Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ

ތުހުމަތުކުރެވޭ މައްސަލަތައް ބަލަން އަމިއްލައަށް ގޮވާލާ އެކަމަށް އެއްބާރުލުން ދިނުމަކީ އެންމެ މުހިންމު ކަންތައް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އެޕްރީލު 2024 | ހުކުރު 06:35
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

މީހަކާއި މެދު ތުހުމަތެއް ކުރެވޭހިނދު އޭގައި އޮންނަ އެންމެ ރަނގަޅު ގޮތަކީ އެ މައްސަލަ ބެލުމަށް ހުދު އެމީހަކު ގޮވާލުމެވެ. އަދި އެކަމަށް އެއްބާރުލުން ދިނުމެވެ. މީހެއްގެ ނަޒާހަތްތެރިކަން ހާމަކޮށްދިނުމަށް މިއަށްވުރެ ރަނގަޅު އިތުރު އެހެން ގޮތެއްވެސް ނޯންނާނެއެވެ. ތިމާގެ މައުސޫމްކަން ހާމަކުރާނީ ދުލަކުން ނޫނެވެ. އަދި ޕޯޑިއަމްއެއްގެ ކުރިމަތީގައި ހުރެ ދައްކާ މޮޅު ވާހަކައަކުންވެސް ނޫނެނެވެ.

ހިޔާނާތާއި، ކޮރަޕްޝާނުގެ ތުހުމަތު ކުރެވެން ފެށުމުން ސިޔާސީ ވެރިންގެ އޮންނަނީ އެކަމުން ދިފާއުވުމަށް މޮޅެތި ވާހަކަތައް ދެއްކުމެވެ. މިއާއެކު ބަހުރުވަ ބަދަލުވެ ރާގު ބަދަލުވެ ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގޭ ހިސާބަށް ގިނަފަހަރު ދާނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންވެސް ފެނިގެންދަނީ އެފަދަ ކަންކަމެވެ.

ރައީސް ޑރ. މުއިއްޒުގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ޖަމާވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުތަކެއް މިފަހުން ވަނީ ލީކުކޮށްލާފައެވެ. މި ރިޕޯޓްތަކުގެ ސައްހަ ކަމާއި މެދު ސުވާލު އުފައްދަން ސަރުކާރުގެ އެކިއެކި ލެވެލްގެ ބޭފުޅުން މަސައްކަތް ކުރި ނަމަވެސް، މިއީ އަސްލު ރިޕޯޓްތަކެއް ކަން ވަނީ ހާމަވެފައެވެ.

ނަމަވެސް އެކަން ނިންމާނީ ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުންނެވެ. އެ ތުހުމަތުކުރެވޭ ފަރާތެއްވެސް ނޫނެވެ. ރައީސް ޑރ. މުއިއްޒުއަށް އަމާޒުވާ މި މައްސަލައިގައި އެމަނިކުފާނު އެކަމަށް ދެކޮޅުވެސް ނަހައްދަވައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ލީކުވެފައި ވަނީ ފުލުހުން ތައްޔާރު ކުރި ޑްރާފްޓު ރިޕޯޓެއް ކަމަށެވެ. އަދި ރިޕޯޓާމެދު ސުވާލު އުފެއްދެވި ނަމަވެސް، އެ ރިޕޯޓާއެކު ލީކުވި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) ރިޕޯޓާމެދު އެމަނިކުފާނު ސުވާލު އުފައްދަވާފައެއް ނުވެއެވެ.

ރައީސް ޑރ. މުއިއްޒުއަށް މިކަމަށް މާ ބޮޑު އިންކާރެއް ނުކުރައްވާ ލީކުވި ރިޕޯޓްތަކާއި ގުޅިގެން ދެން ބަދަލުކުރެއްވީ ބަސްމަގެވެ. ރައީސް ވިދާޅުވީ އަދި ތިގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ކަމެއް އަޅުވަން އުޅެގެން، ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ ކަމަށެވެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށެވެ.

މިއީ ގައުމެއްގެ ވެރިކަން ކުރާ ވަލިއްޔުލްއަމުރުގެ ބަސްމަގެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ޅަކުދިންގެ ބަސްމަގަށްވުރެ ރައީސްގެ ބަސްމަގު މާ ފެންވަރު ދަށެވެ. ތުހުމަތެއް ކުރެވުމުން އުޑުގައި ނުޖެހި ބިމުގައިވެސް ނުޖެހި އެކަން ބައްލަވަން ރައީސް އިރުޝާދު ދެއްވިނަމަ މި ތުހުމަތުތައް ގިނަ ބަޔަކު ގަބޫލެއްވެސް ނުކުރާނެއެވެ. މީހެއްގެ އަމަލުން އަދި ބަސްމަގު ހުންގޮތުން ގޯހެއް ހެދިއްޖެކަން އެނގޭނެއެވެ. މިއީ އެފަދަ މިސާލެވެ.

ރައީސްއާ ގުޅުވައި ރިޕޯޓުގައި އޮތް ރެޑް ފްލެގް އިންޑިކޭޓާސްތަކުގެ ތެރޭގައި ޕޮލިޓިކަލީ އެކްސްޕޯޒްޑް ޕާސަން (ޕީއީޕީ) ނުވަތަ ސިޔާސީ ފަރާތްތަކާއި އަދި އެ ފަރާތްތަކުން ކޮންޓްރޯލް ކުރާ ކުންފުނިތަކާ ގިނަ މުއާމަލާތްތަކެއް ކުރުމާއި، ހިޔާނާތްތެރިވުމާއި، ފޮރުވުމަށްޓަކައި ލޭޔަރުކޮށް ސްޓްރަކްޗަރ ކޮށްފައިވާ ޓްރާންސެކްޝަން ޕެޓާންތަކާއި، ފަންޑުތަކުގެ އަސްލު ފޮރުވުމަށް ރަސްމީ ނިޒާމުތައް ބޭނުންކުރުމާއި، ބޭންކަށް ސައްހަ ތެދު މައުލޫމާތު ނުދިނުން ހިމެނެއެވެ.

މީގެ އިތުރުން ވަރަށް ގިނައިން އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ނަގުދު ފައިސާ ޖަމާކޮށް ނެގުމާއި، ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގަން ދިން ކުންފުނިތަކުން ފައިސާ ލިބިފައިވުމުގެ އިތުރުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ގެންގުޅުމާއި، ދިމްޔާތު ޕްރައިވެޓް ލިމިޓެޑްގެ ފައިދާ ލިބުމައި، ނުހައްގު މުއްސަދިކަން ހިމެނެއެވެ.

މިއީ ގައުމެއްގެ ވެރިއެއް އަޒުލުކުރަން މަދު ސަބަބުތަކެއް ނޫނެވެ. އަދި މިއީ ނުބަލާ ދޫކޮށްލެވޭނެ މައްސަލަތެއްވެސް ނޫނެވެ. މި ސަރުކާރު ވެރިކަމަށް އައިސް މިނިވަން މުއައްސަސާތައް ފިއްތާލާފައިވަނީ ވެސް މި ސަބަބުތަކަށްޓަކައި ކަމަށްވެދާނެއެވެ. ނަމަވެސް މިއީ ބެލެންޖެހެ ބޮޑެތި މައްސަލަތަކެކެވެ. ކަންބޮޑުވުމަކީ މިިހާތަނަށް އައި އިރު މިއިން އެއްވެސް މައްސަލައެއް ބަލަމުންދާކަމެއް އިދާރާއަކުން ހާމަކޮށްފައި ނުވުމެވެ.

ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރުވެސް މިފަދަ ތުހުމަތުތަކެއް ކުރެވުނެވެ. އަދި މިފަހުން ލީކުކޮށްލި ރިޕޯޓުގައިވެސް ހުރީ ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރު ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުނގެނުމުގެ ދިގު ދަތުރުގައި ރާއްޖޭގެ އެހާރާއި މިހާރު

އުނގެނުމުގެ ދިގު ދަތުރުގައި ރާއްޖޭގެ އެހާރާއި މިހާރު

05 އޮކްޓޯބަރު 2021
މޮނިޓަރިންއަށް ލައިފިއްޔާ އެހާލަތުން ނަގަން ހަނދާން ނެތެނީތަ؟

މޮނިޓަރިންއަށް ލައިފިއްޔާ އެހާލަތުން ނަގަން ހަނދާން ނެތެނީތަ؟

10 ޖުލައި 2021
މަގޭ ރިޕޯޓް: ދިވެހިން އެހާވެސް ކަންނެތްވީތަ؟

މަގޭ ރިޕޯޓް: ދިވެހިން އެހާވެސް ކަންނެތްވީތަ؟

15 އެޕްރީލު 2021
ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019
ކޯލީޝަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބުރަ، އެހާމެ އުނދަގޫ!

ކޯލީޝަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބުރަ، އެހާމެ އުނދަގޫ!

27 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު