Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރާމާރީ

މާރާމާރީގެ މައްސަލަތައް: ހޯދަމުންދަނީ 34 މީހުން، މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 6 މީހުން!

6 އޯގަސްޓު 2017 | އާދީއްތަ 09:24

މިދިއަ ޖުލައި މަހުގެ ފަހު ދެ ހަފްތާގެ ތެރޭގައި މާލޭގައި މާރާމާރީގެ ހިންގާ ދެ މީހަކު މަރާލާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 އޯގަސްޓު 2017 | އާދީއްތަ 09:24
މީހެއްގެ ގަޔަށް ވަޅި ޖެހުމާއި ގުޅިގެން ފުލުހެއް ހަރަކާތްތެރި ވަނީ --

މީހެއްގެ ގަޔަށް ވަޅި ޖެހުމާއި ގުޅިގެން ފުލުހެއް ހަރަކާތްތެރި ވަނީ --

ފަހަކަށް އައިސް މާލޭގައި ހިނގި މާރާމާރީތަކާ ގުޅިގެން 34 މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މިހާތަނަށް ހައްޔަރު ކުރެވިފައި ވަނީ ހަ މީހުން ކަމަށް ފުލުހުުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރު ކޮށްފައިވާ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު މީހުންގެ ބަންދަށް 10 ދުވަސް ޖަހާދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ އެންމެންނަކީ ވެސް ފިރިހެނުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިމަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ މިދުވަސްވަރު މާލޭގައި ހިނގާދިޔަ އެކިއެކި މާރާމާރީތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 34 މީހަކު ހޯދަމުންދާ ކަމަށެވެ. ނަމަވެސް އެ މީހުންގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މާރާމާރީތަކާ ގުޅިގެން ބަޔަކު މީހުން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައި މިވަނީ މި ދިޔަ ޖުލައި މަހުގެ ފަހު ދެ ހަފްތާގެ ތެރޭގައި ވަޅިން ހަމަލާދީ ދެ ޒުވާނަކު މަރާލާފައި ވަނިކޮށެވެ.

މާރާމާރީތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 34 މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ މިހާރު މާލޭގައި ހިނގަމުންދާ އެކިއެކި މާމާމާރީތަކާ ގުޅިގެން ފުލުހުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި އެގޮތުން 20 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަޒްލީން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މީގެ ދެހަފުތާއެއް ކުރިއާ ހަމައަށް ދިވެހިރާއްޖެ އޮތީ ވަރަށް އަމާން އޮމާން ކަމާއެކު ސުލްހަވެރިކަމާއި ވަރަށް ދިވެހިވަންތަ ކަމާއެކު ރައްޔިތުން ދިރިއުޅެމުން ދާ ތަނެއްގެ ގޮތުގައި އޮތް ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ފަހަރަކު މުޖުތަމައު ހަލަބޮލިވެ ކަންކަން މެދުވެރިވަމުން ދާކަމަށެވެ. މިއީ އިއްތިފާގެއްތޯ ނުވަތަ ބަޔަކު ގަސްދުގައި ކުރާ ކަމެއްތޯ އަދި ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް