Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެތެރެ ސާފުކުރުން

ފާއިތުވި 19 ދުވަސްތެރޭގައި 345.15 ޓަނުގެ ކުނި މާލެ ތެރެއިން ނަގައިފި

ބުރާސްފަތި ދުވަހު 39.5 ޓަނުގެ ކުނި މާލެ ތެރެއިން ނަގާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 މާރިޗު 2024 | ހުކުރު 12:22
މާލޭގެ މަގަކަށް ގެއަކުން ނެރެ އަޅާފައި ހުރި ކުނި

މާލޭގެ މަގަކަށް ގެއަކުން ނެރެ އަޅާފައި ހުރި ކުނި

ފާއިތުވި 19 ދުވަސްތެރޭ 345.15 ޓަނުގެ ކުނި މާލެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ނަގާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރޯދައާ ދިމާކޮށް ގޭބިސީތަކުން ވަނީ ހިފައިގެންގުޅޭ ގިނަ ސާމާނުތަކެއް މަގުމައްޗަށް ކުނީގެ ގޮތުގައި ނެރިފައެވެ. މާލެ ސިޓީގެ މޭޔަރ އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހު 39.5 ޓަނުގެ ކުނި މާލެ ތެރެއިން ނަގާފައިވާކަމަށެވެ. އަދި މިދިޔަ 19 ދުވަސްތެރޭ މާލެ ތެރެއިން ނެގި ކުންޏަކީ 25 ފޫޓުގެ 13.80 ކޮނޓޭނަރުގެ ކުނިކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލެސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މަގުމަތީގައި ކުނި ބެހެއްޓި 100ށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭ މަގުތަކަށް ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވޭނަމަ, އެ މީހެއް ނުވަތަ އެބަޔަކު ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެންކުރަމުން އަންނަކަމަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިހުން ޖޫރިމަނާކުރެއެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500 ރުފިޔާއިންނެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިން މީޑިޔާތަކާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކުރިޔަށް އޮތް ދެެތިން ހަތަރު މަސްދުވަސް ތެރޭގައި މާލޭން ކުނި ނެގުމުގެ އިންތިޒާމު ހަމަޖެހި، މި މައްސަލައަށް ހައްލެއް އަންނަ މަންޒަރު ފެނިގެންދާނެކަމުގެ ޔަގީންކަން ދެއްވާކަށެވެ. ނަމަވެސް، މިކަން ކާމިޔާބު ކަމާއެކު ކުރެވޭނީ ރައްޔިތުން މާލެއަށް ކުނިބުނި އެޅުން ހުއްޓާލައިގެން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އިލްތިމާސްކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލްވެމްކޯ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު