ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
3 މެއި 2024 | ހުކުރު 07:41އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު

ލައިޝާ އަހްމަދު | 3 މެއި 2024 | ހުކުރު 07:41

ށ ފުނަދޫ
ށ އަތޮޅު ފުނަދޫގައި ސިހުރު ހެދި ކަމުގެ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.
މި މައްސަލައިގައި އެރަށުގައި މުޒާހަރާވެސް ކޮށްފައިވެއެވެ. އެގޮތުން ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި މައްސަލަ އުފެދިގެން ދިޔައީ އެ ދާއިރާގެ އިންތިޚާބީ މެމްބަރަށް ގެއްލުން ދިނުމަށް ސިހުރު ހެދި މައްސަލައެއްގައެވެ.











