Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

މުސިއާލާގެ އެއްބަސްވުން އައު ކުރުމަކީ، ބަޔާން އަށް އެންމެ މުހިންމު ކަންތައް

އެބާލް ވިދާޅުވީ، މުސިއާލާގެ އެއްބަސްވުން އައު ކުރުން ނޫން އެހެން ގޮތެއް ބަޔާނަށް ނެތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2024 | ބުރާސްފަތި 00:24
ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ މުސިއާލާ

ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ މުސިއާލާ

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާގެ އެއްބަސްވުން އައު ކުރުމަކީ، އެ ކުލަބަށް އެންމެ މުހިންމު ކަންތައް ކަމަށް ބަޔާންގެ ޑައިރެކްޓަރު މެކެސް އެބާލް ވިދާޅުވެއްޖެ އެވެ.

އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ބަޔާނުންނެވެ. ބަޔާނާއެކު މުސިއާލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، ބަޔާނުން ބޭނުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. އަދި ބަޔާންގެ ރޫހު ހުރީ ދިގު މުއްދަތަކަށް މުސިއާލާ އެ ކުލަބުގައި ބެހެއްޓުން ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެބާލް ވިދާޅުވީ، މުސިއާލާގެ އެއްބަސްވުން އައު ކުރުމަކީ ބަޔާނަށް އެންމެ މުހިންމު ކަންތައް ކަމަށެވެ. އެއީ ބަޔާންގެ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި، މިވަގުތު ވެސް އެކަމާ ގުޅުން ހުރި މަސައްކަތް ކުރަމުން އަންނަ ކަމުގައި އެބާލް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެބާލް ވިދާޅުވީ، މުސިއާލާގެ އެއްބަސްވުން އައު ކުރުން ނޫން އެހެން ގޮތެއް ބަޔާނަށް ނެތް ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ބަޔާނަށް ބޭނުން ވަނީ ވެސް މުސިއާލާ ފަދަ ޒުވާން ކުޅުންތެރިންނެވެ. ޚާއްސަކޮށް މުސްތަޤުބަލަށް ވަރުގަދަ ޓީމެއް އެކުލަވާލުމަށް ބަޔާނުން ކުރަމުން އަންނަ މަސައްކަތުގައި ޒުވާން ކުޅުންތެރިންނަކީ ވަރަށް މުހިންމު ބައެއް ކަމުގައި ވެސް އެބާލް ވިދާޅުވި އެވެ.

މުސިއާލާ އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 156 މެޗުގައި 43 ލަނޑު ޖަހައިފަ އެވެ. ބަޔާނާއެކު އޭނާ ވަނީ ނުވަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު ހަތަރު ފަހަރު، ޖަރުމަނު ސުޕަ ކަަޕް ތިން ފަހަރު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ބަޔާން މިއުނިކްޖަމާލް މުސިއާލާމެކްސް އެބާލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު