Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ފެނުގެ މައްސަލަ

އައްޑޫސިޓީއަށް ފެން ނުލިބޭ ވަގުތުތައް ގިނަ، މައްސަލައަށް ހައްލު ލިބޭނެ ދުވަހެއް ނޭނގޭ: ފެނަކަ

ދިމާވީ ޓެކްނިކަލް މައްސަލައެއް، ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 12 މެއި 2024 | އާދީއްތަ 12:30
އައްޑޫސިޓީ

އައްޑޫސިޓީ

އައްޑޫސިޓީއަށް ފެން ނުލިބޭ ވަގުތުތައް ގިނަވެފައިވާއިރު، މައްސަލައަށް ހައްލު ލިބޭނެ އިރެއް ނޭނގޭ ކަމަށް ފެނަކައިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވަނީ އައްޑޫގެ ފެނަކަ ބްރާންޗަށް ގުޅާފައެވެ. ފެނަކަ އޮފީހުން ބުނީ ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށާއި، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މި މައްސަލަ ދެނެގަނެވިފައިވާއިރު، ފެނުގެ ޕަންޕަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ސްޕެއަރ ޕާޓްސް ގެންނަންޖެހޭ ކަމަށެވެ. އަދި އެގެނެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށާއި، ހައްލެއް ލިބޭނެ ވަގުތެއް ބުނަން ނޭނގޭ ކަމަށް އެ އޮފީހުން މައުލޫމާތު ދިނެއެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅޭގޮތުން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފެނުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ފެން ނުލިބޭ ވަގުތުތައް ވަރަށް ގިނަ ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތު އެއްވެސް ވަރަކަށް ފެން ނުލިބޭ މައްސަލަ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިދުވަސްވަރު ފެންނުލިބޭތީ އައްޑޫގައި ދިރިއުޅޭ ރައްޔިތުން އުޅެނީ ވަރަށް އުދަނގުލާއި ދަތިހާލުގައި ކަމަށާއި، ގިނަ އާއިލާތަކުން ބޭނުންކުރަމުންދަނީ ފެނަކައިން ދޫކުރާ ފެން ކަމަށެވެ. ބައެއް ގެތަކުން ވަޅު ފެން އެއްވެސް ވަރަކަށް ބޭނުންނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލާގެ ފެނަކާގެ އިސްބޭފުޅުންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ އެބޭފުޅުން ވިދާޅުވާ ގޮތުގައި މިމައްސަލަ ކުރިމަތިވީ އައްޑޫގެ އާބާދީ ބޮޑުވުމުން ކަމަށެވެ. މިއީ އަސްލު މައްސަލަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މައްސަލަ ދިމާވީ ފެން ޕަންޕަށް ކަމަށާއި، އެސައިޒްގެ ފެން ޕަންޕެއް ނުލިބޭ ކަމަށެވެ. އަދި ސްޕެއަރ ޕާޓްސް ވެސް ރާއްޖެއިން ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިމައްސަލައަށް މަހަކަށްވުރެ ގިނަ ދުވަސްވެގެންދިޔައިރު ހައްލު ނުލިބުމަކީ ދެރަކަމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ސަރުކާރުން އައްޑޫ ފެނުގެ މައްސަލަ ހައްލު ކުރުމަށް އެމްޑަބްލިޔުއެސްސީއާއެކު ޕްރޮޖެކްޓެއްގައި ސޮއިކުރެވި، އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ. ފެނުގެ މަޝްރޫއު އަޕްގްރޭޑް ކުރުމަށް އަހަރު ދުވަސްނަގާއިރު، މިއަށްވުރެ އަވަސް އެހެން ހައްލެއް ހޯދައިދޭން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްްޑޫ ސިޓީއައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު