Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާއާއި ޗައިނާގެ ގުޅުން

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރަޝިޔާ އާއި ޗައިނާއިން އެއްބާރުލުން ދޭނެ: ރަޝިއާގެ ޚާރިޖީ ވަޒީރު

މޮސްކޯގެ ކޮންސަޓް ހޯލަށް ހަތިޔާރު އެޅި ބަޔަކު ދިން ބަޑީގެ ހަމަލާތަކުގައި 144 މީހުން މަރުވެ 550 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 9 އެޕްރީލު 2024 | އަންގާރަ 12:30
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރަޝިޔާ އާއި ޗައިނާއިން އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމަކީ ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި، ޔޫކްރެއިންގެ ހަނގުރާމައާއި، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޙާލަތާއި، އދ އާއި ޖީ20 ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ގުޅިގެން އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުކެވެ.

ލަވްރޯވް ވަނީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު މޮސްކޯ ސަރަހައްދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޗައިނާއިން ދިން ތައުޒިޔާގެ މެސެޖާއި ޓެރަރިޒަމާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މޮސްކޯ އޮބްލާސްޓްގެ ކްރަސްނޯގޯސްކްގައި ހުންނަ ކްރޮކަސް ސިޓީ ކޮންސަޓް ހޯލަށް ހަތިޔާރު އެޅި ބަޔަކު ދިން ބަޑީގެ ހަމަލާތަކުގައި 144 މީހުން މަރުވެ 550 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މިހަމަލާގެ ޒިންމާ އައިސިސްއިން ނަގާފައިވާއިރު، މި ހަމަލާގައި ސީދާ ބައިވެރިވި ކަމަށް ބުނެ ރަޝިޔާއިން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ.

ރަޝިއާޗައިނާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު