Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ޗައިނާ ބޯޑަރު މައްސަލަ

އިންޑިއާ އާއި ޗައިނާއިން ބޯޑަރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ: މޯދީ

12 އެޕްރީލު 2024 | ހުކުރު 02:03

2020 ވަނަ އަހަރުގެ ޖޫން މަހު ދެޤައުމުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ 4 ސިފައިން ވަނީ މަރުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 12 އެޕްރީލު 2024 | ހުކުރު 02:03
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިއާ އާއި ޗައިނާއިން ބޯޑަރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ނިއުކްލިއާ ހަތިޔާރުގެ ޤާބިލްކަން ލިބިފައިވާ އަވަށްޓެރި ދެ ގައުމުގެ ގުޅުން ކުރިމަގުގައި ހަރުދަނާކޮށް ދަމަހައްޓަން ޖެހިފައިވާ ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ބޯޑަރު މައްސަލަ އަށް އަވަސް ހައްލެއް ގެނައުމަށް ގޮވާލައްވައިފައެވެ.

މޯދީ މިކަމަށް އިލްތިމާސް ކުރެއްވީ 2020 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި، އެމެރިކާގެ ޕަބްލިކޭޝަން ނިއުސްވީކްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މޯދީ ވިދާޅުވީ އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ބޮޑަރުގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރަން ޖެހޭކަމަށާއި، އެމައްސަލަ ހައްލުކުރަން ޖެހޭނީ ހުޅުވާލެވިފައިވާ އަދި އިޚްލާސްތެރި މަޝްވަރާތަކުން ކަމަށެވެ.

2020 ވަނަ އަހަރުގެ ޖޫން މަހު ދެޤައުމުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ 4 ސިފައިން މަރުވުމާ ގުޅިގެން ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ހިމާލިޔާގެ ބޯޑަރުގެ މައްސަލައިގައި ދެޤައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

މޯދީ ވިދާޅުވީ، ހަމަޖެހުން ގާއިމުކޮށް، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމުގެ ގުޅުމަށް ކުރިއެރުން ލިބޭނެ ހާލަތްތައް ގާއިމުކުރުމަށް ބޯޑަރު ސަރަހައްދުތަކުގައި ބާކީ ހުރި މައްސަލަތައް ހައްލު ކުރުމުގެ މުހިންމުކަން ވަރަށްބޮޑު ކަމަށެވެ.

އިންޑިއާ އާއި ޗައިނާއިން ފާއިތުވި ދެ އަހަރުގެ ތެރޭގައި ވަނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ނުތަނަވަސްކަން ފިނިކުރުމަށާއި ބައެއް ފްލެޝްޕޮއިންޓް ސަރަހައްދުތަކުން ފްރޮންޓްލައިން ސިފައިން އަނބުރާ ގެންދިއުމަށް މަސައްކަތްކޮށްފަ އެވެ. އެހެންނަމަވެސް، ބޯޑަރު ސަރަހައްދުގައި މުހިންމު އަސްކަރީ ބާރުތައް ދެގައުމުންވެސް މަދުންނަމަވެސް ބައިތިއްބާއިރު، ހަމަނުޖެހުންތައް އަލުން ފެތުރުމުގެ ނުރައްކަލަކީ އަބަދުވެސް އޮންނަ ކަންބޮޑުވާ މައްސަލައެކެވެ.

އެތައް ހާސް ވާހަކަތަކެއްގެ ތެރެއިން ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށް ދެޤައުމުން އެތައް އަހަރެއް ވަންދެން މަސައްކަތްކުރިނަމަވެސް، އެދެޤައުމަށް އަދި މިހާތަނަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އިންޑިއާޗައިނާއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީޝީ ޖިންގޕިން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް