Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުޅަނދު ޓޯ ކުރުން

ބުރާސްފަތި ދުވަހުގެރޭ އެކަނިވެސް 48 ވެހިކަލް ޓޯކޮށްފި

އަމީނީމަގުން 15 އުޅަނދެއް ބުރާސްފަތި ދުވަހުގެރޭ ޓޯ ކުރެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2024 | ހުކުރު 11:43
އަމީނީ މަގުގައި ހުރި ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތުގެ ތެރެއިން އުޅަނދެއް ޓޯ ކުރަނީ

އަމީނީ މަގުގައި ހުރި ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތުގެ ތެރެއިން އުޅަނދެއް ޓޯ ކުރަނީ

މާލެ ސިޓީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް 48 ވެހިކަލް ފުލުހުން ބުރާސްފަތި ދުވަހުގެރޭ ޓޯކޮށްފިއެވެ.

ފުލުހުން ބުނީ މާލޭ ސިޓީގެ މަގުތަކުގައި، ޤަވައިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ކުރާ މަސައްކަތުގެތެރެއިން، އަމީނީމަގުން 15 އުޅަނދެއް ބުރާސްފަތި ދުވަހުގެރޭ ޓޯ ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ވައުދާއެއްގޮތަށް ގަވާއިދާ ހިލާފަށް ޕާކްކުރުމުން ސްޓިކަރ ނުޖަހާނެކަމުގެ ވައުދާއެކު، މި ރޯދަމަހު ސަރުކާރުން ދަނި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބުރާސްފަތި ދުވަހުގެރޭ އެކަނި ވެސް މާލޭ ސިޓީން 48 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ ބުދަ ދުވަހުގެރޭ 40 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. 2 ދުވަސްތެރޭ ފުލުހުން ޓޯކޮށްފައިވާ ވެހިކަލްތަކުގެ އަދަދު މިވަނީ 88ށް އަރާފައެވެ.

ފުލުހުން ބުނެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު މި މަހުގެ 7 ވަނަ ދުވަހުގެ ފަހުން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ގްރީން ޒޯން، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް، މަގުތަކާއި ގޯޅިތަކުގެ ކަންމަތި، ސްކޫލް ހިމެނޭ ސަރަހައްދުތަކުގެ އިތުރުން އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިފައިވާ ތަންތަނާއި މިސްކިތްތަކާއި އާންމު ގޭބީސީތަކާއި ގަރާޖުތަކަށް ވަދެނުކުމެހަދާ ފަރާތްތަކަށް ދަތިވާނެހެން ޕާކްކުރާ އުޅަނދު ފަހަރު ޓޯކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ޕާކިންގ ޒޯން ފިޔަވައި އެހެންތަނެއްގައި ޕާކު ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް އައި އިރު ޕާކިންގ ޒޯން ނުވަތަ މާލެއަށް އުޅަނދުތައް ތޮއްޖެހުމުގެ މައްސަލައަށް އެއްވެސް ހައްލެއް ގެނެސްފައި ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްވެހިކަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު