Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމަށް ލިބުނު 12 މިލިއަން ޑޮލަރުން އާއިލީ ހަރަދު ބަލަހައްޓައި މުދާ ގަތީ ބައްސާމް: ޕީޖީ

އެފްއޭއެެމުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރިއިރު އެކްސްކޯއިން ތިބީ އަޅާނުލައި

ރާއްޖެ އެމްވީ | 18 އެޕްރީލު 2024 | ބުރާސްފަތި 06:18
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައިކޮޅަށް ކުޅެވޭ ކަމަށް އެއްބަސްވީ ނަމަވެސް އިސްތިއުފާ ދޭން އޭނާ ދެކޮޅު ހަދައި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ބައިކޮޅަށް ކުޅެވޭ ކަމަށް އެއްބަސްވީ ނަމަވެސް އިސްތިއުފާ ދޭން އޭނާ ދެކޮޅު ހަދައި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭނާގެ އާއިލީ ހަރަދު ބަލަހައްޓައި މުދާ ގަނެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ޝާއިރުކުރި މައުލޫމާތުތަކުގައިވަނީ އެފްއޭއެމަށް 2018 ވަނަ އަހަރުން ފެށިގެން އޮކްޓުބަރު 2023 އަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން 12.4 މިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދަނޑުތައް ކުއްޔަށް ދީގެން ވެސް އެފްއޭއެމަށް ފައިސާ ލިބޭ ކަމަށެވެ.

ފީފާއިން ދޭ ފައިސާ ޑޮލަރުން ޖަމާކުރުމުން، އެފްއޭއެމުން ޑޮލަރު ވިއްކައިގެން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެފް.އޭ.އެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޢަދީލް ޖަލީލް ޕްރޮޕަރޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަޙްޤީޤަށް ހޯދިފައިވާ ކަމުގައި ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެފްއޭއެމަށް ފުލުހުން ވަދެ ވަނީ ފާސްކޮށްފަ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ވަނީ ޚިޔާނާތުގެ ދަޢުވާއާއި މަނީ ލޯންޑްރިންގގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ތަޙުޤީޤު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ. އަދި ބައްސާމް ޢަދީލް ޖަލީލަކީ އެމްއެމްޕީއާރސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް އޮތް މީހެއް ކަމަށާއި އެ މައްސަލަވެސް އޮތީ އޭސީސީ ތަޙުޤީޤު މަރުޙަލާގައި ކަމަށެވެ.

އެ އޮފީހުން ބުނީ އެފް.އޭ.އެމްގެ ހުރިހާ ނިންމުންތައް ނިންމައި ހިންގުމާ ހަވާލުވެ ތިބެނީ އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީން ކަމަށާއި އެފްއޭއެމުގެ ފައިސާ އެތަނުގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާއިރު އެގްޒެކްޓިވް ކޮމިޓީން މިއިން އެއްވެސް ކަމެއް ބަލާފައިނުވާ ކަމަށެވެ.

ބައްސާމް ވަނީ އެފްއޭއެމުގެ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާފަ އެވެ. ނަމަވެސް ކޮވިޑްތެރޭގައި ފީފާއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ލޯނަކަށް ހިޔާނާތްވި މައްސަލާގައި ފީފާއިން ދަނީ ބައްސާމްގެ މައްސަލަ ބަލަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ކޯރަމް ހަމަނުކޮށް، އެފްއޭއެމުގެ އެންމެ ފަހުގެ ކޮންގްރެސް ބާއްވާފައިވާތީވެ، ފީފާއިން ވަނީ އެފްއޭއެމުގެ އިންތިހާބު ހުއްޓުވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު