Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ

ނޭމާ ބާކީކޮށް، ބްރެޒިލް ޓީމަށް 17 އަހަރުގެ އެންޑްރިކް

11 މެއި 2024 | ހޮނިހިރު 03:39

ކަސެމީރޯ އާއި ރިޗާލިސަން އަށް ވެސް ޓީމުން ޖާގައެއްނެތް

ރާއްޖެ އެމްވީ | 11 މެއި 2024 | ހޮނިހިރު 03:39
ނޭމާ އާއި އެންޑްރިކް (ކ)

ނޭމާ އާއި އެންޑްރިކް (ކ)

ކޮޕާ އެމެރިކާގައި ކުޅުވާ ބްރެޒިލްގެ ގައުމީ ޓީމުން ފޯވަޑް ނޭމާ ސަންޓޯސް ބާކީކޮށް 17 އަހަރުގެ ފޯވަޑް އެންރިކް ހިމަނައިފި އެވެ.

ކޯޗު ޑޮރިވޯލް ޖޫނިއާ އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައި އެންޑްރިކް ހިމެނިއިރު އޭނާ އަކީ ގައުމީ ޓީމަށް މިހާތަނަށް ގޯލެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ފުރަަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅެ މިދިޔަ މާޗު އޭނާ ވަނީ އިންގްލޭންޑާއި ސްޕޭން ކޮޅަށް ގޯލު ޖަހައިފަ އެވެ. އޭނާ އަކީ އަންނަ ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅޭނެ ކުޅުންތެރިއެކެވެ.

ބްރެޒިލް ޓީމުން ތަޖުރިބާކާރު މިޑްފީލްޑަރު މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ އަށް ވެސް ޖާގައެއްނެތެވެ. ގައުމީ ޓީމަށް 75 މެޗު ކުޅެދީފައިވާ މިޑްފީލްޑަރު ބާކީ ކުރިއިރު މި ސީޒަނުގައި ކުލަބުގައި ވެސް ރަނގަޅު ކުޅުމެއް ވަނީ ނުދެއްކިފަ އެވެ. ޓޮޓެންހަމަށް ކުޅޭ ފޯވަޑް ރިޗާލިސަން ބާކީ ކުރީ އަނިޔާގެ ސަބަބުން ކަމަށް ކޯޗު ވަނީ ބުނެފަ އެވެ. މީގެ އިތުރުން އާސެނަލްގެ ފޯވަޑް ގަބްރިއަލް ޖެސޫސް އާއި މެންޗެސްޓާ ޔުނައިޓެޑްގެ އެންތަނީ ވެސް ޓީމުގައި ނުހިމަނަ އެވެ. ނޭމާ ޓީމުގައި ނުހިމެނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައުމީ ޓީމަށް ކުޅެނިކޮށް ލިބުނު އަނިޔާ ރަނގަޅުނުވާތީ އެވެ.

ޓީމުން ޖާގަ ދީފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ އާއި މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން ހިމެނެ އެވެ. ޖޫން 20 އިން ޖުލައި 14 އަށް ކުރިއަށްދާ މުބާރާތަށް ނެގި ޓީމުގައި ޕްރެމިއާ ލީގުގެ ނުވަ ކުޅުންތެރިއަކު ހިމެނެ އެވެ.

ގޯލްކީޕަރުން: އަލިސަން ބެކާ (ލިވަޕޫލް)، އެޑަސަން (މެންޗެސްޓާ ސިޓީ)، ބެންޓޯ (އެތްލެޓިކޯ ޕަރަނޭންޝާ)

ޑިފެންޑަރުން:ބެރާލްޑޯ (ޕީއެސްޖީ)، މިލިޓާއޯ (ރެއާލް މެޑްރިޑް)، ގަބްރިއަލް މަގަލްހޭސް (އާސެނަލް)، މާކިއުނޯސް (ޕީއެސްޖީ)، ޑެނީލޯ (ޔުވެންޓަސް) ކޫޓޯ (ޖިރޯނާ)، ގުލިއާމޭ އަރާނާ (އެތްލެޓިކޯ މިނެއިރޯ)، ވެންޑެލް (ޕޯޓޯ)

މިޑްފީލްޑަރުން:އަންދްރިއާސް ޕެރޭރާ (ފުލަމް)، ބުރޫނޯ ގުއިމަރޭސް (ނިއުކާސަލް) ޑަގްލަސް ލުއިޒް (އެސްޓަންވިލާ)، ޔާއޯ ގޮމޭސް (ވުލްވުސް)، ލޫކަސް ޕަކޭޓާ (ވެސްޓްހަމް)

ފޯވަޑުން:އެންޑްރިކް (ޕަލްމެއިރާސް)، އެވަނިލްސަން (ޕޯޓޯ)، ގަބްރިއަލް މާޓިނެއްލީ (އާސެނަލް)، ރަފީނިއާ (ބާސެލޯނާ)، ރޮޑްރީގޯ (ރެއާލް މެޑްރިޑް)، ސަވީނޯ (ޖިރޯނާ)، ވިނީޝިއަސް ޖޫނިއާ (ރެއާލް މެޑްރިޑް)

ކޮޕާ އެމެރިކާ 2024ބްރެޒިލް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
12 ސެޕްޓެމްބަރު 2025

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި
05 އޯގަސްޓު 2025

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
10 ޖުލައި 2025

ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް

10 ޖުލައި 2025
ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް
20 ނޮވެމްބަރު 2024

ބްރެޒިލް އާއި އުރުގުއޭ އެއްވަރު

20 ނޮވެމްބަރު 2024
ބްރެޒިލް އާއި އުރުގުއޭ އެއްވަރު
31 އޯގަސްޓު 2024

ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި

31 އޯގަސްޓު 2024
ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި
24 ޖުލައި 2024

ބްރެޒިލް ގައި ގިނަ އަދަދެއްގެ މިޔަރު ކޮކޭން އަށް ޕޮސިޓިވް ވެއްޖެ

24 ޖުލައި 2024
ބްރެޒިލް ގައި ގިނަ އަދަދެއްގެ މިޔަރު ކޮކޭން އަށް ޕޮސިޓިވް ވެއްޖެ
07 ޖުލައި 2024

ޕެނަލްޓީގައި އުރުގުއޭ އަތުން ބަލިވެ، ބްރެޒިލް ކަޓައިފި

07 ޖުލައި 2024
ޕެނަލްޓީގައި އުރުގުއޭ އަތުން ބަލިވެ، ބްރެޒިލް ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް