Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަނގުރާމައަށް ދާ ދިވެހިން

ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ރ. ކަނދޮޅުދޫ، ކަށިމާގޭ، އަލީ ޝަފީގް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 04:13
ކްރިމިނަލް ކޯޓް، ހަނގުރާމައަށް ދިއުމުގެ ނުވަ މައްސަލައެއް ކޯޓުގައި އެބައޮތް

ކްރިމިނަލް ކޯޓް، ހަނގުރާމައަށް ދިއުމުގެ ނުވަ މައްސަލައެއް ކޯޓުގައި އެބައޮތް

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ އިތުރު މީހެއްގެ މައްޗަށް އުފުލައިފި އެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނެ ދައުވާ ކޮށްފައިވަނީ، ރ. ކަނދޮޅުދޫ، ކަށިމާގޭ، އަލީ ޝަފީގްގެ މައްޗަށެވެ.

Advertisement - newsAdvertisement

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަލީ ޝަފީގްގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރު 1:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

އަލީ ޝަފީގްގެ މައްސަލަ އަންގާރަ ދުވަހު ފަށާއިރު، ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ގދ. ވާދޫ، ސީސަންގޭ، އަލީ ހަމްޒަތާއި، ގއ. ކަނޑުހުޅުދޫ، ޗާންދަނީގޭ އަހުމަދު އަހުޒަރު އަޒީމްގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހު ވަނީ ފަށާފަ އެވެ.

ހަނގުރާމައަށް ދިއުމުގެ މައްސަލަތަކުގައި އިތުރު ނުވަ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސީރިއާއަށް ދިޔަ ކަމަށް ބުނާ މީހުންނާއި ޕާކިސްތާނަށް ދިޔަ ކަމަށް ބުނާ މީހުންނެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނަށް ގޮސް ފިލިއިރު، އެގައުމާއި އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން ގޮސްފައިވާ ކަމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން އެއިރު ބުނެފައިވެ އެވެ.

ސީރިއާގައި ހަނގުރާމަ ފެށުމާއެކު، މިހާރު ދިވެހިން ޖިހާދަށް ކަމަށް ބުނެ ދަނީ އެ ގައުމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނާއިރު، ދިވެހި ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ އަދަދު 50 އަށް ވުރެ މަދުވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު