Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެނުއަލް ނޯޔާ

ޔޫރޯގައި ޖަރުމަނުގެ އެއްވަނަ ކީޕަރަކަށްވާނީ ނޯޔާ: ނާގްލްސްމަން

ނާގަލްސްމަން ބުނަނީ މި ނިންމުންވާނީ ފުރަތަމަ 11 އަށް ވާދަކުރާ ޓާސްޓެގަން އަށް ވެސް އަންގާފައި ކަމަށް

ރާއްޖެ އެމްވީ | 25 މާރިޗު 2024 | ހޯމަ 11:41
ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ

ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ

ގައުމީ ޓީމަށް މެޗެއް ނުކުޅޭތާ ދެ އަހަރުވި ނަމަވެސް އަންނަ ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ އެއްވަނަ ކީޕަރުކަން ކުރާނީ ތަޖުރިބާކާރު ގޯލްކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާކަން ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތަށް ތައްޔާރުވާން ޖަރުމަނުގެ ގައުމީ ޓީމު މި ހަފުތާގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފްރާންސް މެޗަށް ޕްރެކްޓިސް ކުރަން ފެށި ފަހުން ނޯޔާ އަށް ހާނިއްކަވެ، ޓީމުން އުނިކުރަން ޖެހުމުން އޭނާގެ މުސްތަގްބަލާމެދު ނޫސްވެރިން ސުވާލު އުފައްދަން ފެށުމުންނެވެ.

ނޯޔާ އާއި ނާގްލްމަން އަކީ ބަޔާން މިއުނިކްގައި އެކުގައި މަސައްކަތް ކުރި ދެ މީހުންނެވެ. ބަޔާންގެ ކޯޗުކަމުން ނާގަލްސްމަން ވަކިކުރުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދި އެއް ކުޅުންތެރިއަކީ ވެސް ނޯޔާ އެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ 2022ގެ ވޯލްޑްކަޕުގެ ފުރަތަމަ ބުރުން ޖަރުމަނު ކެޓި މުބާރާތުގަ އެވެ.

ކޯޗުގެ މި ނިންމުމާ އެންމެ ބޮޑަށް ހިތްހަމަނުޖެހޭނެ ކުޅުންތެރިއަކީ ބަދަލު ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އެވެ. ބާސެލޯނާގެ ކީޕަރު އެންމެ ބޮޑަށް ތައްޔާރުވަމުން އައީ ވެސް ނޯޔާ ނެތް ދުވަސްތަކުގައި ރަނގަޅު ކުޅުމެއް ދެއްކުމުން ގައުމީ ޖާޒީގައި ޔޫރޯ ކުޅުމަށެވެ. އެކަމަކު ނާގަލްސްމަން ބުނީ އޭނާގެ ނިންމުންވާނީ ޓާސްޓެގަން އަށް ވެސް އަންގާފައި ކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު ބުނަނީ އުމުރުން 37 އަހަރުގެ ކީޕަރު ނޯޔާ މިދިޔަ އަހަރުތަކުގައި ބޮޑެތި ގޯސްތަކެއް މެޗުތަކުގައި ހަދާފައިވުމާއި، އޭނާގެ ކުރީގެ މޮޅު ކުޅުން މި ފަހަކަށް އައިސް ދެއްކިފައިނުވާއިރު އޭނާ އަށް ބަރޯސާވާން ނާގަލްސްމަން ނިންމުމަކީ 32 އަހަރުގެ ޓާސްޓެގަން އާ ދެމެދު އޮތް ހިތްހަމަނުޖެހުން ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި މިހާރު ވެސް ފުރަތަމަ 11ގެ މައްސަލައިގައި ދެ ކީޕަރުންގެ ގުޅުން ގޯސްވެފައިވާއިރު މުބާރާތަށްދާއިރު މިއީ ހައްލު ކުރަން އުނދަގޫ މައްސަލައަކަށްވާނެ ކަމަށެވެ.

މި ފަހަރުގެ ޔޫރޯ ބާއްވަނީ ވެސް ޖަރުމަނުގަ އެވެ. މިހެންވެ އެ ގައުމުން އުއްމީދު ކުރަނީ ތަށި ހޯދުމަށެވެ.

ނޯޔާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނަށް ހޯދައިދިން ކެޕްޓަން އަދި އެ މުބާރާތުގެ މޮޅު ކީޕަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި

ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި

02 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު