Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޫދޫ އެއާޕޯޓު

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓުވާލީ ރައީސްގެ ބާރުތައް ޤާނޫނާއި ޚިލާފަށް ބޭނުންކޮށްގެން އާއިލީ އަދި ސިޔާސީ މަންފާ ހޯދުމަށް- މެންބަރު ހަލީމް

1 އެޕްރީލު 2024 | ހޯމަ 07:42

ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 170 ވަނަ މާއްދާގެ ދަށުން އެ ކުއްލި މައްސަލަ ހުށަހަޅާކަމަށް ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އެޕްރީލު 2024 | ހޯމަ 07:42
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަހުމަދު ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަހުމަދު ހަލީމް

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓުވާލީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ޤާނޫނާއި ޚިލާފަށް ބޭނުންކުރައްވައިގެން ކަމަށާއި އެކަން ކުރެއްވީ އަމިއްލަފުޅު އާއިލީ އަދި ސިޔާސީ މަންފާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

މެންބަރު ހަލީމް މިހެން ވިދާޅުވީ ފ.މަގޫދޫ އެއަރޕޯޓް 70 އިންސައްތަ ނިމިފައިވަނިކޮށް އެ މަސައްކަތް ހުއްޓާލާފައިވާތީ އެކަމާއި ގުޅިގެން ހޯމަ ދުވަހު އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައެއްގައެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ފ.މަގޫދޫ އެއަރޕޯޓް އެޅުމުގެ މަޝްރޫއަކީ ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓް ޤާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި 21 މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ ލިބިގެން ފަށާފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފ.މަގޫދޫ އެއަރޕޯޓުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް މި ގަރާރުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ފ.މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލަން ނިންމާ އެ ރަށާއި ޖެހިގެން ގާތްގަނޑަކަށް 10 މިނެޓުން ދެވެން އޮތް ފ.ނިލަންދޫ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުއްވާ ފ.ނިލަންދޫގައި އެއަރޕޯޓެއް އެޅުން ޢިއުލާންކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މިއީ ރައީސުލްޖުމްހޫރިއްޔާގެ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމަވާފައިވާ ނިންމެވުމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަށް މެންބަރު ހަލީމް ހުށަހެއްޅުއްވި މި ގަރާރުގައި ބުނެފައިވެއެވެ.

އަދި މި ނިންމެވުމަކީ ދިވެހި ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކުރައްވާ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތަށް ޤާނޫނުގެ ހުދޫދުގެ ބޭރުން ބޭނުންކުރައްވައިގެން ނިންމަވާފައިވާ ނިންމެވުމެއްކަން ފެންނަން އޮތް ކަމަށް މި ގަރާރުގައިވެއެވެ. އަދި މިއީ ކުރީގެ ސަރުކާރުން ފަށާފައިވާ އަދި ރައްޔިތުންނަށް މަންފާވާ އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލާނެކާމާއި ކުރިއަށްވުރެ ފުރިހަމަ ގޮތުގައި އެކަން ކޮށްދެއްވާނެކަމަށް ރައްޔިތުންގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅާ ވެސް މުޅިން ޚިލާފު އަމަލެއްކަމަށް މި ގަރާރުގައި ބުނެފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތަކަކީ އަމިއްލަ މަންފާއަށް އާއިލީ މަންފާއަށް ނުވަތަ ސިޔާސީ މަންފާއަށް ބޭނުންކުރުމަށްޓަކައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބާރުތަކެއްނޫން ކަމަށް ވެސް މެންބަރު ހަލީމް ވަނީ މި ގަރާރުގައި ބަޔާންކުރައްވާފައެވެ.

އެހެންކަމުން ސަރުކާރުގެ މި ނިންމުމަކީ އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށާއި ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކާއި މާލިއްޔަތަކީ ވެރިކަންކުރާ ފަރާތުގެ އަމިއްލަ އާއިލީ އަދި ސިޔާސީ ފައިދާ ހާސިލް ކުރުމަށް ބޭނުންކުރެވޭ ވަސީލަތްތަކެއް ނޫންކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފ. މަގޫދޫ އެއަރޕޯޓުގެ މަޝްރޫޢު ހުއްޓުވާލުމަށްފަހު ފ. ނިލަންދޫގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ އަޑިގައިވާ ސިޔާސީ ސަބަބުތައް ފެންނަން އޮތުމުން ޤައުމުގެ ތަރައްޤީއާއި މާލިއްޔަތާ ޤުދުރަތީ ވަސީލަތްތައް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާގެ ސިޔާސީ މަންފާއަށް ބޭނުން ކުރަމުންދާ ދިއުން ސަރުކާރުގެ ސަމާލުކަމާށް ގެނައުމަށް އެ ގަރާރުގައި ވަނީ ހިމަނާފައެވެ. އަދި ޑިމޮކްރެސީއާއ،ި ދެފުއްފެންނަ ސިޔާސަތުތަކާއި "ގުޑް ގަވަނަންސް" ގެ އުސޫލުތައް ސަރުކާރުގެ ހުރިހާ ނިންމުމެއްގައި އިސްކުރުމަށް ސަރުކާރަށް ގޮވާލުމާއިއެކު މިމައްސަލައިގާ ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖާކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

ފ. މަގޫދޫމެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
21 ސެޕްޓެމްބަރު 2025

މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

21 ސެޕްޓެމްބަރު 2025
މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް