Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ހިދުމަތް ދިނުމުގެ ޤާނޫނު

ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ - ޒިޔާދު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިތުރު ބައެއް އިސްލާހުތައް ގެނައުމަށް ވެސް ހައިތަމް ހުށަހެޅުއްވި އިސްލާހުގައި ހިމަނާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އެޕްރީލު 2024 | އަންގާރަ 08:28
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ރައްޔިތުންގެ ަމަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިސްލާހުގައި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަޤާމާއި ގުޅޭ މާއްދާއެއް އިތުރުކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން އެ ގާނޫނުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ސިއްހީ ހިދުމަތް ދިނުމުގެ ކަންކަން ވިލަރެސްކޮށް ހިންގާނީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ކަަމަށް ވަނީ ބުނެފައެވެ. އަދި އެ މަގާމަކީ ސިވިލް ސަރވިސްގެ މަގާމެއް ކަަމަށާއި އެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓްރީގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ވަނީ ބުނެފައެވެ.

މި ކަމަށް އިޝާރާތްކުރައްވާ ޒިޔާދު ވިދާޅުވީ މި އިސްލާހުގެ ކުރިން ސަރުކާރުން ގެންނަން ޖެހޭ އެހެން އިތުރު އިސްލާހުތައް އެބަހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް އެކަނި ސިއްހީ ނިޒާމް ބަރޯސާވުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަަމަށް ޒިޔާދު ވިދާޅުވިއެވެ. އެކަން އިސްލާހުނުކޮށް ހަމައެކަނި މަގާމެއް އުފެއްދިޔަސް ސިއްހީ ނިޒާމް އިސްލާހުވެގެން ހިނގައިދާނެ ކަަމަށް ގަބޫލުނުކުރައްވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ހަގީގީ މާނައިގައި ސިއްހީ ނިޒާމް އިސްލާހުކުރެވޭނެ މަގުފަހިކޮށްދިނުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދުގެ އިތުރުން މި ބިލަށް ވާހަކަދެއްކެވި އެހެން ބައެއް މެންބަރުން ވެސް ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ މި އިސްލާހަކީ ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. މެންބަރު އިމްތިޔާޒް ވަނީ މި ބިލުގައި ޑިރެކްޓަރ ޖެނެރަލަށް ލިބިދީފައިވާ ބައެއް ބާރުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ބިލަށް ވާހަކަދެއްކެވި އިތުރު ބައެއް މެމްބަރުން ވަނީ ސިއްހީ ދާއިރާ އިސްލާހުކުރުމަށް އިސްކަން ދޭން ޖެހޭ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ސިއްހީ ދާއިރާ އިސްލާހުނުކޮށް އެ ދާއިރާގައި އުފައްދާ އެންމެ މަގާމަކުން މައްސަލަ ހައްލުކޮށް ނުދެވޭނެ ކަަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ސިއްހީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިތުރު ބައެއް އިސްލާހުތައް ގެނައުމަށް ވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައި ހިމަނާފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު