Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ ހަދިޔާ ފޮށި

މިރޯދަމަހުވެސް އުރީދޫ ގެ ފަރާތުން ކަސްޓަމަރުންނަށް ހަދިޔާފޮށި!

500ރ އިން މަތީ ޑޭޓާ ޕެކް ނެގުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 މާރިޗު 2024 | ހޯމަ 05:44
އުރީދޫ މޯލްޑިވްސް އިން މިފަހަރުވެސް ރޯ ހަދިޔާ އަދި އިތުރު ކަންކަން

އުރީދޫ މޯލްޑިވްސް އިން މިފަހަރުވެސް ރޯ ހަދިޔާ އަދި އިތުރު ކަންކަން

އުރީދޫ މޯލްޑިވްސްއިން ރޯދަމަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނާއި ހަމައަށް ދަނީ ގިނަ ކަންތައްތަކެއް ގެނެސްދެމުންނެވެ. އެކުންފުނީގެ ފަރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރެއިން އިތުރު ޕްރޮމޯޝަންތަކާއި ހަރަކާތްތައް ވަނީ ރޭވިފައެވެ.

ހަދިޔާފޮށި:މިދިޔަ އަހަރު ތައާރަފު ކުރެވުނު ހަދިޔާފޮށި ވެގެން ދިޔައީ ކަސްޓަމަރުންގެ ތެރޭގައި މަގުބޫލު ޕްރޮމޯޝަނަކަށެވެ. މިގޮތުން މިއަހަރުވެސް ކަސްޓަމަރުންނަށް ހަދިޔާފޮށީގައި ބައިވެރިވެވޭނެއެވެ. އުރީދޫ ސުޕަރއެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނެއެވެ. ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަރ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެއެވެ.

ރޯދަ ހަދިޔާ:500ރ އިން މަތީ ޑޭޓާ ޕެކް ނެގުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފަރ ގައި ބައިވެވޭނެއެވެ.

ގިފްޓް އަ ޕެކް:ރޯދަ މަހުގެ ތެރޭގައި ފެށޭ މިއޮފަރ ގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެއެވެ.

ސުޕަރނެޓު އެކްޓިވޭޓް އެންޑް ވިން: އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ހާއްސަ އިނާމެއް ލިބިލައްވާނެއެވެ. ކޮންމެ ހަފްތާއަކު ގްރޭޓާރ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވޭނެއެވެ.

އިފްތާރު ޕެކް ހަދިޔާ ކުރުން: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެއެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއިއެކު މިސްކިތްތަކަށެވެ.

ޕްރޭޔަރ އެލާޓް: އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެއެވެ. މި ޚިދުމަތަށް އިތުރު އަގެއް ނުނަގާނެއެވެ.

ފިތުރު ޒަކާތް: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދެއްކުން

މީގެ އިތުރަށް އުރީދޫ މޯލްޑިވްސްގެ މިރޯދަމަހު ތައާރަފު ކުރާ ސީ.އެސް.އާރު ޕްރޮގްރާމް "އިސްރަށްވެހިންނާއި އެކު"، މި ޕްރޮގްރާމްގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލެވިގެންދާނެއެވެ. ގައުމާއި، މުޖުތަމައު ކުރިއަރާފައި މިވަނީ އިސްރަށްވެހިންގެ މިންނަތް މަސައްކަތުންނެވެ. އެންމެންވެސް ދަންނަން ވާނެ ކަމަކީ، ގައުމުގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން، އަދި އެބޭފުޅުން ކުރެއްވި މަސައްކަތް ދެނެގަނެ، އުމުރުން ދުވަސްވި ދުވަހު އަޅާލާ، އެކި ކަންކަމުގައި އެބޭފުޅުން ބައިވެރިކުރުމަކީ މުހިންމު ކަމެއް ކަމަށް އުރީދޫއިން ބުނެއެވެ.

މިރޯދަމަހުގެ ތެރޭގައި އިތުރަށް ކުރުމަށް ރާވާފައި ކަންތަކުގެ ތެރޭގައި: 

އިސްރަށްވެހިންނާއިއެކު ރޯދަވީއްލުން: ޒުވާނުންނާއި އިސްރަށްވެހިންނާއިއެކު ރޯދަވިއަލާ ހިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމު ކުރެވޭ ރޯދަވީއްލުމެއް ބޭއްވޭނެއެވެ.

ރޯދަ ކުއިޒް:ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. މިއީ ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެކެވެ.

އަތޮޅު ދުވުން:ލީޑަރބޯޑުގެ އެއްވަނަ އަށް ދާ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ހުށައަޅާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު