Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖީސީއީ އޯ ލެވެލް އިމްތިހާނު

ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު ހޯލު ބަދަލުކުރުމުން ބެލެނިވެރިންގެ ކަންބޮޑުވުން

ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައި އޮތީ އިއްޒުއްދީން ސްކޫލް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މެއި 2024 | ބުދަ 19:42
ޕްރައިވެޓް ދަރިވަރުން އިމްތިހާނު ހެދުމަށް ހަމަޖެހިފައިވާ އިއްޒުއްދީން ސްކޫލް

ޕްރައިވެޓް ދަރިވަރުން އިމްތިހާނު ހެދުމަށް ހަމަޖެހިފައިވާ އިއްޒުއްދީން ސްކޫލް

މިހާރު ކުރިއަށްދާ ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު ހޯލު ބަދަލު ކުރުމުން، ދަރިވަރުންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހު ފެށި އިމްތިހާނުގައި ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައި އޮތީ އިއްޒުއްދީން ސްކޫލް އެވެ. ސްޓޭޓްމަންޓް އޮފް އެންޓްރީ އާއެކު ދެވިފައިވާ ޓައިމް ޓޭބަލްގައި ވެސް އޮތީ އިއްޒުއްދީން ހޯލް އެވެ.

ދަރިވަރުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީގައި ބަޔާންކޮށްފައިވާ ގޮތުން، ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިމްތިހާނު ކުރިއަށް ދާނީ ޢަރަބިއްޔާ ސްކޫލްގަ އެވެ. 

އެހެން ނަމަވެސް، ބުދަ ދުވަހު ކުރިއަށް ދިޔަ އިނގިރޭސި އިމްތިހާނަށްފަހު، ދަރިވަރުންގެ އިމްތިހާނު މަރުކަޒު ބަދަލު ކޮށްފައިވާ ކަމަށް ވަނީ އަންގައިފަ އެވެ. އެގޮތުން ބުރާސްފަތި (09 މެއި) ދުވަހުން ފެށިގެން 29 މެއި ވާ ބުދަ ދުވަހާ ހަމައަށް، ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު ހޯލަކީ، ހުޅުމާލޭގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލް ކަމަށް ވަނީ އަންގައިފަ އެވެ. ކުއްލި އަކަށް ގެނައި މި ބަދަލާއެކު، ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ނޫހާ ވާހަކަ ދެއްކި ބެލެނިވެރިން ބުނީ، އިންޓަރނޭޝަނަލް އިމްތިހާނެއްގެ އިމްތިހާނު ހޯލު އޮތީ މާކުރިން ހަމަޖައްސާފައި ކަމަށާއި، ދަރިވަރުންނަށް ދީފައިވާ ސްޓޭޓްމަންޓް އޮފް އެންޓްރީގައި ވެސް އިމްތިހާނު މަރުކަޒުގެ މައުލޫމާތު ހިމަނާފައިވާ ކަމަށެވެ.

އެ ބެލެނިވެރިން ޤަބޫލު ކުރާ ގޮތުގައި އިންޓަރނޭޝަނަލް އިމްތިހާނެއްގެ މަރުކަޒު މިގޮތަށް ބަދަލު ކުރުމަކީ ދަރިވަރުންނަށް ނަފްސާނީ ގޮތުން ނުރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެކެވެ. އަދި ބެެލެނިވެރިންނަށް ވެސް އެކަމުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. 

އެހެންކަމުން މި ބަދަލަކީ، އެކަށީގެންވާ ސަބަބެއް އޮވެގެން މެނުވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް ގެނެވިގެންވާނެ ބަދަލެއް ނޫން ކަމަށް ވެސް އެ ބެލެނިވެރިން ބުނެ އެވެ. 

އެކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބައެއް ބެލެނިވެރިން ގާތު ބުނެފައި ވަނީ، އެ ބަދަލީ ހޫނު ގަދަވުމުގެ ސަބަބުން ގެނައި ބަދަލެއް ކަމަށެވެ. 

އޯ ލެވެލްޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2023

އެޗްއެސް.ސީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މީހުން ހޯދަނީ

04 އޮކްޓޯބަރު 2023
އެޗްއެސް.ސީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މީހުން ހޯދަނީ
19 އޯގަސްޓު 2022

އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

19 އޯގަސްޓު 2022
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
01 ޖޫން 2022

އޯ-ލެވެލް ކަރުދާސް ހަދަން ލަންކާގެ ދަރިވަރުން ފެން ބޮޑުވެފައިވާ ކްލާސްރޫމެއްގައި، މިނިސްޓްރީން ބުނީ މައްސަލަ ބަލާނެ ކަމަށް

01 ޖޫން 2022
އޯ-ލެވެލް ކަރުދާސް ހަދަން ލަންކާގެ ދަރިވަރުން ފެން ބޮޑުވެފައިވާ ކްލާސްރޫމެއްގައި، މިނިސްޓްރީން ބުނީ މައްސަލަ ބަލާނެ ކަމަށް
06 މެއި 2022

އޯލެވެލް ނިމެންދެން އެމްޓީސީސީއިން ހުކުރު ދުވަހު މާލެ އާއި ވިލިމާލެއާ ދެމެދު އިތުރު ފެރީއެއް

06 މެއި 2022
އޯލެވެލް ނިމެންދެން އެމްޓީސީސީއިން ހުކުރު ދުވަހު މާލެ އާއި ވިލިމާލެއާ ދެމެދު އިތުރު ފެރީއެއް
04 ނޮވެމްބަރު 2021

އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ފޯމު ދޫކުރަން ފަށައިފި

04 ނޮވެމްބަރު 2021
އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ފޯމު ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު