Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގިރާވަރުފަޅު ހިއްކުން

ގިރާވަރުފަޅު ހިއްކުން ހުއްޓިފައި، ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ދިނުމުން މަސައްކަތް ފަށަން ކޮންޓްރެކްޓަރ ތައްޔާރު

އެ މުޅި މަޝްރޫއަކީ ޚަރަދު ބޮޑު، އަގުބޮޑު މަޝްރޫއެއްކަން މިނިސްޓަރ ފާހަގަ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މާރިޗު 2024 | ބުދަ 10:18
ގިރާވަރު ފަޅު ހިއްކުން

ގިރާވަރު ފަޅު ހިއްކުން

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު މިވަގުތު އޮތީ ހުއްޓިފައި ކަމަށާއި، ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ދިނުމުން މަސައްކަތް ފަށަން ކޮންޓްރެކްޓަރ ތައްޔާރުކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން މިިނިސްޓަރ ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމަކީ އަގުބޮޑު މަޝްރޫއަކަށް ވާނެކަމަށެވެ.

އެ މަޝްރޫއު ޙަވާލު ކުރެވިފައި އޮތީ ބަޖެޓުން އެއްބައި ޚަަރަދު ކުރާ ގޮތަށް ކަމަށާއި، އެއީ 50 ހެކްޓަރު ހިއްކުމުން 50 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބާކީ ހުރި މަސައްކަތްތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ލޯނެއްގެ ތެރެއިން ކޮންޓްރެކްޓަރަށް ދޭ ގޮތަށް ކުރިއަށް ގެންދާގޮތަށް މިދިޔަ ސަރުކާރުން އެއްބަސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ މުޅި މަޝްރޫއަކީ ޚަރަދު ބޮޑު، އަގުބޮޑު މަޝްރޫއެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިދިޔަ ސަރުކާރުގައި އެ މަސައްކަތުގެ 50 ހެކްޓަރު ހިއްކާފައި އޮތުމުން ދޭންޖެހޭ ފައިސާގެ ތެރެއިން 30 މިލިއަން ޑޮލަަރު އަދިވެސް ނުދީ އެބައޮތްކަމަށެވެ.

އެ ފައިސާ ދިނުމަށް ކޮންޓްރެކްޓަރުން ޑިމާންޑު ކުރަމުންދާ ކަމަށާއި، ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ދެވުމުން އެ މަސައްކަތް ކުރިއަށްދާނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ޑޮލަރުން ދައްކަންޖެހޭ ފައިސާކަމަށްވުމާއެކު، އެކަމުގައި ދަތިތައް ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެެވެ.

ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުން، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު އެތަނަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން ބާއްވާ އާންމު ބައްދަލުވުމެއް މި ހިނގާ މާރޗް މަހުގެ 27 ވާ ބުދަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެެވެ. 

ގިރާވަރު ފަޅު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު
15 ނޮވެމްބަރު 2025

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި މާލެއަށް ވަންނާނެ: ރައީސް މުއިއްޒު

15 ނޮވެމްބަރު 2025
ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި މާލެއަށް ވަންނާނެ: ރައީސް މުއިއްޒު
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
26 އޮކްޓޯބަރު 2025

ފުރަތަމަ އަހަރު ފަށާނެ ކަމަށް ބުނި އައްޑޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާ ހަވާލުކޮށްފި

26 އޮކްޓޯބަރު 2025
ފުރަތަމަ އަހަރު ފަށާނެ ކަމަށް ބުނި އައްޑޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާ ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

17 އޮކްޓޯބަރު 2025
ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު