Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ އިސްތިއުނާފް

ފާރިސް ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުން ފަސްކޮށްފި

7 އޯގަސްޓު 2017 | ހޯމަ 07:54

ފާރިސްގެ ވަކީލުންގެ ފަރާތުން އެދިވަޑައިގަތުމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 އޯގަސްޓު 2017 | ހޯމަ 07:54
ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ފާރިސް މައުމޫން ކޯޓުން ނެރެގެން ގެންދަނީ

ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ފާރިސް މައުމޫން ކޯޓުން ނެރެގެން ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތުގައި ހޯމަ ދުވަހަށް ތާވަލުކުރި އަޑުއެހުން ފަސްކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތުގައި ހޯމަ ދުވަހުގެ 1:30 އަށް ތާވަލުކުރި އަޑުއެހުން ފަސްކޮށްފައިވަނީ ފާރިސްގެ ވަކީލުންގެ އެދުމުގެ މަތިންނެވެ.

Advertisement - newsAdvertisement

ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި، ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ފާރިސް ބަންދުކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ އާދިއްތަ ދުވަހު އެވެ. އެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ވަނީ އިސްތިއުނާފް ކުރާ މައިގަނޑު 11 ނުކުތާއެއް ހުށަހަޅާފައެވެ. ހޯމަ ދުވަހުގެ އަޑުއެހުމަށް ތާވަލުކޮށްފައި އޮތީ، ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމެވެ.

އަޑުއެހުމަށްފަހު ނިކުމެވަޑައިގެން ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ މީހަކު ހައްޔަރުކޮށްފިނަމަ ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އެ މީހަކު ގެންދަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ފާރިސް ހައްޔަރުކުރުމަށް ފަހު އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ގެންދިއުމެއް ނެތި، ގާނޫނާ ޚިލާފަށް ފާރިސް ގެންގޮސްފައިވަނީ ދޫނިދޫއަށްކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

ޝަމީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ޚިލާފަށް ފާރިސް ބަންދުކޮށްފައިވާކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ތަހުގީގު މަރުހަލާގައި އެ މީހަކު ބަންދުގައި ބެހެއްޓޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ފާރިސް ބަންދުގައި ބެހެއްޓުމަށް ނިންމި ނިންމުމުގައި ކަނޑައަޅާފައި އޮތީ ތަހުގީގު ހިނގަމުންދާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ މި މައްސަލަައިގައި ވަގުތީ އަމުރަކަށް އެދުނީ ފާރިސްގެ އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ފާހަގަކުރެވޭތީ ކަމަށާއި އެ އަސާސީ ހައްގުތައް ހިމާޔަތްކުރެވޭނެ އެންމެ އަވަސް ވަސީލަތަކީ މި މައްސަލައިގައި ހައިކޯޓުން ވަކި ގޮތަކަށް ނިންމަން ދެން ނަމަވެސް ވަގުތީ ގޮތުން އޭނާ ބަންދުން ދޫކުރުން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ނަމަވެސް، އެފަދަ އަމުރެއް އެ އަޑުއެހުމުގައި ކޯޓުން ނެރެ ދީފައެއް ނުވެ އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގަ އެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ހިންގާ ތަހުގީގު ކުރިއަށް ގެންދިއުމަށް ދޭތެރެދޭތެރެއިން ދޫނިދޫއަށް ގެންދެ އެވެ.

ފާރިސް ހައްޔަރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާއިރު، ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތެއް ދަނީ ހިންގަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
26 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

26 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް