Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޖޭގެ މޫސުން

މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު، ސަމާލުވާންޖެހޭ

މިއަހަރަކީ ވެސް އެލްނީނޯ އަހަރެއް

އަމްނާ އިމާދު
އަމްނާ އިމާދު | 11 މާރިޗު 2024 | ހޯމަ 08:52
ހުޅުމާލެ

ހުޅުމާލެ

މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދާ ދުވަސްވަރު ކަމަށާއި، ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ހޯމަ ދުވަހު މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މާޗު އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށެވެ. ވިލާ މަދުވުމާއި ވައި މަޑުވުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިއަހަރަކީ ވެސް އެލްނީނޯ އަހަރެއްކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކޮށްފައިވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 2:00 ހާއިރު ކަމަށެވެ.

ރާއްޖޭގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗައްދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ހޫނުގަދަވުމުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު، ބައެއް ސިއްހީ މައްސަލަތައް ވެސް ކުރިމަތިވެއެވެ. އެގޮތުން ވަރުދެރަވުމާއި، ބޮލުގައި ރިއްސާ ބޯ އެނބުރުން، ހަށިގަނޑުން ފެން މަދުވުމުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ލޮލަށް ލިބޭ ގެއްލުން ލިބެއެވެ. މީގެއިތުރުން ކުޑަކުދިން ހޫނު ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށް ވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ.

އަވިން ރައްކާތެރިވުމަށް ކުޑަ ބޭނުން ކުރުމާއި، ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ހެދުންލުމާއި، ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުން ކުރުން އަދިވެސް އަވިން ރައްކާތެރިވެވޭނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު