Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލީހުގެ މަސައްކަތްތައް

ބިލް ހުށަހަޅަނީ ވެސް ސަރުކާރުން! ބޭރުކޮށްލަނީވެސް ސަރުކާރުން!

ބިލާއި މެދު އަމަލުކުރި ގޮތުން ފެނުނީ ސަރުކާރުގެ މިސްރާބެއް ނެތްކަން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 މާރިޗު 2024 | ބުދަ 16:35
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ބިލް ހުށަހަޅަނީ ވެސް ސަރުކާރުންނެވެ! ބޭރުކޮށްލަނީވެސް ސަރުކާރުންނެވެ. މި ދައްކަނީ މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލުގެ ވާހަކައެވެ. މި ސަރުކާރުގެ ފުރަތަމަ ބިލްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަަށް ހުށަހަޅާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލެވެ. އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ބިލު ހުށަހަޅަމުން ސަރުކާރުން ބުނީ ބިލު ހުށަހެޅުމުން ޔަގީންވަނީ މާލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާނެކަން ކަމަށެވެ. އެތައް ތައުރީފެއް އެ ބިލާއި ގުޅޭގޮތުން ސަރުކާރަށް ކުރިއެވެ. ސަރުކާރުގެ ދުރުފެންނަ ސިޔާސަތުގެ ވާހަކައެވެ. މިހެން ގޮސް ކިތަންމެ ކިތަންމެ ވާހަކައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މި އަހަރަށް ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު، ކުރީ ސަރުކާރުން ބޭނުންކޮށް، ދިވެހި ރުފިޔާއަށް ބަދަލުކޮށްފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވިއެވެ. އެހެންކަމުން އޭރު އެ ބިލު ހުށަހެޅީ ރައީސް މަނިކުފާނުގެ ވާހަކަ އަކީ ހަގީގަތެއް ކަަމަށް އާއްމުންނަށް ދައްކަންތޯ ސުވާލު އުފެދެއެވެ.

އެހެނީ ބިލަށް ވޯޓުދޭން ވީ ވަގުތު އައިއިރު ސަރުކާރުން ދެއްކީ މުޅިން އެހެން މަންޒަރެކެވެ. މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން އެންމެ 2 މެންބަރުން ވޯޓު ދިނުމުން އެ ބިލު މަޖިލީހަށް ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.

މި ބިލަށް ވޯޓަށް އެހިއިރު 28 މެންބަރުން ތަޅުމުގައި ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގަތީ އެންމެ 2 މެންބަރުންނެވެ. އޭގެތެރެއިން އެއް މެމްބަރު ވޯޓު ދިނީ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށެވެ. މި ވޯޓު އެއްވަރުވުމުން ބިލު ބަލައި ނުގަތުމަށް ފާސްކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް އެގޮތަށް ވޯޓު ދެއްވުމުންނެވެ. ބިލް ބޭރުކޮށްލީ ސަރުކާރުންނޭ މިބުނީ މަޖިލީހުގެ މެޖޯރިޓީ އޮތް ގޮތުން ސުވާލެއް ނެތް މިންވަރަށް މެމްބަރުން ހާޒިރު ނުވާނަމަ ބިލް މަޖިލީހުން ބޭރު ވާނެކަން އެނގޭތީއެވެ.

އެ ބިލަށް ވޯޓަށް އަހާނެކަން ތަކުރާރުކޮށް އިއުލާންކުރި ނަމަވެސް ސަރުކާރު ޕާޓީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ވޯޓު ގަޑީގައި ހާޒިރުވެވަޑައިގަންނަވާފައެއް ނުވެއެވެ. އެ ބިލުގައި ގަވަނިންގ ކައުންސިލުގެ ބެލުމުގެ ދަށުން ސޮވްރިން ފަންޑުގެ އިންވެސްޓްމަންޓް ކޮމިޓީއެއް އެކުލަވާލުމަށް ހިމަނާފައި އޮތެވެ.

ބިލާއި މެދު އަމަލުކުރި ގޮތުން ފެނުނީ ސަރުކާރުގެ މިސްރާބެއް ނެތްކަމެވެ. އަދި މަޖިލީހުގައި ތިބި ސަރުކާރުގެ މެންބަރުންގެ ޢައިރުޒިންމާދާރުކަމެވެ. ބިލަށް ވޯޓު ދިނުން ކީއްކުރަންހެއްޔެވެ. ވޯޓު ނަގަން ވަޑައިވެސް ނުގަތީއެވެ. އެހާވެސް ހަރުދަނާކަމެއް ނެތެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2018

ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

28 ޖެނުއަރީ 2018
ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް
11 ޖެނުއަރީ 2018

ބަފްޓާ އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން ޝޭޕް އޮފް ވޯޓަރ، ތްރީ ބިލްބޯޑްސް އަށް

11 ޖެނުއަރީ 2018
ބަފްޓާ އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން ޝޭޕް އޮފް ވޯޓަރ، ތްރީ ބިލްބޯޑްސް އަށް
18 ޑިސެމްބަރު 2017

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!
06 ޑިސެމްބަރު 2017

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟
22 ނޮވެމްބަރު 2017

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު