Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ޔޫރޮޕާ ލީގުން ބަލިވުމުގެ ހިތްދަތިކަން ފިލައިނުދޭ: ކްލޮޕް

ސްކޯ ބޯޑުގެ ޕްރެޝަރ އަހަރެންނަށް ވަރަށް ބޮޑަށް އޮތް: ކްލޮޕް

ރާއްޖެ އެމްވީ | 21 އެޕްރީލު 2024 | އާދީއްތަ 22:44
ލިވަޕޫލްގެ ރޮބަޓްސަން

ލިވަޕޫލްގެ ރޮބަޓްސަން

ހީވެސް ނުކުރާ ގޮތަކަށް ޔޫރޮޕާ ލީގުން ލިވަޕޫލް ކެޓުމުގެ ހިތްދަތިކަން ކުޅުންތެރިންގެ ސިކުނޑިން ފިލައިނުދާ ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ލީގުގައި ފުލަމް އަތުން 3-1ން މޮޅުވެ ލީގުގެ ދެ ވަނަ މަގާމަށް ދިއުމަށްފަހު އެވެ. ލިވަޕޫލާއި އެއްވަނާގައިވާ އާސެނަލް އަށް ވެސް ލިބިފައިވަނީ 74 ޕޮއިންޓެވެ. ލިވަޕޫލަށް ދެ ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ނަމަވެސް މެންޗެސްޓާ ސިޓީ ކުރިއަށް އޮތް މެޗުން މޮޅުވެއްޖެނަމަ އެ ޓީމު އެއްވަނަ އަށް އަރައި ލިވަޕޫލް އޮންނާނީ ތިންވަނާގަ އެވެ.

ޔޫރޮޕާލީގުން ލިވަޕޫލް ކެޓީ އިޓަލީގެ އެޓްލާންޓާ އަތުން އަމިއްލަ ދަނޑުގައި 3-0އިން ބަލިވުމުންނެވެ. ދެ ވަނަ ލެގުގައި ވެސް އެ ނަތީޖާ އަނބުރާ ނުލެވި އެވެ.

ކްލޮޕް ބުނީ މިހެންވެ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި މާ އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމަށް އޭނާ ހީވެސް ނުކުރާ ކަމަށެވެ. އަދި ފުލަމްއިން ނަތީޖާ ހަމަހަމަކުރުމުން ޕްރެޝަރު ކުރިމަތިވި ކަމަށެވެ.

އޭނާ ބުނީ ޓީމުގެ ފޯމު އަދިވެސް މުޅިން ރަނގަޅުނުވާ ކަމަށެވެ.

މިކަމަށް މެޗުގެ ފުރަތަމަ ގޯލު ޖެހި ޓްރެންޓް އެލެގްޒެންޑާ އާނޮލްޑް ވެސް އެއްބަސްވެ އެވެ. އޭނާ ބުނީ ފުޓްބޯޅައިގައި ހީކުރާ ފަދަ ވަގުތުތަކުގައި ކުރިމަތިވާ ޕްރެޝަރުގެ ސަބަބުން ފޯމު ކަޓައި، ނަތީޖާ ދަށްވެ، ރަނގަޅަށް ނުކުޅެވި އަލުން ފޯމަކަށް އަންނަން ވެސް ދަތިވާ ކަމަށެވެ.

ކްލޮޕް ބުނީ ލިވަޕޫލުން މިރޭގެ މެޗުގައި މުހިންމު ބައެއް ކުޅުންތެރިން ބެންޗުގައި ބޭތިއްބީ ވެސް ފޯމު ދަށްވުމުން ކަމަށެވެ. އޭގެ ތެރޭގައި ފޯވަޑް މުހައްމަދު ސަލާހާއި ޑާވިން ނޫނޭޒް ހިމެނެ އެވެ. ކްލޮޕް ބުނީ މުހިންމު ކުޅުންތެރިން ނުލައި ޓީމު ރޮޓޭޓް ކޮށްލުމުން ބައެއް ފަހަރު ބޭނުންވާ ނަތީޖާ އައުމާއި ނައުމަކީ ފުޓްބޯޅައިގެ އުސޫލު ކަމަށެވެ.

ލިވަޕޫލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު