Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ

އުތުރު ކޮރެއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގަރާރެއްގެ ޑްރާފްޓް އެއް އެމެރިކާ އިން ސެކިޔުރިޓީ ކައުންސިލަށް ހުށަހަޅައިފި

އުތުރު ކޮރެއާ އާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2017 | ހޮނިހިރު 06:22
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން

އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން

އުތުރު ކޮރެއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގަރާރެއްގެ ޑްރާފްޓް އެއް އެމެރިކާ އިން އދ ގެ ސެކިޔުރިޓީ ކައުންސިލަށް ހުކުުުރު ދުވަހު ހުށަހަޅައިފިއެވެ.

އެމެރިކާ އިން އދ އަށް ހުށަހެޅި ގަރާރަކީ އުތުރު ކޮރެއާ އަށް އެއް ބިލިއަން ޑޮލަރުގެ ނަފާ ލިބޭ މުދާ ބޭރު ގައުމުތަކަށް އެކްސްޕޯޓު ކުރުން މަނާ ކުރާ ގަރާރެއްގެ ޑްރާފްޓްއެކެވެ.

ރިޕޯޓުތައް ބުނާގޮތުން އުތުރު ކޮރެއާ އިން ކޯލް، އަޔަން ފަދަ މައުދަންތަކާއި އަދި ސީފުޑް ގައުމުން ބޭރަށް އެކްސްޕޯޓު ކުރުން މަނާކުރުމާއި ބެހޭ އުސޫލުތަކަށް ވޯޓަށް އެހުން ހޮނިހިރު ދުވަހު އދ ގައި އޮންނާނެއެވެ.

އުތުރު ކޮރެއާ އިން ޖުލައި ހަތަރު ވަނަ ދުވަހު އެގައުމުގެ ފުރަތަމަ ބެލިސްޓިކް މިސައިލް ޓެސްޓް ކުރުމާއި ގުޅިގެން އެމެރިކާ އިން ދަނީ އެގައުމަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޗައިނާ އާއެކު މަޝްވަރާ ކުރަމުންނެވެ. ޗައިނާ އަކީ އުތުރު ކޮރެއާ އާއި ވިޔަފާރީގެ ގޮތުން ގުޅިފައިވާ އެންމެ ބޮޑު ބައިވެރިއާއެވެ.

އުތުރު ކޮރެއާ އިން ޖުލައި 28 ވަނަ ދުވަހު ވަނީ އިތުރު ބެލިސްޓިސް މިސައިލެއް ޓެސްޓްކޮށްފައެވެ. އެ މިސައިލް ޓެސްޓް ކުރުމާއި ގުޅިގެން އެނގިގެން ދިޔައީ އުތުރު ކޮރެއާ އަށް އެމެރިކާ އަށް ފޯރާވަރުގެ މިސައިލެއް ތަރައްގީ ކުުރުމުގެ ގާބިލުކަން ލިބިފައިވާ ކަމެވެ.

ދާދިފަހުން އެމެރިކާ އިން ބުނެފައި ވަނީ އެއްވެސް ނަތީޖާއެއް ނުނިކުންނާތީ" އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭގޮތުން އދ ގެ ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމަކަށް އެމެރިކާ އިން ގޮވާނުލާނެ ކަމަށެވެ. އެހެންކަމުން "އެއްވެސް ނަތީޖާއެއް ނުނިކުންނަ" ބައްދަލުވުމަކަށް ގޮވާލާ ނަމަ އުތުރު ކޮރެއާ އަށް ލިބިގެންދާނެ މެސެޖަކީ ބައިނަލްއަގްވާމީ މުޖުތަމައުު އިން އުތުރު ކޮރެއާ ގެ މައްސަލާގައި އުތުރު ކޮރެއާ އާއި ޗެލެންޖް ކުރަން ބޭނުން ނުވާކަން ކަމަށް އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެއާ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމާ ބެހޭގޮތުން އެމެރިކާ އިން މިފަހަރު ހުށަހަޅަން މަސައްކަތް ކުރާ ގަރާރު ފާސްވެއްޖެ ނަމަ، އެ ގަރާރު ވެގެން ދާނީ އުތުރު ކޮރެއާ 2006 ގައި، އެގައުމުގެ ފުރަތަަމަ ނިއުކްލިއާ ޓެސްޓެއް ކުރިފަހުން، އދ އިން އަޅާ ހަތް ވަނަ ދަތިކުރުމުގެ ފިޔަވަޅަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު