Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިހާބު

ވޯޓުލުން ފެށޭނީ 8 ޖަހާއިރު، ނިމޭނީ 5:30 ގައި

ވޯޓުލުން ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑިއަށް، 1 ގަޑި އިރާއި 30 މިނެޓް އިތުރުކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އެޕްރީލު 2024 | ބުދަ 11:27
އިންތިހާބެއްގެ ވޯޓުގުނުމުގެ މަސައްކަތް ކުރިއަށްދަނީ

އިންތިހާބެއްގެ ވޯޓުގުނުމުގެ މަސައްކަތް ކުރިއަށްދަނީ

އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓުފޮށި ބަންދުކުރާ ގަޑިއަށް ބަދަލުގެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލުން ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑިއަށް، 1 ގަޑި އިރާއި 30 މިނެޓް އިތުރު ކުރުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ މިދުވަސްވަރުގެ މޫސުމަށް ބަލައި، ހޫނު ގަދަވުމުގެ ސަބަބުން ނުވަތަ ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް އަންނަ މީހުންގެ ޢަދަދު މަދުވެދާނެކަމަށް ކޮމިޝަނަށް ފެންނާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ސަބަބުތަކާހުރެ ވޯޓުލާ ގަޑި އިތުރުކޮށްފައިވާތީ، ވޯޓުލާ ވަގުތަށް އިތުރު ބަދަލެއް ނުގެނައުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އާންމުކޮށް އިންތިހާބުތަކުގައި ހެނދުނު 8:00 ގައި ވޯޓުލުން ފަށާ ހަވީރު 4:00 ގައި ވޯޓުލުން ބަންދުކުރެއެވެ. އަދި 4:30 ގައި ވޯޓު ގުނަން ފަށާ އެރޭ އިރާކޮޅު މަރުކަޒުތަކުން ވަގުތީ ނަތީޖާ ލިބެންފަށައެވެ.

މިކަމައި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ރާއްޖެއެމްވީއަށް ވިދާޅުވީ އިންތިހާބުގައި ވޯޓު ނަގާ ގަޑިއަށް ބަދަލު ގެނެސް ވަގުތު އިތުރުކޮށްފައިވަނި އެ ކޮމިޝަންގައި ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމަށް އެކަން ހުށަހަޅާ މެންބަރުންގެ އިއްތިފާގުން އެކަމަށް ތާއިދުކޮށްފައިވާތީ ކަމަށެވެ.

އަދި އެގޮތަށް ނިންމީ މޫސުން ގޯސްވެ ވިއްސާރަވެއްޖެ ނަމަ އަދި މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުން މެންދުރު ގަޑީގައި ވޯޓުލާން އަންނަ މީހުންގެ އަދަދު މަދުވާނެތީކަމަށެވެ. އަދި ދުރާލާ ގަޑިތައް އިއުލާންކުރީ ވޯޓުލާ ދުވަހު ގަޑިތައް އާންމުކުރަން ބޭނުންނުވާތީ ކަމަށެވެ.

ވޯޓުލުން ކުރިއަށްދާނެ ގަޑިތައް:

ދިވެހިރާއްޖެ - ހެނދުނު 8:00 އިން ހަވީރު 5:30 އަށް

އިންޑިއާ (ޓްރިވެންޑްރަމް) - ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް

ސްރީލަންކާ (ކޮލޮމްބޯ) - ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް

މެލޭޝިއާ (ކުއަލަލަމްޕޫރު) - ހެނދުނު 11:00 އިން ރޭގަނޑު 20:30 އަށް

އިތުރަށް ކިޔާލަން

30 މެއި 2018

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން މިއަދު

30 މެއި 2018
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން މިއަދު
21 މާރިޗު 2018

އުއްތަމަ ފަނޑިޔާރާއި އިތުރު ފަރާތްތަކުގެ ޝަރީއަތްތައް މިއަދު 12 ޖަހާއިރު!

21 މާރިޗު 2018
އުއްތަމަ ފަނޑިޔާރާއި އިތުރު ފަރާތްތަކުގެ ޝަރީއަތްތައް މިއަދު 12 ޖަހާއިރު!
19 ފެބުރުއަރީ 2018

ޤަރާރަށް ވޯޓަށް އަހަން މިރޭ 8 ޖަހާއިރު މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

19 ފެބުރުއަރީ 2018
ޤަރާރަށް ވޯޓަށް އަހަން މިރޭ 8 ޖަހާއިރު މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ
16 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ޙާލަތު ނިމޭނީ ފަނޑިޔާރުގޭގެ މަރުތަޅު ނެއްޓުމުން: ސަފީރު

16 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު ނިމޭނީ ފަނޑިޔާރުގޭގެ މަރުތަޅު ނެއްޓުމުން: ސަފީރު
10 މެއި 2017

ރޯދަ މަހު ސްކޫލްތައް ފަށާގަޑިއަކީ ހެނދުނު 08:40، ނިމޭނީ 15:00ގައި

10 މެއި 2017
ރޯދަ މަހު ސްކޫލްތައް ފަށާގަޑިއަކީ ހެނދުނު 08:40، ނިމޭނީ 15:00ގައި
06 މެއި 2017

ޖަލުގައި ވޯޓުލުން އަދިވެސް ކުރިއަށް!

06 މެއި 2017
ޖަލުގައި ވޯޓުލުން އަދިވެސް ކުރިއަށް!
06 މެއި 2017

ވ. ތިނަދޫގައި ވޯޓުލުން ފެށޭނީ 9:30 ގައި

06 މެއި 2017
ވ. ތިނަދޫގައި ވޯޓުލުން ފެށޭނީ 9:30 ގައި
24 އެޕްރީލު 2017

ފާރިސް މިއަދު 10 ޖަހާއިރު ޕޮލިހަށް ހާޒިރުވުމަށް އަންގައިފި

24 އެޕްރީލު 2017
ފާރިސް މިއަދު 10 ޖަހާއިރު ޕޮލިހަށް ހާޒިރުވުމަށް އަންގައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް