ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 14:48
އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން
އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން
ރައީސް އޮފީސް
އައްޑޫ މަގުހެދުން
18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
 
އައްޑޫގެ މަގުހެދުމުގެ މަޝްރޫއު ނިމިގެންދާއިރު 100 ކިލޯ މީޓަރުގެ މަގުތަކުގައި އެއްކޮށް ތާރުއަޅާނެ
 
މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކުރުން ފިޔަވައި ހުރިހާ މަސައްކަތެއް އޮތީ ނިމިފައި
 
18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ބުނި މަސައްކަތަށް އިންޑިއާގެ އެގްޒިމް ބޭންކުން ހުރީ ފައިސާ ހަމަޖެހިފައި

18 މިލިއަން ޑޮލަރު ހަރަދުކޮށް އައްޑޫގެ ބާކީ މަގުތަކުގައި ތާރުއަޅާނެ ކަމަށް ރައީސް ވިދާޅުވިއިރު، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން އެކަން ހަމަޖެހި މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކުރުން ނޫން ހުރިހާކަމެއް އޮތީ ހަމަޖެހިފައިކަން ހާމަވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއަކީ ހިނގަމުންދާ މަސައްކަތެއް ކަމަށާއި، ބައެއް މަގުތައް ހުރީ އެންމެ އާދައިގެ ސިމެންތި ފަށަލަ ނުވަތަ ސީއެސްބީ ލޭޔަރ އަޅާފައި ކަމަށެވެ. އެކަމުގެ ސަބަބުން މަގުތައް ދަނީ ހަލާކުވަމުން ކަމަށާއި، ބައެއް މަގުތަކުގައި ތާރު އަޅަން ކުރީ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 100 ކިލޯ މީޓަރުގެ މަގުތަކުގެ ތެރެއިން 60 ކިލޯ މީޓަރު ހުރީ ސިމެންތި އަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ނިންމާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ވަރަށް އަވަހަށް އެ މަސައްކަތް އަމަލީ ގޮތުން އާރުޑީސީއާއި ހަވާލުކޮށްގެން ސިމެންތި އަޅާފައި ހުރި މަގުތަކުގައި ތާރުއަޅާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ކަމަށެވެ. އެ މަސައްކަތް މިއަހަރުގެ ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށްދަނީ 100 ކިލޯ މީޓަރުގެ މަގު އަދި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގެ އެހެން ރަށެއްގައި މަސައްކަތް ނުކުރާ ގޮތަށް މި މަސައްކަތް ކުރަނީ ކާނުތައް ހަދައިގެން ކަމަށާއި، އެއީ 111 ކިލޯ މީޓަރުގެ ފެން ހިންދާ ނިޒާމަކާއެކު ކަމަށެވެ.

މޭޔަރު ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ މަސައްކަތުގައި ސީޓީޕީ މަގެއް ނުހުންނާނެ ކަމަށެވެ. ހުރިހާ މަގެއް ތާރު އަޅާނެ ކަމަށާއި، އަދި ދެވަނަ ފިޔަވަހީގެ ދަށުން ސިމެންތި ލޭޔަރު އެކަނި އެޅި މަގުތަކުގައި ތާރު އެޅުމަށް، އެގްޒިމް ބޭންކުން އެޕްރޫވްކޮށް ހަމައެކަނި ސަރުކާރުން ސޮއިކުރާ ހިސާބުގައި އެ އެގްރީމެންޓް އޮތް ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މަސައްކަތް ނުނިންމާ ކުރިއަށްގެންދާ ގޮތަށް މިދިޔަ ސަރުކާރުން ހުރިހާ ކަމެއް ނިންމާ، މިހާރު މަސައްކަތް ކުރަމުންދާ އެފްކޮންސް ނުވަތަ އެހެން ބަޔަކާއި ނަމަވެސް ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް އެ ކަންކަން ހަމަޖެހިފައި އޮންނާނެ ކަމަށެވެ.

އަދި މި އެއްބަސްވުމެއް ހަދާ އެގްޒިމް ބޭންކުން އެކަމަށް ބޭނުންވާ ފަންޑު ލޯނުގެ ތެރެއިން ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި މަހުގައި ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިކަމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދެއް ނޯންނާނެ ކަމަށާއި، ރައީސް ހައްދަވަނީ އިތުރުފުޅުކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން, އައްޑޫ ސިޓީގެ މަގުހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށްޓަކައި 21 ފެބްރުއަރީ 2021 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ދެމެދު ސޮއިކުރެވުނެވެ.

މި މަޝްރޫއުގެ އަގު 77،630،898.00 (ހަތްދިހަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށްސަތޭކަ ނުވަދިހަ އަށް) ޔޫއެސް ޑޮލަރަށް އަރާއިރު, އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 1,197,068,447.16 (އެއްބިލިއަން އެއްސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސް ދޮޅަސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަތް ރުފިޔާ ސޯޅަ ލާރި)އެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 730 ދުވަހެވެ.

މި މަޝްރޫޢުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި މަޝްރޫޢުގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގު، ތާރު އަޅައިގެންނާއި ގައު އަޅައިގެން ތަރައްޤީކުރެވޭނެއެވެ. އަދި ގާތްގަޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔަރ އެޅުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ 4 ލޭނުގެ އައު ލިންކްރޯޑެއް މި މަޝްރޫޢުގެ ދަށުން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރުގެ ރީސާފޭސިންގ މަސައްކަތާއި، ތަރައްގީ ކުރާ މަގުތަކުގައި މަގުބައްތިއާއި ސީސީޓީވީ ކެމެރާ ހަރުކުރުން އަދި އެހެނިހެން ޓާރެފިކް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
13 އޭޕްރިލް 2024 | ހޮނިހިރު 17:46
އެކްޓިން
އިންޑިއާގެ އެހީއެއް ނޫން ،.ލޯނު. ލައިން އޮފް ކުރެޑިޓްއަކީ ލޯން އެއް. އެ ނޫން ގޮތެއް ވޭތޯ ބަލާފަ ނޫނީ ލޯން ޖަހައިގެން ނުވާނެ. އެ ފައިސާ ދައްކަން ޖެހޭނީ ހަމަ ދައުލަތުން
ގުޅުންހުރި
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް، އައްޑޫގެ 40ށް ވުރެ ގިނަ ގެތަކަށް ގެއްލުންވެއްޖެ
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި