Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސަގެ މަރުގެ މައްސަލަ

އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން

9 މެއި 2024 | ބުރާސްފަތި 10:43

ދައުލަތުން ވަނީ މުުޖުތަމައުގެ ސަަލާމަތާއި ރައްކާތެރިކަމަށް ބަލައި ހައިކޯޓުން ގޮތެއް ކަނޑައެޅެންދެން އޭނާ ބަންދުކޮށްދިނުމަށް އެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2024 | ބުރާސްފަތި 10:43
އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ

އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ | ރާއްޖެއެމްވީ

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ, އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫންކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ސައްމާޙުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅައި އެކަމުގައި ގޮތެއް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށްވެސް ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މޫސާ އަހުމަދު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި މައްސަލައިގައި ކުރި ޙުކުމުގައި ބުނެފައިވަނީ، ސައްމާޙުގެ މައްޗަށް ކޮށްފައިވާ ދައުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށެވެ.

ދައުލަތުން އެ ނިންމުން އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ މުުޖުތަމައުގެ ސަަލާމަތާއި ރައްކާތެރިކަމަށް ބަލައި ހައިކޯޓުން ގޮތެއް ކަނޑައެޅެންދެން އޭނާ ބަންދުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ސައްމާހު ބަންދު ކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އެ ނިންމުން އިލްތިމާސް ކުރީއެވެ.

އަދި ސުޕްރީމް ކޯޓުން މިހާރު މިވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުހައި ކޯޓު

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2026

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

05 ނޮވެމްބަރު 2026
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
02 ނޮވެމްބަރު 2026

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

02 ނޮވެމްބަރު 2026
އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
02 ނޮވެމްބަރު 2026

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯތަކެއްކަމަށް ބުނާ ރެކޯޑިންގތައް ބަލައިގަތް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި

02 ނޮވެމްބަރު 2026
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯތަކެއްކަމަށް ބުނާ ރެކޯޑިންގތައް ބަލައިގަތް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި
02 ނޮވެމްބަރު 2026

ދިއްފުށިފަޅުގައި ރިސޯޓު ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް: ހައިކޯޓު

02 ނޮވެމްބަރު 2026
ދިއްފުށިފަޅުގައި ރިސޯޓު ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް: ހައިކޯޓު
29 އޮކްޓޯބަރު 2026

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

29 އޮކްޓޯބަރު 2026
ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން
02 އޮކްޓޯބަރު 2026

ޝައްމާން 25 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

02 އޮކްޓޯބަރު 2026
ޝައްމާން 25 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި
06 ސެޕްޓެމްބަރު 2026

ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި

06 ސެޕްޓެމްބަރު 2026
ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި
03 ސެޕްޓެމްބަރު 2026

ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް

03 ސެޕްޓެމްބަރު 2026
ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް
19 އޯގަސްޓު 2026

ޑްރޯންގެ އެހީގައި މާފުށީ ޖަލަށް ޑްރަގު ވައްދަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް!

19 އޯގަސްޓު 2026
ޑްރޯންގެ އެހީގައި މާފުށީ ޖަލަށް ޑްރަގު ވައްދަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް!
10 އޯގަސްޓު 2026

ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި ޝިފާއުގެ މައްޗަށް އިއްވި ޖަލު ހުކުމް ފަސްކޮށްދެވެން ނެތްކަމަށް ނިންމައިފި

10 އޯގަސްޓު 2026
ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި ޝިފާއުގެ މައްޗަށް އިއްވި ޖަލު ހުކުމް ފަސްކޮށްދެވެން ނެތްކަމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް