Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރީސައިކްލަރ މޭން

"ކުނިކޮށީގެ ދާދާ"އާ ކުރިމަތިލާން މި ޒުވާނާ ހުރީ ތައްޔާރަށް!

"ރީސައިކަލްއަރ މޭން"ގެ މައިގަނޑު މިޝަންއަކީ ތަޣައްޔަރު ކަމާ ދެކޮޅަށް ހަނގުރާމަކޮށް، ރީސައިކަލް ކުރުމުގެ އާދަ އަށަގެންފައި ވާ މުޖުތަމަޢެއް ބިނާ ކުރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 10 މާރިޗު 2024 | އާދީއްތަ 13:21
މިޝޭލް ޑެލްގާޑޯ؛ ތިމާވެށި ޙިމާޔަތް ކުރަން މަސައްކަތް ކުރާ ޒުވާނެއް

މިޝޭލް ޑެލްގާޑޯ؛ ތިމާވެށި ޙިމާޔަތް ކުރަން މަސައްކަތް ކުރާ ޒުވާނެއް

ކޮންމެ މެސެޖަކީވެސް އެ ލިބެން ވާ ފަރާތުގެ ސަމާލުކަމާއި ޝަޢުޤު ދަމައިގަންނަނިވި ގޮތަކަށް ފޯރުކޮށްދެވޭ މެސެޖަކަށް ވެއްޖެނަމަ، އެ މެސެޖެއް ފޯރުކޮށްދިނުމުގެ މަޤްޞަދު ހާސިލުވުމުގެ ފުރުޞަތު އިންތިހާއަށް ބޮޑެވެ. އިޖުތިމާޢީ ފެންވަރުގައި އެންމެންނަށް އެއް އުސޫލަކުން ދޭ މެސެޖަކަށް ވުރެ، ކަނޑައަޅާ ވަކި ބަޔަކަށް ޢަމާޒުކޮށްގެން އެ މެސެޖެއް ފަރުމާކޮށްފި ނަމަ، އެދެވޭ ނަތީޖާތަކެއް ފެނެއެވެ.

މި ފަހަކަށް އައިސް އެންމެ ގިނައިން ފެތުރެމުންދާ އެއް ވާހަކައަކަކަށް ވެފައި އޮތީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޢާންމު ދިރިއުޅުމަށް އަސަރު ފޯރަމުންދާ ގޮތުގެ ވާހަކައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެތައް ފުރާނައަކާއި، މާއްދީ އެތައް އަސާސެއް ގެއްލި ދާ ވާހަކަތައް ޚަބަރުތަކުގެ ފަލަ ސުރުޚީތަކަށް އެރި ކަމުގައި ވީ ނަމަވެސް، ޙަޤީޤަތުގައި އެ މެސެޖު ލިބެންވީ ފަރާތަށް، އެންމެ އެކަށީގެންވާ ގޮތަށް އޮންނަނީ ނުލިބިފައެވެ.

ވެނެޒުއޭލާއަށް އުފަން، ޢުމުރުން 26 އަހަރުގެ މިޝޭލް ޑެލްގާޑޯއަކީ އިންޖިނޭރެކެވެ. މި ދެންނެވި ގޮތަށް، މެސެޖު ލިބެން ވާ ފަރާތަށް އެ މެސެޖެއް އެންމެ ފުރިހަމައަށް ފަޙުމް ވާނެ ގޮތަށް ޚަބަރާއި މަޢުލޫމާތު ފަތުރާ، ހިތްވަރުގަދަ ޒުވާނެކެވެ. ވެނެޒުއޭލާގެ ކިޔަވާ ކުދިންގެ ކުރިމަތީގައި، ޑެލްގާޑޯއަކީ ބަޠަލެކެވެ. ސުޕަރހީރޯއެކެވެ.

"ރީސައިކްލަރ މޭން"ގެ ގެގޮތުގައި، ސުޕަރހީރޯއެއްގެ ހެދުމުގައި ޑެލްގާޑޯ ނުކުމެ އުޅެނީ ވަރަށްވެސް ވަރުގަދަ މެސެޖެއް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. "ރީސައިކަލްއަރ މޭން"ގެ މައިގަނޑު މިޝަންއަކީ ތަޣައްޔަރު ކަމާ ދެކޮޅަށް ހަނގުރާމަކޮށް، ރީސައިކަލް ކުރުމުގެ އާދަ އަށަގެންފައިވާ މުޖުތަމަޢެއް ބިނާ ކުރުމެވެ.

ޑެލްގާޑޯގެ "ރީސައިކްލަރ މޭން"އަށް ލިބިފައިވާ ހާއްސަ ބާރަކީ އުކާލާ ތަކެތި އަލުން ބޭނުން ކުރެވޭ ގޮތް ހަދައިގެން އުފެދޭ ބާރުގެ އެހީގައި، އޭނާގެ ދުޝްމަނު "ބަސުރެއިޓޯރ" އާ ހަނގުރާމަ ކުރުމެވެ. "ބަސުރެއިޓޯރ" އަކީ ތިމާވެށީގެ ކާރިޘާތަކުން މުޅި ދުނިޔެއަށް ނުރައްކާ ކުރިމަތި ކުރަން އުޅޭ ނުބައިބައި ފުރޭތައެކެވެ. ނުވަތަ "ކުނިކޮށީގެ ދާދާ" އޭވެސް ބުނެވިދާނެއެވެ.

"ރީސައިކްލަރ މޭން" އާއި "ބަސުރެއިޓޯރ" ގެ ކުރިމަތިލުންތަކުން މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ކުނިބުންޏާ ތަޣައްޔަރު ކަމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިލާން ޖެހިފައި އޮތް ގޮންޖެހުންތަކެވެ.

މި މެސެޖު ހިފައިގެން ޑެލްގާޑޯ ސްކޫލުތަކަށް ދެއެވެ. ރީސައިކަލް ކުރުމުގެ މުހިންމު ކަމާއި، ކުނި މަދު ކުރުމަކީ ކިހާ މުހިންމު ކަމެއްކަން ކިޔައިދީ، ކުޑަކުދިންނާއި ފުރާވަރު ޢުމުރުގެ ކުދިން ހޭލުންތެރި ކުރުވުމަށެވެ. ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ކުރިއަށް ގެންދަނީ ނިދި ތާއްޔާ ޖައްސުވާ ފަދަ ތަޤުރީރުތަކަކާ، ވީޑިއޯތަކަކުންވެސް ނޫނެވެ. ނަމަވެސް، ދަރިވަރުންނަށް ޢަމަލީ ގޮތުން ބައިވެރިވަމުން ދެވޭ ފަދަ ހަރަކާތްތެރި ގޮތެއްގައެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. އޭނާގެ ފެއްސާއި ކަޅުކުލައިގެ ސޫޓު ލައިގެން "ރީސައިކްލަރ މޭން" މަގުތަކަށް ނުކުމެއެވެ. ޕްލާސްޓިކް، ކަރުދާސް، ކާޑްބޯޑް، އެލުމިނިއަމް އަދި ބިއްލޫރި ފަދަ ކުނިބުނީގެ ގޮތުގައި އުކާލާފައި ހުންނަ ސާމާނު ހޮވައެވެ. އަދި އޭނާގެ ރީސައިކަލްލިންގް ކްލަބަށް އެ ސަމާނު ގެންގޮސް، ރީސައިކަލް ކުރުމުގެ މަސައްކަތް ފަށައެވެ.

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2019

2019 ވަނަ އަހަރު އެންމެ ނާއިންސާފާއި ކުރިމަތިލާންޖެހުނު ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގަ މޭގަން

17 ޑިސެމްބަރު 2019
2019 ވަނަ އަހަރު އެންމެ ނާއިންސާފާއި ކުރިމަތިލާންޖެހުނު ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގަ މޭގަން
05 ފެބުރުއަރީ 2019

ސިދާތް ހުރީ ސިންގަލްކޮށް!

05 ފެބުރުއަރީ 2019
ސިދާތް ހުރީ ސިންގަލްކޮށް!
21 ޖެނުއަރީ 2019

ކާތިކް ހުރީ ސާރާ އާއި އެކު ޑޭޓަކަށް ދާން ތައްޔާރަށް

21 ޖެނުއަރީ 2019
ކާތިކް ހުރީ ސާރާ އާއި އެކު ޑޭޓަކަށް ދާން ތައްޔާރަށް
31 އޮކްޓޯބަރު 2018

'ބާޒާރު' އަށް ލިބެމުންދާ ތަރުހީބުން ސައިފް ހުރީ ހިތްހަމަޖެހިފައި

31 އޮކްޓޯބަރު 2018
'ބާޒާރު' އަށް ލިބެމުންދާ ތަރުހީބުން ސައިފް ހުރީ ހިތްހަމަޖެހިފައި
03 ޖުލައި 2018

އެންޖެލީނާގެ ހުއްދައާއި ނުލާ ދަރިންނާއި ބައްދަލު ކުރެވޭތީ ބްރެޑް ޕިޓް ހުރީ ވަރަށް އުފަލުން

03 ޖުލައި 2018
އެންޖެލީނާގެ ހުއްދައާއި ނުލާ ދަރިންނާއި ބައްދަލު ކުރެވޭތީ ބްރެޑް ޕިޓް ހުރީ ވަރަށް އުފަލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު