ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 18:11
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ކައުންސިލްތައް ބާރުވެރިކުރުވުން
އިންތިޚާބާއި ދިމާކޮށް ކައުންސިލްތަކަށް ފަޅުރަށްްތައް ބައްސަވަނީ ގޮތް ހުސްވެގެންތޯ؟
 
ކައުންސިލްތަކުގެ މައްޗަށް ބާރުފޯރުވޭ ގޮތަށް މިނިސްޓްރީ އޮފް ސިޓީސް އުފެއްދެވި
 
ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ކައުންސިލްތަކާއި މަޝްވަރާއެއް ނުކުރޭ
 
ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓުވާފައި

މިދުވަސްވަރު އެންމެ ބޮޑަށް ސިޔާސީ ބޭފުޅުން ދައްކަމުން ދާ އެއް ވަހަކައަކީ ރައްޔިތުން ބާރުވެރިކުރުވާ ވާހަކައެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ކަށަވަރުކޮށްދޭނެ ވާހަކައެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވާނެ ވާހަކައެވެ. އަދި އަތޮޅުތެރޭގެ ރަށްތައް ތަރައްގީ ކުރާ ވާހަކަތަކެވެ. މިއީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް މިއަދުގެ ސަރުކާރުގެ ބޭފުޅުން ވެސް އެންމެ ހަރުއަޑުން ދައްކަމުންދާ ވާހަކަތަކެވެ.

ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިއަށް ޖެހިލާއިރު ކަންކަން ހިނގާފައިވާ ގޮތަށް ބަލާލަން ޖެހެއެވެ. ރައްޔިތުން ބާރުވެރިކޮށް ކައުންސިލްތައް ހިންގުމަށް ދީފައި އޮތް ބާރުގެ ބޭނުން ކިތައް ކައުންސިލްތަކަށް ހިފުނުތޯ އެއީ އުފެދޭ ސުވާލެކެވެ. އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ މާގިނަ ދުވަހެއް ނުވެ އަތޮޅުތެރޭގެ ރަށްތަކުގައި ހިންގަމުންދިޔަ މަޝްރޫއުތައް ހުއްޓާލިކަން ކައުންސިލްތަކަށް ނޭނގޭތީއެވެ. އެއްވެސް ގޮތަކަށް މަޝްވަރާކޮށްފައިނުވެއެވެ. މައުލޫމާތު ދީފައިވާ ބައެއް ކައުންސިލަރުން ވިދާޅުވެފައިވަނީ ގިނަ މަޝްރޫއުތައް ހުއްޓާލިކަން އެނގުނީ މަސައްކަތްތައް ކުރިއަށްނުދާތީ ކައުންސިލްގެ ފަރާތުން އިސްވެ ކަމާގުޅުން ހުރި މިނިސްޓްރީތަކަށް ގުޅުމުން ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ހުއްޓާލި ސީދާ ސަބަބު ސަރުކާރުން ހާމަނުކުރާ ކަމަށެވެ.

ސަރުކާރުން ހުއްޓުވި މަޝްރޫއުތަކުގެ ތެރޭގައި ފެނާއި، ނަރުދަމާ، ބަނދަރު އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. މިމަޝްރޫއުތައް ހުއްޓުވާފައިވަނީ ފައިސާ ނެތިގެން ކަމަށް ވެސް ސަރުކާރުން ބުނި ނަމަވެސް މިމަޝްރޫއުތައް ފަށާފައިވަނީ ކުރީގެ ސަރުކާރުގައި ފައިސާ ހަމަޖެހިގެންނެވެ. އެހެންކަމުން މިކަމުގައި އަސްލު ހަގީގަތް ރައްޔިތުންނަށް އޮތީ ސާފުނުވެއެވެ.

މިކަންބޮޑުވުމުގައި ގިނަ ރަށްތަކުގެ ރައްޔިތުން ތިއްބައި، ދާދި ފަހުން ރައީސް މުއިއްޒު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގައި ހިންގާ މަޝްރޫއުތައް ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށެވެ. ކައުންސިލްތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވަމުން ގެންދަވާއިރު، ވަރަށް ގާތުން މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވައެވެ. މި ޔަގީންކަމަކީ ރިޔާސީ އިންތިޚާބުގެ ކެންޕޭން ތެރޭގައި ވެސް ރައީސް މުއިއްޒު ދެއްވި ޔަގީންކަމެކެވެ. ނަމަވެސް ކަންކަން ހިނގަމުންދަނީ އެހެނެއް ނޫނެވެ.

ވެރިކަމަށް ވަޑައިގަންނަވާ ކައުންސިލްތަކުގެ މައްޗަށް ބާރުފޯރުވޭ ގޮތަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފެއްދެވިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްގީކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ހިންގުމުގެ ބާރު ވަނީ އެމިނިސްޓްރީއަށް ދީފައެވެ. އޭރު ވެސް އިދިކޮޅު ސިޔާސީ ބޭފުޅުން ގޮވާލަމުން ދިޔައީ އެއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް މިސަރުކާރުން ކުރި ކަމެއް ކަމަށެވެ.

އަނެއްކާ ވެސް މަޖިލިސް އިންތިޚާބު ބޯމަތިވުމާއެކު ކައުންސިލްތަކާއެކު ރައީސް މުއިއްޒު ބާއްވަވާ ބައްދަލުކުރެއްވުންތައް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކައުންސިލްތަކުން އެދޭ ކަންކަމަށް ސަރުކާރުން އިޖާބަދޭ ކަމަށް ދައްކާ މަންޒަރު ވެސް މިވަނީ އިތުރުވެފައެވެ. މީގެ ތެރެއިން އެއްކަމަކީ އަތޮޅުތެރޭގެ ރަށްތަކުގެ އިހްތިސާސްގެ ދަށަށް ކައުންސިލުން ޒިންމާ ނަގާ ގޮތަށް ގިނަ ފަޅުތަކާއި، ފަޅުރަށްތައް ސަރުކާރުން ދޫކުރަން ފެށުމެވެ. ނަމަވެސް މިފާއިތުވި 5 މަސް ދުވަހު ކައުންސިލްތަކުން އެކަމަށް އެދި ހުށަހެޅި އެއްވެސް ސިޓީއަކަށް ޖަވާބު ދީފައިނުވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން ވަކި އިންސައްތައެއް ދިނުމަށް ވެސް މިސަރުކާރުން ނިންމިކަން ހާމަކުރިއެވެ. އަދި މިކަމާއި ގުޅޭ މަސައްކަތްތައް ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް އެއީ މިހާރު ވެސް ކައުންސިލްތަކަށް ދެމުންދާ ފައިސާއެކެވެ. އެއީ އައު ކަމެއްގެ ގޮތުގައި ސަރުކާރުން ދެއްކުމަށް މަސައްކަތް ކުރިނަމަވެސް ކައުންސިލްތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ.

މިސަރުކާރަށް މިވީ ފަސް މަހަށް ބަލާއިރު، ކައުންސިލްތައް ބާރުވެރިކުރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވެސް ބައިވެރިކުރުވާފައިނުވެއެވެ. އިންތިޚާބާއި ދިމާކޮށް ކައުންސިލަރުންގެ ޒިންމާއި، ބާރު މިސަރުކާރަށް ފެންނަ ކަމަށްވާނަމަ، އެއީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާކަމެކޭ ނުބުނެވޭނެ ގޮތެއް އެބައޮތްތޯއެވެ. ސަގާފަތަކަށް ހަދައިގެން މިސަރުކާރުން ހިންގަމުންދާ އޮޅުވާލުމުގެ ތެރެއިން ކަމަކަށް އެކަން ނުވާނެއޭ ބުނެވެން އެބައޮތްތޯއެވެ. އިންތިޚާބުތަކާއި ދިމާކޮށް ކަޑަޖަހާ ވާހަކައާއި، ސަރުކާރުގެ ބާރާއިނުފޫޒު ބޭނުންކުރާ ވާހަކައާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ވާހަކަ އަޑުހަރުކޮށް ދައްކާ އެކަމާއި ދެކޮޅަށް ކެންޕޭންކޮށް، ވެރިކަމަށް އާދެވުމުން ކައުންސިލްތަކަށް ފަަޅުރަށްތަކާއި ފަޅުތައް ދެނީ ކަމުގައި ބުނެ ހިންގަމުން މިގެންދާ އަމަލުތަކަކީ ގޮތް ހުސްވެގެން ކުރައްވާ ކަންކަމޭ ނުބުނެވޭނެ ހަމައެއް އެބައޮތްތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަދިރި ކޮންޓްރޯލްކުރުމަށް ފޮގްކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފި
ނައްތާލަން ބޭނުންވާ މުޞްޙަފުތަކާއި ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް، އައްޑޫގެ 40ށް ވުރެ ގިނަ ގެތަކަށް ގެއްލުންވެއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުމަށް ސަލާމަތީ މަޖިލީހުގައި ބުރާސްފަތި ދުވަހު ވޯޓަށް އަހާނެ
ޓެކްސް ފައިސާ ކައުންސިލްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވިއިރު، އެއީ މިހާރު ވެސް ދެމުންދާ ފައިސާއެއް: ރައީސް ސާލިހު
ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ މާލެ ސަރަހައްދުގެ ބިންތައް ވިއްކާލާ ފައިސާ ހޯދުމަށް: ޝަހީމް