Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޮގާއި މަކަރުގެ ތެރެއިން ބާރުވެރިކަން ހޯދުން

މިސަރުކާރުން މަސައްކަތް ކުރަނީ ދޮގާއި މަކަރުގެ ތެރެއިން ބާރުވެރިކަން ހޯދައިގެން ރައްޔިތުން ބިކަ ކުރަން: ފައްޔާޒު

މިއަދުގެ ސަރުކާރުން ދޮގު ހަދަމުން ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އެޕްރީލު 2024 | ހޮނިހިރު 06:37
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

މިސަރުކާރުން މަސައްކަތް ކުރަނީ ދޮގާއި މަކަރުގެ ތެރެއިން ބާރުވެރިކަން ހޯދައިގެން ރައްޔިތުން ބިކަ ކުރުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އައްޑޫ ސިޓީއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތަރާވީހުގައި ފައްޔާޒު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ދޮގު އިންތިހާއަށް ހަދަމުންދާކަން ފާހަގަކުރައްވައި މިއަދު ސަރުކާރުގެ ބޭފުޅުންނަށް އެނޫން ކަމެއް ދަސްވެފައިނުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މިއަދުގެ ސަރުކާރުން ދޮގު ހަދަމުން ކުރިއަށްދާ ކަމަށާއި، ޑިމޮކްރަސީއެއް ނުދަންނަ ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ މި ނިޒާމް ސަރުކާރުން ގަބޫލުނުކުރާ ކަމަށާއި، މަސައްކަތް ކުރަނީ ދޮގާއި މަކަރުގެ ތެރެއިން ބާރުވެރިކަން ހޯދައިގެން ރައްޔިތުން ބިކަކޮށް ރައްޔިތުން އަޅުވެތި ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ތަރައްގީ ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، ތަރައްގީގެ ގިނަ މަޝްރޫއުތައް ރާއްޖޭގެ އެކިރަށްތަކުގައި ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކަމަށެވެ. އެގޮތުން އައްޑޫސިޓީއަށް ޚާއްސަ އިސްކަމެއްދިން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އައްޑޫސިޓީ ތަރައްގީ ކުރެވި، އައްޑޫ ސިޓީގައި އެމްޑީޕީ ސަރުކާރުން ފަށާފައިވާ އިގްތިސާދީ މަޝްރޫއުތައް ރަނގަޅަށް ކުރިޔަށްދާނަމަ އައްޑޫގެ އިގްތިސާދު އަތުނުޖެހޭ ހިސާބަށްދާނެ ކަމަށެވެ. އަދި މިމަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީ ތަމްސީލުކުރާ އެމްޑީޕީ މެމްބަރުން މަޖިލީހުގައި ތިބުން މުހިންމުކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
02 އޯގަސްޓު 2025

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް
28 ފެބުރުއަރީ 2025

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު
03 ފެބުރުއަރީ 2025

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު
01 ފެބުރުއަރީ 2025

އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަން - ފައްޔާޒް

01 ފެބުރުއަރީ 2025
އަނިޔާވެރިކަމުން ސަލާމަތްވުމަށް މި ޖެހެނީ އަބަދު ޕީޕީއެމް/ޕީއެންސީ ފިކުރާއި ތަޅާފޮޅަން - ފައްޔާޒް
31 ޖެނުއަރީ 2025

މި ސަރުކާރަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ހައްގުގައި އިސްތިއުފާދިނުން ކަމަށް ޤަބޫލުކުރެވޭ - ފައްޔާޒް

31 ޖެނުއަރީ 2025
މި ސަރުކާރަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ހައްގުގައި އިސްތިއުފާދިނުން ކަމަށް ޤަބޫލުކުރެވޭ - ފައްޔާޒް
28 ޖެނުއަރީ 2025

ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

28 ޖެނުއަރީ 2025
ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
11 ޑިސެމްބަރު 2024

ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް ސާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ

11 ޑިސެމްބަރު 2024
ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް ސާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު