Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންއެފް އުފެއްދުން

ޕީއެންއެފްއިން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށްފަހު ތަނެއް ހަމަޖައްސައިދިން ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި

ސަރުކާރުން ތަނެއް ހަމަޖެއްސި ކަމަށް ބުނެ ދަންވަރު ބަޔާނެއް ނެރުނީ ޕީއެންއެފްގެ ޖަލްސާ ރާޅުގަނޑުގައި ފަށައި ނިމެނިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 އެޕްރީލު 2024 | ބުދަ 03:31
ޕީއެންއެފް އުފެއްދުމަށް ޣިޔާޘުއްދީން ސްކޫލުގައި ބާއްވަން މަސައްކަތްކުރި ޖަލްސާއަށް މެންބަރުން ވަނަނުދީ ފުލުހުން ސްކޫލުގެ ދޮރުމަތީގައި

ޕީއެންއެފް އުފެއްދުމަށް ޣިޔާޘުއްދީން ސްކޫލުގައި ބާއްވަން މަސައްކަތްކުރި ޖަލްސާއަށް މެންބަރުން ވަނަނުދީ ފުލުހުން ސްކޫލުގެ ދޮރުމަތީގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމަށްފަހު، އެ ޖަލްސާ ހުއްޓުވުމުގައި ސަރުކާރުގެ އެއްވެސް އަތެއް ނެތްކަމަށް ބުނެ ދިފާއަށް ކުޅެފިއެވެ.

އެގޮތުން ޣިޔާޘުއްދީން ސްކޫލު ހޯލުގައި ފުރަތަމަ ބާއްވަން މަސައްކަތް ކުރި ޖަލްސާއަށް ހުރަސް އަޅައި، އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ފުލުހުން އެ ސްކޫލް ބަންދުކޮށް ޖަލްސާ ބޭއްވިޔަ ނުދީ އަދި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ޖަލްސާ އޮތް ހޯލަށް ވަނަ ނުދީ ހިފަހައްޓާފައިވެއެވެ.

Advertisement - newsAdvertisement

ނަމަވެސް ފަހުން ޕީއެންއެފް އުފައްދަން ރާޅުގަނޑު ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ހޯދާ އެތަނުގައި ޖަލްސާ ބޭއްވި ފަހުން އަންގާރަ ދުވަހުގެ ރޭ ދަންވަރު ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ.

ރައީސް އޮފީހުން ދަންވަރު ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ޙަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމާ، އަދި ސިޔާސީ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ސަރުކާރުން ފަހިކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.

އަދި އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން އަންގާރަ ދުވަހުގެރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އަދި ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީ އާއި އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ޕީއެންއެފްއިން ވަނީ ސްކޫލުން ހުއްދަ ދިން ކަމަށާއި، އަދި ހުއްދަ ބާތިލުކުރިކަމެއް އެ ޕާޓީއަށް އަންގާފައި ނުވާކަމަށް ބުނެފައެވެ. އަދި ޖަލްސާ ބާއްވާ ތަނަށް ރޮއިޓް ފުލުހުން ފޮނުވާ ޖަލްސާއަށް ދިޔަ މީހުން ސްކޫލަށް ވަަނަ ނުދީ ހިފަހައްޓާ ހިނގައިދިޔަ ކަންތައްތަކުގައި އެ ޕާޓީގެ މެންބަރުންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހާފައިވާ ކަމަށެވެ.

އަދި ޖަލްސާ ރާޅުގަނޑު ސަރަހައްދަށް ބަދަލުކޮށް ޖަލްސާ ނިމެން ކައިިރިވެފައިވަނިކޮށް ސަރުކާރުން ދަންވަރު ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް ރެއިން ރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެގުމުގައި ވަގުތުން ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް ޕީއެންއެފްގެ ސެނެޓް މެންބަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ސަރުކާރުން ތަނެއް ހަމަޖައްސައި ދީފައި ނުވާ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރީ ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާއަށް ހުރަސްއަޅާ އެކަން ހުއްޓުވަން ކަމަށެވެ. އަދި ސަރުކާރުން އެއްވެސް ތަނެއް ނުލިބުމުން ޕީއެންއެފްގެ ޖަލްސާ ބޭއްވީ ރާޅުގަނޑުގައި ކަމަށާއި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް، ތަނެއް ހަމަޖެއްސި ކަމަށް ވިދާޅުވެ ހެއްދެވީ ދޮގު ކަމަށެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)މޯލްޑިވްސް ޕޮލިސް ސަރވިސްރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު