Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަޖިލިސް މެޖޯރިޓީ ހޯދުމަށް ސަރުކާރުން ވަޒީފާގެ ބިރު!!

ވަޒީފާ ދޭނެކަމަށްވެސް އަންގާފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 މާރިޗު 2024 | ހޮނިހިރު 08:19
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އަތޮޅު ތެރޭގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އަތޮޅު ތެރޭގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން

ރައްޓެއްސަކާއެކު މެދުރާއްޖެތެރޭގެ ރަށަކަށް ޒިޔާރަތްކުރީމެވެ. ރަށަށް ފޭބުނީ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން އިވެންޓެއްގެ ތެރެއަށެވެ. އެރަށަށް އެދުވަހު ސަރުކާރު ކެންޑިޑޭޓް އަންނާތީ އޭނާއަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންގެ ތެރެއަށެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އެތަނަށް ނުކުމެހުރި އެރަށު އެހެން ރައްޓެއްސެކެވެ. ހައިރާންވެ އަންތަރީސްވިއެވެ. އަނެއްކާ ކިހިނެއްވީބައޭ ހިތަށް އެރިއެވެ. މީހާގެ ހަށިގަނޑަށް އައިސްހުރި ބަދަލަކުން ނޫނެވެ. ގަޔަށް މަހާލާފައި ހުރި ޓީޝާޓުންނާއި ބޮލުގައި އަޅާލާފައި އޮތް ތާކިހާ އަދި އަތުގައި އޮތް ދިދައިންނެވެ. އޭނާވެސް ހުރީ އެސަފުގައެވެ.

ހާލުއަހުވާލު އަހާލަން ގާތަށް ލެފިލާނަމޭ ހިތާ ހިނގައިގަތީމެވެ. އެއަށްވުރެ ކުރިން އޭނާ ކޮށްލީ އިޝާރާތެކެވެ. ބުނާ ކަހަލައެވެ. މިވަގުތު މިތާކުން ނޫނެވެ. ފަހުން ދިމާވެލާނަމެވެ.

ހާސްކަންވީ އިތުރެވެ. އެއްތަށިމަތިންކައި އެކުގައި ސަކަރާތްޖަހާ މަޖާކޮށް އުޅުނު އެހާ ގާތްމީހަކު ސަލާމްކޮށްލަންވެސް ދެކޮޅު ހެދީމެވެ.

އެދުވަހުގެ އިރުއޮއްސުނުފަހުން އެއްކަލަ ރައްޓެހި މީހާގުޅިއެވެ. ދިމާވެލުމަށެވެ. އެކަމަކު އާންމުކޮން އަހަރެމެން ގޮސް އުޅުނު ކެފޭއަކުން ނޫނެވެ. ކަންކުރަންވީ ގޮތާއި ދާނެ ތަނާއި ގަޑިއެއްވެސް ބުނެ ފޯނު ބޭއްވިއެވެ. އަނެއްކާވެސް ހާސްވިއެވެ. އެހާ ސިއްރުން ބައްދަލުކުރަން އުޅޭތީއެވެ.

ދެމީހުން ބައްދަލުވުމާއެކުވެސް އޭނާ ބުނެލީ މިހެންނެވެ. "ބްރޯ. ވަރަށް ސޮރީ. މިއަދު ހަމަ މިނޫންގޮތެއް ނެތީ" އެވެ.

އެޖުމްލައިން މުޅި މަންޒަރު ސާފުވެއްޖެއެވެ. ވެގެން އުޅެނީ ކީއްކަންވެސް އެނގިއްޖެއެވެ. އެކަމަކުވެސް އޭނާގާތު ތަފްސީލަށް އަހާލީމެވެ.

އެއީ ރަށު ފެނަކައިގެ މުވައްޒަފެކެވެ. ދާއިމީ ވަޒީފާއެއްގައި ހުރި މީހެކެވެ. ރަށުގެ ސިއްހީ މަރުކަޒުގައި އޭނާގެ ކޮއްކޮއެއްވެސް އުޅެއެވެ. ހަމަ ދާއިމީ ވަޒީފާއެއްގައެވެ.

އޭނާ ބުނީ ސަރުކާރަށް ތާއީދު ނުކޮށްފިނަމަ، ނޫނީ ސަރުކާރު ކެންޑިޑޭޓުގެ ކެމްޕެއިންގައި ނޫޅެފިނަމަ އެވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައިވެސް ސަރުކާރު ކެންޑިޑޭޓާ ދެކޮޅު ބަހެއް ބުނެލިއަސް އެއީ ވަޒީފާގެ ފަހު ދުވަސް ކަމަށެވެ.

މާގިނައިރުތަކެއްގައި ނުތިބެ ދެމީހުން ވަކިވީމެވެ. އެކަމަކު އެވަގުތުވެސް އޭނާ އިތުރު އެއްޗެއް ބުނެލިއެވެ. "ބްރޯ. ޕްލީސް. އަހަރެން މީޓް ކުރިކަން ނާންގައްޗޭ. ވަރަށް ގޯސްވާނެ. އެނގެއެއެއްނު ވަޒީފާ ގެއްލުނީމާ މަށަށް ވާނެގޮތް. އެކަމަކު މަށެއްވެސް ވޯޓެއް ނުދޭނަން" ކަމަށެވެ.

އެހާހިސާބުން ރަށުގެ އެކަންކަން ހުރިނެތްގޮތް ބަލައިލާ ހިތްވިއެވެ. އެކަމަށްޓަކައި އިތުރު ބަޔަކާ ވާހަކަ ދައްކާލީމެވެ.

އެމީހުންގެ ވާހަކަތަކުން އެނގުނުގޮތުގައި އެރަށުގެ މައިގަނޑު ވަޒީފާތަކަކީ ފެނަކަ ވަޒީފާތަކެވެ. ވަޒީފާގައި ތިބި މީހުންނަށް ފާޅުގައި އަންގާފައިވަނީ އެނޫންގޮތެއް ނޯންނާނެ ކަމަށެވެ. ދެންތިބީ އަލަށް ވަޒީފާ ދިން މީހުންނެވެ. އެމީހުންނަށް ވަޒީފާ ދިނީވެސް މުޅި އާއިލާގެ އެއްވެސް މީހަކު އެހެންގޮތަކަށް ހުއްޓަސް ވަޒީފާ ގެއްލޭނެ ކަމުގެ އިންޒާރާއެކުއެވެ. އެކަން ކުރާން ފަސޭހައަކަށް އެވެރިންނަށް ދީފައިވަނީވެސް ވަގުތީ ވަޒީފާއެކެވެ. އިންތިޚާބު ނިމުމުން ދާއިމީ ކުރާ ގޮތަށެވެ. އިތުރު ބަޔަކުވެސް އެކެޓަގަރީގައި ހިމެނެއެވެ. ވަޒީފާ ދޭންތިބި މީހުންނެވެ. އަންގާފައިވަނީ ސަރުކާރު ކެންޑިޑޭޓް ނަގަން މަސައްކަތް ކުރުމަށެވެ. ވަޒީފާ ލިބުން އޮތީ މަސައްކަތުގެ ރޭޓުގެ މައްޗަށް ކަމަށެވެ. އިންތިޚާބުގެ ކުރިންވެސް ވަޒީފާ ދޭނެކަމަށް ބުނެފައި ތިބި ބަޔަކާއި އިންތިޚާބުގެ ފަހުން ވަޒީފާ ދޭނެ ކަމުގެ އުއްމީދު ދީފައިވާ ބަޔަކުވެސް އޭގައި ހިމެނެއެވެ. ހުށަހަޅަންޖެހޭ ތައުލީމީ ސެޓްފިކެޓާއި ވަޒީފާގެ އިންޓަވިއުއަކީ ކެމްޕެއިންގައި ދައްކާ ޕާފޯމަންސެވެ.

ލިބުނު މައުލޫމާތުގެ އަލީގައި ރަށުގެ ހަރުމީހެއްގެ ގާތުވެސް އަހާލީމެވެ. އޭނާގެ ޖަވާބު ކުރުވެފައި ވަރަށް ސާދާއެވެ.

"ކޮއްކޯ މިއޮތީ އިހު އޮތްތަން ލައިގެންފަ. ލާހިކެއްނޫން ދެކޮޅަށް އިނގިލިވެސް ހިއްލާލާކަށް" އޭނާ ބުންޏެވެ.

ކޮންމެއަކަސް އެއީ މިއަދު މުޅި ރާއްޖޭގެ ހާލަތެވެ. ކޮންމެ ރަށަކުންވެސް ފެންނަން އޮތް ބޮޑު ހަގީގަތެކެވެ. ކިތައްމެ ވަރަކަށް ސަރުކާރުން ނޫންކަމަށް ދައްކަން އުޅުނަސް މިހަގީގަތް ރަށުގެ ރައްޔިތުންނަކަށް ނޯޅެއެވެ. އެރަށެއްގެ ހަގީގަތް އެރަށެއްގެ ކުދިބޮޑު އެންމެނަށް އެނގެއެވެ. ގިނިދުށްމީހާ ރަތްމަލަށް ބިރުގަންނަ ބީދައިން "ފިތިފައި" ތިބީއެވެ.

މަޖިލިސް އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރު ޙަލީމަށް، ސަރުކާރަށް ނިސްބަތްވާ ފީއަލީގެ އިސްވެރިންނާއި މެމްބަރުން ހުރަސްއަޅައިފި

މެމްބަރު ޙަލީމަށް، ސަރުކާރަށް ނިސްބަތްވާ ފީއަލީގެ އިސްވެރިންނާއި މެމްބަރުން ހުރަސްއަޅައިފި

23 މާރިޗު 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދުތަކުގެ ތަފްސީލު އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދުތަކުގެ ތަފްސީލު އާއްމުކޮށްފި

18 މާރިޗު 2024
މަޖިލިސް އިންތިޚާބަށް އީސީން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

މަޖިލިސް އިންތިޚާބަށް އީސީން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

05 އޮކްޓޯބަރު 2023
ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

26 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު