Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ގްރީން ސްޓްރީޓުން ފެށުން ރަންގަޅު ކޮށްފި

ގްރީން އިން މެޗް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 7 އޯގަސްޓު 2017 | ހޯމަ 00:47
ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓާއި ށ.މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓާއި ށ.މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމެއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓުން، ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ށ.މިލަންދޫގެ މައްޗަށް ކުރިހޯދައި ފެށުން ރަނގަޅުކޮށްފިއެވެ.

ދިވެހި ޕްރިމެއާ ލީގުގައި މި ދެޓީމް ކުޅުނު ފުރަތަމަ މެޗް ގްރީން ސްޓްރީޓުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.

އާދީއްތަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނަގާފައިވަނީވެސް ގްރީން ސްޓްރީޓުންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި އެޓީމަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ އަހުމަދު ރަޝީދެވެ. މި ލަނޑަށް ފަހުގައިވެސް ގްރީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލާފައެވެ.

ދެވަނަ ހާފު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ލަނޑެއް ކާމިޔާބުކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން މިލަންދޫއިން ވަނީ ގްރީން ސްޓްރީޓުގެ ކީޕަރު ޖުން ކޮޗީއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއިލް ފަތުހީ އެވެ.

މިލަންދޫއިން ނަތީޖާ ހަމަހަމަ ކުރުމާއި އެކު މެޗުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ. އެގޮތުން ދެޓީމުންވެސް ދިޔައީ ފުލުފުލުގައި ހަމަލާތަށް އުފަށްދަމުންނެވެ. މިލަންދޫގެ އުންމީދުތަށް ފެނަށް ދުއްވާލީ، މެޗުގެ ފަހު ވަގުތު، ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސޮބޮލް އިއްލިއާ އެވެ. މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިއްލިއާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާއެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭވެސް މެޗެއް ކުޅޭނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ގދ.ތިނަދޫ އާއި އއ.މާޅޮހެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު