Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކެމްޕެއިން

މިއަދުގެ ސަރުކާރުގައި ތަރައްޤީގެ މަޝްރޫއުތައް ހުރީ ބުރަކި ޖެހިފައި، އެ ބުރަކި ނައްޓާލަން ޖެހޭ: ސާލިހު

ވައުދުތައް ފުއްދުމުގައި ރައްޔިތުން މަޖިލީހުގެ ދައުރާއި އަދި އިދިކޮޅު ޕާޓީގެ ދައުރު ވެސް މުހިންމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2024 | ބުރާސްފަތި 08:05
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

މިއަދުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހުރީ "ބުރަކި" ޖެހިފައި ކަމަށާއި، އެ ބުރަކި ނައްޓާލަން ޖެހޭކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ފުވައްމުލަކު މެދު ދާއިރާގައި ބޭއްވި އެމްޑީޕީގެބމިސްރާބު ހަމަ މަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ، ފުވައްމުލަކު ތަރައްގީއަށްޓަކައި ކުރަންޖެހޭ އަދިވެސް ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭގެ ތެރެއިން އެމްޑީޕީން ވައުދުވާ ކަންކަން ފާހަގަކޮށްފައިވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އޭގެ ތެރެއިން އެއްކަމަކީ އެ ރަށުގެ އެއާޕޯޓު ބޮޑު ކުރުމުގެ ވާހަކަ ކަމަށެވެ. އެއީ މިއަދު ވެރިކަމުގައި ހުންނެވި ރައީސް ޑރ.މުއިއްޒު ވެސް ވެވަޑައިގެންފައިވާ ވައުދުފުޅެއްކަން ފާހަގަ ކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އެކަމަށްޓަކައި ރައްޔިތުން މަޖިލީހުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީގެ މެމްބަރުން ފަހިކޮށްދެއްވާނެ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކެއް ވެގެންކަން ފާހަގަ ކުރައްވައި ރައީސް ސާލިހު އިތުރަށް ވިދާޅުވީ، އެވައުދުތައް ފުއްދުމުގައި ރައްޔިތުން މަޖިލީހުގެ ދައުރާއި އަދި އިދިކޮޅު ޕާޓީގެ ދައުރު ވެސް މުހިންމު ކަމަށެވެ. އެގޮތުން ބަޖެޓުގައި އެއްޗެއް ޖެހިދާނެ ކަމަށާއި، ނަމަވެސް ސަރުކާރު ހިންގަން ތިބޭ ބަޔަކު އެ މަޝްރޫއުތައް އިސްފަސްކޮށް ކަންކަން ނުވެ ދިއުމުން މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވަންވެސް ޖެހޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ ފައްކާ ބަޔަކީ އެމްޑީޕީ ކަމަށެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށެވެ. އެމްޑީޕީއަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ވެސް އެ ސަބަބާހުރެކަން ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ގައުމުގެ މިސްރާބު ހަގީގަތުގައި ވެސް ހަމަ މަގަށް އަޅުވަންޖެހޭ ކަމަށާއި، މިއަދު މި ޤައުމު ދަނީ ގިނަ ރައްޔިތުން ބޭނުންވި މިސްރާބަކަށް ނޫންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހުރީ "ބުރެކި ޖެހިފައި" ކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އެ ބުރަކި ނައްޓާލަން ޖެހިފައިވާ ކަމަށެވެ.

އެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު