Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސަރުކާރުގެ އިގްތިސާދީ ޕްލޭނެއް ނެތް

މިސަރުކާރުގެ އިގްތިސާދީ މާ މޮޅު ޕްލޭންތަކެއް ނެތް، އެއްވެސް ކަހަލަ ހަރުދަނާ ޕްލޭނެއް ނެތް: ރައީސް ސާލިހު

ހަރުދަނާ ސިޔާސަތެއް އޮތް ނަމަ ފުށިދިއްގަރުފަޅުގެ މަޝްރޫއު ނުހުއްޓޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 މާރިޗު 2024 | ހޮނިހިރު 08:41
ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު

ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު

އިގްތިސާދީ މާ މޮޅު ޕްލޭންތަކެއް ތަންފީޒު ކުރަމުން ގެންދާ ކަމަށް މިސަރުކާރުން ހާމަކުރި ނަމަވެސް މިސަރުކާރުގެ އެއްވެސް ކަހަލަ ހަރުދަނާ ޕްލޭނެއް ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މިސްރާބު ހަމަ މަގަށް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު މިސަރުކާރުގެ އެއްވެސް ކަހަލަ ހަރުދަނާ ޕްލޭނެއް ނެތްކަން މިހާރު ހާމަވަމުންދާ ކަމަށެވެ. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ މަޝްރޫއުތައް މިސަރުކާރުން އިއުލާން ކުރަމުންދިޔަ ނަމަވެސް އެމަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހަރުދަނާ ސިޔާސަތެއް އޮތް ނަމަ ފުށިދިއްގަރުފަޅުގެ މަޝްރޫއު ނުހުއްޓޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ އިގްތިސާދީ މާ މޮޅު ޕްލޭންތަކެއް ތަންފީޒުކޮށް، ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށެވެ. ނަމަވެސް ރިކަރަންޓް ހަރަދު ކުރީ އަހަރަށް ވުރެ ވެސް އިތުރުވެފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ މިސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅަކީ ރާއްޖޭގެ އަތޮޅުތެރޭގައި ހިންގާ ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓާލުން ކަމަށާއި، ގާތްގަނޑަކަށް 1700 ޕްރޮޖެކްޓް ހުއްޓާލައިިފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ވަޒީފާ ދީފައި ތިބި މީހުންނަށް މުސާރަ ދިނުން ނޫން ކަމެއް ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ އެކި ރަށްރުގައި އެއާޕޯޓުތައް އަޅައިދޭނެކަން ހާމަކުރަމުން ގެންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ސަރުކާރެއް ހިންގުމުގައި ގެންގުޅެންޖެހޭ ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ލޯނު ނަގަންޖެހޭ ވަގުތުގައި ލޯނު ނަގަންޖެހޭނެ ކަމަށާއި، ފައިސާ ޗާޕުކުރަންޖެހޭ ހާލަތުގައި ފައިސާ ޗާޕުކުރަންޖެހޭނެ ކަމަށެވެ. އިގްތިސާދު ހަމަ މަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާލުމުގެ ނިންމުން ނިންމީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ދައުލަތަށް ވަންނަ ޓެކްސް ފައިސާ އިތުރުވެގެންދިޔައީ އެމަނިކުފާނުގެ ވެރިކަމުގައި ޓެކްސްގެ ނިޒާމަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ. އެހެންނޫންނަމަ މިއަދު މިސަރުކާރު އޮންނަނީ މިއަށްވުރެ ދަތިހާލުގައި ކަމަށާއި، މުސާރަ ދޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ބޭރުގެ އިގްތިސާދީ ބޭފުޅުން ބައްދަލުކުރައްވާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެބޭފުޅުން ވެސް މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑު ވިދާޅުވާ ކަމަށެވެ. އެގޮތުން ދޭއަރ ޝޫޓިން ދަ މޫންއޭ ވިދާޅުވާ ކަމަށެވެ. މިއަދުގެ ސަރުކާރުން މަސައްކަތް ކުރަނީ ކުރެވޭ ކަހަލަ މަސައްކަތްތައް ކުރުމަށް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު