Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެއްޖިންސުން ގުޅުން ހިންގުން

ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް

އަބަދުވެސް ދައްކަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އިތުރުވަމުންދާ ވާހަކަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 މެއި 2024 | ހުކުރު 09:14
ފުލުހުންގެ މައި ޢިމާރަތް

ފުލުހުންގެ މައި ޢިމާރަތް

އަބަދުވެސް ދައްކަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އިތުރުވަމުންދާ ވާހަކައެވެ. ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ގިނަވަމުންދާ ވާހަކައެވެ.

އެހެންނަމަވެސް އިސްލާމް ދީނުގެ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފު ކަންތައްތަކަކަށް މުޅި ގައުމު އަހުލުވެރި ކުރުމަށް ފިކުރީ ގޮތުން ހިނގަމުންދާ ހަނގުރާމައިގެ ވާހަކަ ދައްކާ މީހުން މަދެވެ. އެ ބައިގަނޑުގެ ވާހަކަ ދައްކާނެ މީހެއް ނުވެއެވެ. އެކަންކަމާ އެއްޗެއް ބުނާ މީހާގެ އަނގަ ބަންދުކޮށްލަނީ އެއްކަލަ "ހައްގު" މި ބަސް ބޭނުންކޮށްގެންނެވެ. 

ބަލައިލި ކޮންމެ ދިމާއަކުންވެސް އިވެނީ ހައްގުތަކުގެ ވާހަކައެވެ. އަންހެނަކަށްވީތީ ލިބެން ޖެހޭ ހައްގެވެ. އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގެވެ. އެމީހަކު ބޭނުން ގޮތަކަށް އުޅުމާއި، ބޭނުން ޚިޔާލެއް ފާޅު ކުރުމުގެ ހައްގެވެ. ހައްތަހާވެސް ހައްގުތަކެވެ.

ކޮންމެއަކަސް، ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ ދައްކާއިރު، މިއަދު ފެންނަމުންދަނީ އެ ހައްގުތަކުގެ ނާޖާއިޒު މަންފާ ނަގައި، އެއް ބަޔަކު މުޖުތަމައު ފަސާދަ ކުރަމުންދާ ތަނެވެ.

އެތައް ބަޔަކު ބޭނުންކުރަމުންދާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ ޓިކްޓޮކްގައި އާންމު އަޙްލާޤީ މިންގަނޑުތަކާއި ޚިލާފަށް ބަރަހަނާ ވީޑިއޯތައް އާންމު ކުރަމުންދިޔަ މައްސަލައިގައި ދައުވާ އުފުލި މުޙައްމަދު ނަބީލް 1 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މީގެ ކުރިން ޙުކުމްކޮށްފައިވެއެވެ. އެއީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ބަލާއިރު، އެ ދައުވާއަކީ މުޙައްމަދު ނަބީލް، 2021 އަހަރު ސެޕްޓެމްބަރު މަހު ތެރޭގައި ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ޖިންސީ ގުނަވަން ދައްކައި، ޖިންސީ ޢަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހަދާފައިވާތީ އޭރު އުފުލި ދައުވާއެކެވެ.

އޭރު އެ މައްސަލައިގައި އެތައް ބަޔަކު އަޑުއުފުލިއެވެ. ކަމާ ގުޅުންހުރި އިދާރާތަކަށް ފާޑުކިޔާހެދިއެވެ.

އަނެއްކާވެސް ހަމައެކަން މިވަނީ ތަކުރާރުވާން ފަށާފައެވެ. ޓިކްޓޮކްގައި އަންހެނެއްކަމަށް ދައުވާކޮށް، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އެތައް ކަމެއް އޭނާ ދަނީ ޕްރޮމޯޓު ކުރަމުންނެވެ. ފާޅުގައި ވީޑިއޯ އާންމުކޮށް، ޖެހިލުމެއްނެތި އެކަން ކުރަމުންދަނީ އިދާރާތަކަށް ގޮންޖަހަމުންނެވެ.

ހަމައެގޮތަށް، ފާހިޝް އަމަލުތައް ފާޅުގައި ހިންގަމުންދާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވެސް ވަމުންނެވެ. އެގޮތުން ފިރިހެނުން އަންހެން ހެދުން އަޅައިގެން ނެށުމާއި، އަންހެނުން ފިރިހެން ހެދުން އަޅައިގެން ނެށުންފަދަ ކަންކަން މުޖުތަމައުގެ ތެރޭގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ މީހުން ވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް، މިއަދު އެކަންކަން ބަލާނެ އިދާރާއެއް ނެތެވެ. ނުވަތަ ނުފެންނަނީ ކަމަށް ވެސް ވެދާނެއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި އެފަދަ ފާހިޝްކަންކަން ޕްރޮމޯޓް ކުރުމަށް ވަކި ޕޭޖްތައް މިއަދު ހަރަކާތްތެރިވެއެވެ.

ނަމަވެސް މިއީ ދިވެހިރާއްޖެއެވެ. މިއީ ދިވެހިންނެވެ. ދިވެހި ލޭހިނގާ، ދިވެހި ދިދައިގެ ދަށުގައި ތިބި، ދިވެހި ދައުލަތެއްގެ ބާރުހިނގާ، އެންމެންގެ މައްޗަށް ލާޒިމު އުސޫލުތަކަކާއި ގާނޫނުތަކަކާއި، ދީނީ އަސާސްތަކެއް އޮތް ގައުމެއްގެ ރައްޔިތުންތަކެކެވެ. ދިވެހި ގައުމުގައި އުޅެންވާނީ ދިވެހިވަންތަކަމަށް އިހުތިރާމްކޮށްގެންނެވެ.

ދިވެހި ދައުލަތާއި ރާއްޖޭގެ ޝަރުއީ ނިޒާމު އެ އެއްޗެއްގެ މައްޗަށް ބިނާވާ އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެންނެވެ. ގާނޫނު އަސާސީގައި އަދި ހަމަ ގައިމުވެސް އޮތީ ދިވެއްސަކަށް ވެވޭނީ ސައްތައިން ސައްތަ މުސްލިމަކަށްވުމުން ކަމަށެވެ. ވީއިރު އެ އަސާސް ގަބޫލުނުކޮށް، ދިވެއްސެއްގެ ތާޖު ތިމާ އަޅައިގެން ނުވާނެއެވެ. އެކަންކަން ނުބެލޭނަމަ އެއީ ސަރުކާރުން ވެސް ލަދުގަންނަންޖެހޭ ކަމެކެވެ. ސަރުކާރުގެ ވެސް ފެއިލްވުމެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު