Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުތަކަށް ކުނި އަޅާ މައްސަލަ

މަގުތަކަށް ކުނި އަޅާ މީހުން ލައްވާ މަގުތައް ސާފުކުރުވަނީ

މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެންކުރަމުން އަންނަކަމަށް ފުލުހުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 މާރިޗު 2024 | ބުރާސްފަތި 11:30
މާލޭގެ މަގަކަށް ގެއަކުން ނެރެ އަޅާފައި ހުރި ކުނި

މާލޭގެ މަގަކަށް ގެއަކުން ނެރެ އަޅާފައި ހުރި ކުނި

މާލޭ މަގުތަކަށް ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވޭނަމަ, އެ މީހެއް ނުވަތަ އެބަޔަކު ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ރަމަޟާން މަހަށް ގެ ސާފުކުރުމަށްފަހު އެކުނިތައް މަގުމަތީގައި ބަހައްޓާ މައްސަލަ މިފަހުން ވަނީ ބޮޑުވެފައެވެ. ރަމަޟާން މަސް ބޯމަތިވިއިރު ގިނަ މަގުތަކުގައި ގޭގެއިން އެއްލާލަން ނެރެފައިވާ ކުނިތައް ވަނީ ޖަމާކޮށްފައެވެ. އެކުނި ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

Advertisement - newsAdvertisement

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެންކުރަމުން އަންނަކަމަށެވެ.

މާލެސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މަގުމަތީގައި ކުނި ބެހެއްޓި 100ށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. އާޒިމް ވިދާޅުވީ 13 މާރޗްވީ ބުދަދުވަހު އެކަނި ވެސް މާލެއިން 42.15 ޓަނުގެ ކުނި ކައުންސިލްގެ މުވައްޒަފުން ނެގި ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު ކަމަށާއި، މިއީ 25 ފޫޓުގެ 12.22 ކޮނޓޭނަރުގެ ކުނި ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމުން އެންމެނަށް ވެސް އެކަމުގެ ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ. އަދި މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެދިފައެވެ.

ވެމްކޯ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު