Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަށާއިރު

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

އެއްވުމާއި ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުން މުސާރަ ބޮޑުވާނެކަން އިއުލާން ކޮށްފައިވޭ، ބޯނަސްތައް ދަނީ ދެމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 03:56
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ހާސިލްވަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ އެއްވުމުގެ މަގުސަދު ހާސިލްވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެއްވުމާއި ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުން މުސާރަ މިއަހަރުގެ ނޮވެންބަރު މަހު ބޮޑުވާނެކަން ސަރުކާރުން އިއުލާން ކުރުމާއި، އެއަރޕޯޓުގެ މުވައްޒަފުންނަށް ނުދީ ހިފަހައްޓާފައިވާ ބޯނަސްތައް ދިނުމާއި، 1 ފެބްރުއަރީ 2026 އިން ފެށިގެން ކްރެޑިޓް ކާޑު ޑޮލަރު ލިމިޓް ބޮޑު ކުރަން ނިންމި ނިންމުން ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތު އޮތް ގޮތަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ މި ބަޖެޓުގެ ތެރެއިން މިކަންކަން ވުމުން ނޫނީ އެކަން ވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މިހާރު ވެސް އަޅުގަނޑުމެންގެ މިއެއްވުމުގެ މަގުސަދު ހާސިލްވަމުން މިދަނީ. އަޅުގަނޑުމެން ދައްކަން ކުރި ވާހަކަތައް އެއީ. ސިވިސް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތް ކަމެއް އަޅުގަނޑުމެން ފޭބިއިރުގައި އޮންނާނީ. 2024 ނިމިގެން އެދިޔައީ. މިއަހަރު މި ނިމެނީ. އެވާހަކަ އިއުލާން ކުރައްވާފައި އެކަން ކުރައްވާފިއްޔާ ކިތަންމެހާ ވެސް ރަނގަޅު. ތި ވިދާޅުވާހެން ކާޑަށް ޑޮލަރު ލިބޭ އަދަދު މިއަންނަ އަހަރުން ފެށިގެން ތެދެއްތޯ ބޮޑު ކުރާ ވާހަކަ ވިދާޅުވެއްޖެ. ވަރަށް ރަނގަޅު އެކަން ކުރެވިއްޖެއްޔާ. އެއަރޕޯޓުގެ މުވައްޒަފުންނަށް ނުދީ އޮތް ބޯނަސް ދޭން ނިންމި ވާހަކައެއް ތި ވިދާޅުވީ. މިހުރީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ 2024 ވަނަ އަހަރު 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވެފައިވާ ކަމަށާއި، މިއަހަރުގެ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވަމުންދާ ކަމަށެވެ. ނަމަވެސް ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ނުވާ ކަމަށާއި، ކުރިން ފަށާފައިވާ މަސައްކަތްތައް ވެސް ހުއްޓިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދަވާ މަންޒަރު ނުފެންނަ ކަމަށެވެ.

އިބްރާހިމް މުހައްމަދު ސާލިހުފަށާއިރުލޫޓުވައިފި, ލޫޓުވައިފި އެއްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025
އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

24 ނޮވެމްބަރު 2025
ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު