Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްމާލެ ކޮރަޕްޝަން

ރަސްމާލެއަކީ 70 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް، އޭސީސީން އެކަން ބެލެންޖެހޭ - އެމްޑީޕީ

ބިންތަކުގެ އަގު 70 ބިލިއަން ރުފިޔާއާއި 100 ބިލިއަން ރުފިޔާއާއި ދޭތެރޭގެ އަދަދަކަށް އަރައިގެންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 މާރިޗު 2024 | އަންގާރަ 09:46
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ސަރުކާރުން ފެށި އެންމެ ބޮޑު އެއް ޕްރޮޖެކްޓް އަދި މަސައްކަތް ހުއްޓިފައިވާ ރަސްމާލެ މަޝްރޫއަކީ 70 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ކަމަށާއި، އޭސީސީން އަމިއްލަ އިސްނެގުމަށް އެކަން ބެލެންޖެހޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓަކީ ސިއްސައިގެންދާވަރު ކޮރަޕްޝަން ހިމެނޭ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއާމެދު މުޅި ރާއްޖެ ކަންބޮޑުވާއިރުގައި، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ދައުލަތުގެ މިނިވަން މުއައްސަސާތަކުން އެކަންކަން ނުބައްލަވާތީ ކަންބޮޑުވާ ކަމަށާއި، ވަކި ފަރުދެއްގެ ފަރާތުން ޝަކުވާ ހުށަނޭޅުނުކަމުގައިވީނަމަވެސް، އަމިއްލައަށް އިސްނަގައިގެން އެކަންކަން ބަލަންޖެހޭނެކަން ގާނޫނުން ލާޒިމްކޮށްފައިވާ ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ 90 ވަރަކަށް ހެކްޓަރުގެ ބިން ރަސްމާލެ ހިއްކުމުގެ މުގާބިލުގައި، ރަސްމާލެ ހިއްކަން ހަވާލުކުރި ކުންފުންޏަށް ގްރޭޓަރ މާލެ ސަރަހައްދުން ވިއްކަން ޕްރޮޖެކްޓުގެ ތެރެއިން ލިބޭ ކަމަށެވެ. އަދި ސަރުކާރުން ގްރޭޓަރ މާލެ ސަރަހައްދުން ބިން ހިއްކާފައި ހުރި އެންމެ ކުޑަ ރޭޓަކީ 6500 ރުފިޔާއަށް އަކަފޫޓެއް ކަމަށާއި، ހުޅުމާލޭ ބީޗް ސަރަހައްދުން ވިއްކި ބިމުގެ އަގަކީވެސް އަކަފޫޓަކަށް 10200 ރުފިޔާ ކަމަށެވެ.

އީސަ ވިދާޅުވީ ރަސްމާލެ ހިއްކުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަމަށް ގަބޫލުކުރެވޭ މިންވަރަަށް ކަންކަން ހުރި އިރު، މި މައްސަލައަކީ އޭސީސީން އަމިއްލަ އިސްނެގުމުގެ މަތިން ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

އީސަ ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވީ ކުރީ ސަރުކާރުން ބިން ވިއްކާ ކޮންމެ ފަހަރަކު ގައުމު ވިއްކާލަނީއޭ، ގައުމިއްޔަތު ވިއްކާލަނީއޭ އަދި ދީން ވިއްކާލަނީއޭ ކިޔާ، ރައްޔިތުން ބިރުގަންނަ ޒާތުގެ ހުރިހާ ވާހަކައެއް ދައްކާ އެކަންކަން ނުކުރާނެކަމަށް ވިދާޅުވެ ވައުދުވެ ރައްޔިތުންނަށް ވައުދުވެވަޑައިގެން އައި ބޭބޭފުޅުން، ތިލަފުށިން ވެސް ބޭރު މީހުންނަށް ބިން ގަނެވޭނެ އުސޫލެއް ހަދައިގެން ބިން ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އީސަ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން ކައިރިއަށް ގޮސް ދެއްކި ވާހަކައާއި، ވެވަޑައިގެންނެވި ވައުދުތަކާއެކު، ވެރިކަމަށް ވަޑައިގެން އަމަލާއި ބަހާއި ދިމާނުވާ ކަމަށެވެ. އީސަ ވިދާޅުވީ މި ސަރުކާރުގެ ގޮހޮރުގައި އޮތީ އޮޅުވާލުމާއި، ދޮގާއި، މަކަރާއި ވަައްކަން ކަމަށާއި، އިތުރު އެއްވެސްކަމެއް ނެތް ކަމަށެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި އޮތީ ދޮގު ހެދުމާއި، މަކަރާއި ކޮރަޕްޝަން ކަމަށް އީސަ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު