Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑު ބަލިކޮށް، އާސެނަލް އަލުން އެކަކަށް

ލީގުގައި އާސެނަލަށް ބާކީ އެއް މެޗު އޮތްއިރު، ސިޓީ އަށް އޮތީ ދެ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2024 | ހޯމަ 05:37
މެޗުގައި އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ މެޗުން އާސެނަލް މޮޅުވުމާއެކު، މި ސީޒަންގެ ލީގު ޗެމްޕިއަން ކަށަވަރު ވާނީ އެންމެ ފަހު މެޗުންނެވެ.

މެޗު ފަށައިގެން 20 ވަނަ މިނެޓުގައި އާސެނަލުން ވަނީ ޔުނައިޓެޑު ކޮޅަށް ލަނޑު ޖަަހައި، މެޗުގެ ލީޑު ނަގައިފަ އެވެ. ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލަށް އެ ލަނޑު ޖަހައިދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. އޭގެ ފަހުން ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިއިރު، އާސެނަލަށް ވަނީ ލީޑު ފުޅާ ކުރުމުގެ ފުރުސަތު ވެސް ލިބިފަ އެވެ.

މޮޅާއެކު އާސެނަލް އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 37 މެޗުން އެ ޓީމަށް ލިބެނީ 86 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 85 ޕޮއިންޓު ލިބެނީ 36 މެޗުންނެވެ. ލީގުގައި އާސެނަލަށް ބާކީ އެއް މެޗު އޮތްއިރު، ސިޓީ އަށް އޮތީ ދެ މެޗެވެ. ލީގުގެ ޗެމްޕިއަން ކަށަވަރު ވާނީ އާސެނަލް ކުޅޭ ފަހު މެޗަށްފަހު އެވެ.

ޕްރިމިއަރ ލީގުއާސެނަލްމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު