Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ތަރައްގީ

މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް

17 އެޕްރީލު 2024 | ބުދަ 18:41

ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭނީ ކުރިއަށް ހުންނަ އިންތިޚާބުތަކުގައި ގުޅުވައިގެން ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 17 އެޕްރީލު 2024 | ބުދަ 18:41
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެެވެ.

ކެލާގައި ބުދަ ދުވަހުގެ ރޭ ބޭއްވި މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭނީ ކުރިއަށް ހުންނަ އިންތިޚާބުތަކާގުޅުވައިގެން ނޫން ކަމަށެވެ.

Advertisement - newsAdvertisement

މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭނީ އެދާއިރާތަކަށް ގޮސް، އެރައްޔިތުން އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ބެލުމަށްފަހު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި މަސައްކަތް ކުރީ އެގޮތަށްކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި މިސަރުކާރުގެ ކެންޑިޑޭޓަށް ދެވޭ ވޯޓަކީ ޕްރޮޖެކްޓުތައް ހުއްޓުވައި، ރާއްޖޭގެ ތަރައްގީއާއި ދެކޮޅަށް ދޭ ވޯޓެއް ކަމަށާއި، ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް ކަމަށެވެ. އެއީ މިނިވަންކަމާއި ރައްކާތެރިކަމާއެކު ވަޒީފާ އަދާކުރުމާއި ދެކޮޅަށް ދެވޭ ވޯޓެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ވަރަށް ބިރުވެރިކަން އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ މީގެ ކުރީގައި ވެސް އެބޭފުޅުންގެ ވެރިކަމުގައި ކޯޓުތަކުގެ ޓިނުނަގައި، ފަނޑިޔާރުންނާއި، މަޖިލިސް މެންބަރުން ޖަލަށް ލި ކަމަށެވެ. އަދި މަޖިލީހުގައި ތަޅުއަަޅުވައި މިނިވަން މުއައްސާތައް ހުއްޓުމަކަށް ގެނައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. މާޒީގެ ކަންކަމަށް ބެލުމަށްފަހު މިފަހަރުގެ އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ރައީސް ޞާލިޙް ގޮވާލެއްވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މިނިވަންކަމާއެކު ބަސްބުނުމުގެ ފުރުސަތު ދީފައިވާކަމަށެވެ. އޭރު އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރުވެރިކަމެއް ކުރިމަތިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ތަންފީޒުކުރާނެ ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސް ޞާލިޙް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން މަޖިލިސް މެންބަރުން އިތުރުވާ ގޮތަށް އޮތުމަކީ ދައުލަތަށް ބޮޑު ބުރައެއް ކަމަށާއި، ވަކި އަދަދެއް ކަނޑައަޅާނެ ކަމަށެވެ. އާސަންދައާއި އެންސްޕާ ރައްޔިތުންނަށް މިހާރަށް ވުރެ ފަސޭހައިން ހާމަކަން ބޮޑު ގޮތެއްގައި ލިބޭނެ ގޮތް ގާނޫނެއްގެ ތެރެއިން ހަމަޖައްސާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިސަރުކާރުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމަށެވެ. ނަމަވެސް އިތުރަށް މިނިޒާމު ހަރުދަނާކޮށް، ބާރުވެރިކުރުމުގެ ގޮތުން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ ސިޔާސަތުތަކާއި މިސަރުކާރުގެ ސިޔާސަތުތަކަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިސަރުކާރުގެ ސިޔާސަތުތަކުގައި މިސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭ ކަމަށްވާނަމަ ޚިދުމަތްތަކުން އެމީހަކު މަހްރޫމްވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވެރިމީހާ ބަދަލުވި ނަމަވެސް ދައުލަތް ހިނގަންޖެހޭ ކަމަށާއި، ތަރައްގީއަށްޓަކައި ކުރަން ފަށާފައި ހުރި މަސައްކަތްތައް ވެރިއަކަށް ހުންނަ ބޭފުޅަކު ބޭނުންވުމުން ހުއްޓުވިގެން ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް