Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ޗެމްޕިއަންސް ލީގު

އެގްރިގޭޓުން ކުރި ހޯދައި އަލް އައިން ފައިނަލަށް

މިއީ 2016 ވަނަ އަހަރުގެ ފަހުން، މުބާރާތުގެ ފައިނަލަށް އަލް އައިން ދަތުރު ކުރި ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އެޕްރީލު 2024 | ބުދަ 07:06
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އައިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އައިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި، އެގްރިގޭޓުން ކުރި ހޯދައި އަލް އައިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސެމީ ފައިނަލްގައި އަލް އައިން ވާދަކޮށްފައި ވަނީ އަލް ޙިލާލާ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ ލެގު އަލް އައިން އިން ކާމިޔާބު ކުރީ 4-2 އިންނެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗު އަލް ޙިލާލުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެހެން ނަމަވެސް، 5-4 ގެ އެގްރިގޭޓް ނަތީޖާ އަކުން އަލް އައިން ވަނީ، އަލް ޙިލާލް ކަޓުވާލައި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ދެ ވަނަ ލެގުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް ޙިލާލުންނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައި ދިނީ ރުބެން ނެވޭސް އެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓުގައި އެރިކް ވަނީ ލަނޑު ޖަހައި އަލް އައިން އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުން އަލް ޙިލާލް މޮޅުވި ލަނޑު، ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ޖެހީ ސަލީމް އަލް ދައުސަރީ އެވެ.

މީގެ ކުރިން 2003 ވަނަ އަހަރު އަލް އައިން އިން ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބު ވެސް ކޮށްފަ އެވެ. އަނެއްކޮޅުން މިއީ 2016 ވަނަ އަހަރުގެ ފަހުން، މުބާރާތުގެ ފައިނަލަށް އަލް އައިން ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުއަލް ހިލާލް

އިތުރަށް ކިޔާލަން

06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
28 ޖެނުއަރީ 2025

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025
ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު