Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންއެފް ޖަލްސާ

ސަރުކާރުން ހުރަސް އެޅުމުން ވެސް ރާޅުގަނޑު ސަރަހައްދުގައި ޖަލްސާ ބާއްވާ، ޕީއެންއެފް އުފައްދައިފި

ޕާޓީގެ ރައީސްކަމަށް ޒެއިން އަބްދުﷲ ޔާމީން ވަނީ އިންތިހާބުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 އެޕްރީލު 2024 | އަންގާރަ 19:51
ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީއެންއެފް އުފެއްދެވުމުގެ ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމުން އެ ޖަލްސާ ނިއުޕޯޓް ސީވިއު ހުންނަ ސަރަހައްދު (ރާޅުގަނޑު) ސަރަހައްދުގައި ބާއްވާ ޕާޓީ އުފައްދައިފިއެވެ.

ރާޅުގަނޑު ސަރަހައްދަށް ޖަލްސާ ބަދަލުކޮށްފައިވަނީ، ޣިޔާސުއްދީން ސްކޫލް ހިންގާ ކުންފުނިން އެތަނުގައި ޖަލްސާ ބާއްވަން ހުއްދަ ހޯދާ ޖަލްސާ ބާއްވަން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް، ފުލުހުން އެތަނަށް ގޮސް ސްކޫލް ބަންދުކޮށް މެންބަރުންނަށް އެތެރެއަށް ނުވަދެވުމުންނެވެ. ސަރުކާރުން ވަނީ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސްކޫލުގައި ޖަލްސާ ނުބޭއްވޭނެކަން ފުލުހުންނަށް އަންގާ ފުލުހުން ފޮނުވައިގެން ސްކޫލު ގޭޓު ބަންދުކޮށް އެތަނަށް އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް ހަދާފައެވެ.

ޖަލްސާ ބާއްވަން އުޅުނު ޣިޔާސުއްދީން ސްކޫލަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންވެސް ވަނުމަށް ފުލުހުން ހުރަސް އެޅިއެވެ. އަދި އެ ސަރަހައްދުގައި ތިބި ޕީއެންއެފްގެ މެންބަރުންގެ ގަޔަށް ޕެޕަރ ސްޕްރޭޖަހާ އެ ސަރަހައްދު ބަންދުކުރިއެވެ.

އަދި އެންމެފަހުން ރާޅުގަނޑުގައި ޖަލްސާ ބާއްވަން ހުއްދަ ހޯދާ ޕީއެންއެފް އުފައްދާ ޖަލްސާ ބާއްވާފައިވަނީ އެތަނުގައެވެ. އަދި ޕީއެންއެފް އުފައްދާ ޖަލްސާއަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަޑައިގެން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި 420 މެންބަރުން ބައިވެރިވިއެވެ. މި ޖަލްސާގައި ވަނީ ޕާޓީގެ ކުލަ، ލޯގޯ، ސިއްކަ އަދި ޕާޓީގެ އެޑްރެސް ފާސްކޮށްފައެވެ. ޕާޓީގެ ނަމަކަށް ޕީޕަލް ނެޝަނަލް ޕްރަންޓް، ރަމްޒީކޮށް ކިޔަން ފާސްކޮށްފައިވަނީ ޕީއެންއެފްއެވެ. މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދު ވެސް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ޕާޓީގެ ދާއިމީ ސެނެޓް އިންތިހާބުކުރެވެންދެން ވަގުތީ ސެނެޓް ވަނީ އިންތިހާބުކޮށްފައެވެ. އަދި ޕާޓީގެ ދާއިމީ މަގާމުތަކަށް މެންބަރުން އިންތިހާބުކުރެވެންދެން ވަގުތީގޮތުން މެންބަރުން ވަނީ އައްޔަންކޮށްފައެވެ.

ވަގުތީ ސެނެޓުގައި ރައީސް އަބްދުﷲ ޔާމީން، ޒެއިން އަބްދުﷲ ޔާމީން، ޑރ. މުހައްމަދު ޖަމީލް އަހުމަދު، މުހައްމަދު މަލީހު ޖަމާލު، މުހައްމަދު ޝަވީދު، ޑރ. ޖިހާދު ހަސަން، ހުސައިން ވަހީދު، އަހުމަދު މުސްތަފާ މުހައްމަދު، އަހުމަދު ފަޔާޒް، އަލީ ޝިޔާން ރާޝިދު، އަބްދުﷲ ހުސައިން، އަދުލީ އިސްމާއިލް، އަނީސާ ސައީދު، ފާތިމަތު ރަހުމާގެ އިތުރުން ޕީއެންއެފް އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ދާއީމީ މަގާމުތަކަށް މީހުން އިންތިހާބު ކުރެވެންދެން ޕާޓީގެ އިސް މަގާމުތަކަށް ވަގުތީގޮތުން އައްޔަން ކުރައްވާފައިވަނީ 4 މަގާމަކަށެވެ. އެ މަގާމުތަކަކީ:

ޕާޓީގެ ރައީސްކަމަށް ޒެއިން އަބްދުﷲ ޔާމީން

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު މަލީހު ޖަމާލް

ޓްރެޝަރަރ އަކަށް އަހުމަދު މުސްތަފާ މުހައްމަދު

ރެޖިސްޓްރާ އަލީ ޝިޔާން ރާޝިދު

މި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރިން ޕީއެންއެފްއިން ބުނި ނަމަވެސް އެމަނިކުފާނު މިޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

16 މެއި 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު