ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 13:29
އާއްމުކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް
އާއްމުކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ރާއްޖެއެމްވީ
ތަޤްވާ މިސްކިތުން ވައްކަން ކުރުން
ތަޤްވާ މިސްކިތުން ފަންކާ ވަގަށް ނެގި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
 
ރަމަޟާން މަހު މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑުވެފައި
 
ތިން ރޭ މަތިން ތަގުވާ މިސްކިތުން ވަނީ 7 ފަންކާ ވަގަށް ނަގާފައި

ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ތަގުވާ މިސްކިތުން ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތް ހޯދާ ފުލުހުންގެ ބަންދަށް ގެމްގޮސްފައިވާ ކަމަށެވެ.

މާލެސިޓީ ކައުންސިލުން ބުނީ ތިން ރޭ މަތިން ތަގުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ފުލުހުންނާއި ހިއްސާ ކޮށްފައި ކަމަށެވެ.

އާއްމުކޮށްފައިވާ ވީޑީއޯއިން ފެންނަނީ ޒުވާން އުމުރުފުރާގެ ފިރިހެނެއް މިސްކިތަށް ވަންނަތަނެވެ. އަދި މިސްކިތް ތެރެއަށް ވަދެގެން ގޮސް އެތާ ބަހައްޓާފައި ހުރި ސްޓޭޑް ފަންކާ ނަގައިގެންދާތަނެވެ. ވީޑީއޯއިން އެމީހާގެ މޫނު އެހައި ސާފުކޮށް ނުފެނެއެވެ. ނަމަވެސް އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްކަން އެނގެއެވެ.

ރަމަޟާން މަހު މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. ދަރުމަވަންތަ މިސްކިތުގެ މޯޓަރު ވަގަށް ނަގާފައިވާއިރު، އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް