Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ - ބާސެލޯނާ

ބާސެލޯނާ ކަޓުވާލީ ރެފްރީ، އެއީ ގޯސް ރަތްކާޑެއް: ޒަވީ

އެއީ ގޯސް ރަތްކާޑެއް. އެހިސާބުން މުޅި މެޗު ބަދަލުވެއްޖެ: ޒަވީ

ރާއްޖެ އެމްވީ | 17 އެޕްރީލު 2024 | ބުދަ 04:21
ބާސެލޯނާ - ޕީއެސްޖީ މެޗަށް ފަހު ކޯޗު ޒަވީ ރެފްރީއަށް ޝަކުވާ ކުރަނީ

ބާސެލޯނާ - ޕީއެސްޖީ މެޗަށް ފަހު ކޯޗު ޒަވީ ރެފްރީއަށް ޝަކުވާ ކުރަނީ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ބާސެލޯނާ ކަޓުވާލީ ރެފްރީ ކަމަށާއި އޭނާގެ ނިންމުންތަކާއި ދެއްކި ރަތް ކާޑު ވަރަށް ގޯސް ކަމަށް ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.

ފަހަތުން އަރައި 4-1އިން ޕީއެސްޖީ މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ މެޗުގެ 29 ވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އަށް ރޫމޭނިޔާގެ ރެފްރީ ދެއްކީ ރަތްކާޑާއެކު މުޅި މެޗު ބަދަލުވެގެން ހިނގައްޖެ އެވެ.

މެޗުގައި ޒަވީ އާއި ބާސެލޯނާގެ ގޯލްކީޕިން ކޯޗަށް ވެސް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއީ ޕެނަލްޓީ އޭރިޔާ ތެރެއިން ގުންޑޮގަން އަށް ވައްޓާލުމުން ޕެނަލްޓީ އަށް އެޕީލްކުރުމަށްފަހު ދަނޑުގައި ހުރި ޕާޓްޝަނެއްގައި ފައިން ޖެހުމުންނެވެ.

އޭނާ ބުނީ ލަމީން ޔަމާލްގެ މޮޅު ޕާހަކުން ރަފީނިއާ ޖެހި ގޯލަށް ފަހު ރޮބަޓް ލޮވޮންޑޯސްކީ ހުރަސް ދަނޑިމަތިން ޖެހި ބޯޅަ އާއި ޕީއެސްޖީ ލީޑް ނެގި ފަހުން ގުންޑޮގަން ދަނޑީގައި ޖެހި ބޯޅައަކީ ލިބުނު ފުރުސަތުތަކެއް ކަމަށާއި އެއިން ފުރުސަތެއް ގޯލަކަށް ހަދާލެވުނު ނަމަވެސް ބަލިވުން ދުރު ކަމަށެވެ.

ރަތްކާޑަށް ފަހު މުޅިން ފަހަތަށް ޖެހިގެން ކުޅެމުން އައި ބާސެލޯނާ ކޮޅަށް ފުރަތަމަ ގޯލު ޖެހީ 42 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ އެވެ. އޭގެ ފަހުން ފަހު ހާފުގެ ފުރަތަމަ 10 މިނެޓު ތެރޭގައި ނަތީޖާ ބަދަލުކޮށްލީ ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ އާއި ވިޓީނިއާގެ ގޯލުތަކުންނެވެ. އެމްބާޕޭ އިތުރު ގޯލެއް ވެސް ޖެހި އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ކުޅެން ޖެހޭނީ ރޭ އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވި ބޮރޫޝިޔާ ޑޯޓްމުންޑާ އެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
13 އެޕްރީލު 2017

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

13 އެޕްރީލު 2017
ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު