Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުޅަނދު ޓްރެކް ކުރުން

ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރު ޓްރެކް ކުރެވޭ ލިސްޓަށް ލައިފި

30 މާރިޗު 2024 | ހޮނިހިރު 10:51

ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރުވެސް ޓްރެކް ކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މާރިޗު 2024 | ހޮނިހިރު 10:51
ސަފާރީ ބޯޓެއް

ސަފާރީ ބޯޓެއް

ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރާއި އިތުރު ދެ ބާވަތެއްގެ އުޅަނދު ޓްރެކް ކުރެވޭ ލިސްޓަށް ލައިފިއެވެ.

ކަސްޓަމްސް އިން ބުނީ، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރަށް ގޮސްއައިސްވާ އުޅަނދުފަހަރާއި، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދާ ނުވަތަ ވަކި ގޮތަކަށް ޢަމަލު ކުރަން ޤާނޫނު ނުވަތަ ގަވާއިދު ލާޒިމުކޮށްފައިވާ މުދަލާއި އެފަދަ މުދާ އުފުލާ އުޅަނދުފަހަރާއި އެފަދަ މުދާ ރައްދުކުރަންޖެހޭ އުޅަނދުފަހަރުގެ ޙަރަކާތްތައް މޮނިޓަރކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން "ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމާބެހޭ އުޞޫލު" ވަނީ 2018 ވަނަ އަހަރު އެކުލަވާލެވި ޢަމަލުކުރަން ފަށާފައެވެ.

މިއުޞޫލަށް ފުރަތަމަ ޢަމަލުކުރަން ފެށިއިރު "ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދެވޭ އުޅަނދުފަހަރު" އަދި "ކަސްޓަމްސްއިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަންޖެހޭ ތަނަށް ގެންދިއުމަށްޓަކާ އެތަކެތި އުފުލާ އުޅަނދުފަހަރު" ތަކުގައި އުޅަނދުފަހަރު އޮންނަ ތަން (ލޮކޭޝަން) އަންގައިދޭ އާލާތް (ޓްރެކިންގ ޑިވައިސް) ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ކަސްޓަމްސްއިން މޮނިޓަރކުރަން ފެށިއެވެ.

އަދި މިއުޞޫލަށް އެންމެ ފަހުން 2024 ފެބްރުވަރީ 29 ވަނަ ދުވަހު ގެނެވުނު އިސްލާހާއި ގުޅިގެން ކުރިން ޓްރެކިންގ ޑިވައިސް އަޅުވަންޖެހޭ އުޅަނދުފަހަރުގެ އިތުރުން އިތުރު 3 ވައްތަރެއްގެ އުޅަނދުފަހަރުގައިވެސް ޓްރެކިންގ ޑިވައިސް ހަރުކުރަން ޖެހެއެވެ.

އެ އުޅަނދު ފަހަރުތަކަކީ:

- ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރު؛

- ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު؛

- ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދުފަހަރު.

2024 މާރޗް 15 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފެށިފައިވާއިރު، މި އުޅަނދުފަހަރު އޮންނަ ތަން (ލޮކޭޝަން) އަންގައިދޭ އާލާތް (ޓްރެކިންގ ޑިވައިސް) ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ކަސްޓަމްސްއިން މޮނިޓަރކުރަމުން ގެންދާނެއެވެ.

އަދި، މި އުޞޫލާއި ޚިލާފުވާ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ޚިދުމަތް މެދުކަނޑާލާ އަދި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ ޙިލާފުވެއްޖެނަމަ، ޤާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅުވެސް އަޅަމުން ގެންދާނެ ކަމަށް ވެސް ކަސްޓަމަސް އިން ބުނެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް