭ ގޮތުން ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތައް އަޑުއިވިގެން ދިޔަ ކަމަށާއި އެހެން ނަމަވެސް އޭނާ ހުރީ ވަރަށް ހަމަޖެހިފައި ކަމަށް ޒިދާން ބުންޏެވެ.

ޒިދާން ބުނީ ކޮންމެ ގޮތަކަށް އަޑުތަށް އެރި ނަމަވެސް ރޮނާލްޑޯއަކީ އަދިވެސް ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއް ކަމަށާއި، އޭނާ ހުރީ އަދިވެސް އެ ކްލަބުގައި ކަމަށެވެ. އެހެންކަމުން މިރޭގެ މެޗުގައި ވެސް އޭނާ ކުޅޭނެ ކަމަށެވެ.

ފަހުން ކަންތައްތައް ވާނެ ގޮތެއް ނޭންގޭ ކަމަށާއި ނަމަވެސް، މިވަގުތު ރޮނާލްޑޯ ހުރީ ކްލަބާއެކު ކުރިއަށްދާން ފުރިހަމައަށް ތައްޔާރުގައި ކަމަށް ގަބޫލުކުރާ ކަމަށް ޒިދާން ބުންޏެވެ.

ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ޓެކްސް އޮތޯރިޓީން ކޮށްފައިވާ ޓެކުހަށް މަކަރު ހެދުމުގެ މައްސަލައިގައި، ސްޕެއިންގެ އިތުރުން ރެއާލް ވެސް ދޫކޮށް އިނގިރޭސި ވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ވަނީ ދާދިފަހުން ބުނެފައެވެ.

މިހިނގާ ޓްރާންސްފަރ ވިންޑޯ ބަންދުވުމުގެ ކުރީން، ރޮނާލްޑޯ އެހެން ކްލަބަލަ ބަދަލުވާނޭ ކަމުގެ އަޑުތައް ވަރަށް ގަދަވެފައިވާއިރު، އޭނާ ހިނގައިދާނޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ކްލަބަކީ ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑެވެ.

މެސެޑޯނިއާގެ ވެރިރަށް ސްކޯޕްޔާގައި މިރޭ ކުޅޭ މި މެޗުގައި ރެއާލް މެޑްރިޑު އަދި ޔުނައިޓެޑު ކުރިމަތިލާއިރު، ދެ ޓީމު ވެސް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަކަމަށް ރިޕޯޓްތަށް ބުނެއެވެ. އަނިޔާގެ އެއްވެސް މައްސަލައެއް ދެޓީމުންކުރެ ޓީމެއްގައި ނެތް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މެސެޑޯނިއާގެ ވެރިރަށް ސްކޯޕްޔާގައި މިރޭ ކުޅޭ ސުޕަރ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު