Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަތަންޔާހޫ ހައްޔަރު ކުރަން މަސައްކަތް ކުރުން

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރު ކުރަން އައިސީސީން ނެރެން އުޅޭ އަމުރު ހުއްޓުވޭތޯ އެމެރިކާއިން މަސައްކަތް ކުރަނީ!

4 މެއި 2024 | ހޮނިހިރު 03:58

ނަތަންޔާހޫ ވަނީ އަމުރު ނެރުން ހުއްޓުވައިދިނުމަށް އެމެރިކާގެ އެހީއަށް އެދިވަޑައިގެންފަ އަދި އެމެރިކާގެ ރައީސް ބައިޑަންއާ ހުސްވި ހަފްތާގެ އާދިއްތަ ދުވަހު ގުޅުއްވާ ވާހަކަފުޅު ދައްކަވާފަ

ރާއްޖެ އެމްވީ | 4 މެއި 2024 | ހޮނިހިރު 03:58
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރަން ނެރެން އުޅޭ އަމުރު ހުއްޓުވޭތޯ އެމެރިކާގެ ސެނެޓަރުންގެ ޓީމަކުން އައިސީސީގެ އޮފިޝަލުންނާއެކު ބައްދަލުވުމެއް ބާއްވައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އައިސީސީން މިފަދަ ބައްދަލުވުމަކާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އައިސީސީން އިޒްރޭލުގެ ބޮޑުވަޒީރާއި، ޑިފެންސް މިނިސްޓަރާއި، އިޒްރޭލްގެ ޑިފެންސް ފޯސްގެ ވެރިޔާ ހައްޔަރު ކުރުމަށް ވަރަށް އަވަހަށް އަމުރު ނެރޭނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުގައި މިފަދަ އަމުރެއް ނެރެފާނެ ކަމަށް ކަންބޮޑުވެވަޑައިގެންފައިވާ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އަމުރު ނެރުން ހުއްޓުވައިދިނުމަށް އެމެރިކާގެ އެހީއަށް އެދިވަޑައިގެންފައެވެ. މިމައްސަލައިގައި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ބައިޑަންއާ ހުސްވި ހަފްތާގެ އާދިއްތަ ދުވަހު ގުޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އައިސީސީގެ މެންޑޭޓް ހިނގާ މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި، އައިސީސީން ހިންގަން އުޅޭ ތަހުގީގަށް އެމެރިކާއިން ތާއީދު ނުކުރާނެ ކަމުގައެވެ.

އައިސީސީގެ ނިންމުން ތަކަކީ އެމެރިކާއިންވެސް އަދި އިޒްރޭލުންވެސް ބަލައިގަންނަ އެއްޗެއް ނޫނެވެ. އެމެރިކާ އާއި އިޒްރޭލް އައިސީސީގެ މެމްބަރު ގައުމުތައް ކަމުގައި ނުހިމެނުނު ނަމަވެސް އައިސީސީން އެފަދަ އަމުރެއް ނެރެފިނަމަ، ބޮޑުވަޒީރު ނަތަންޔާހޫ އަށް ބައިނަލް އަގްވާމީ ދަތުރުފަތުރު ކުރެއްވުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެވަޑައިގަންނަވާނެއެވެ.

ބެންޖަމިން ނަތަންޔާހޫޖޯ ބައިޑަންއެމެރިކާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
02 ޑިސެމްބަރު 2025

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް