Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

11 އަހަރުގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިންނަށް 5 މަސް ނުވަނީސް މި ދުނިޔެއާ ވަކިކޮށްލީ ބައްޕައާވެސް އެކުގައި!

އިޒްރޭލުން ދިން ވައިގެ ޙަމަލާގައި އެއް ޢާއިލާއަކުން މަރުވި 14 މެންބަރުންގެ ތެރެއިން އެންމެ ހަގު 2 މެންބަރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 މާރިޗު 2024 | ބުރާސްފަތި 11:21
ރާނިޔާ އަބޫ އަންޒާ؛ ތުއްތު ދެދަރިންނާއި ފިރިމީހާ މަރުވި ޣައްޒާގެ ރަށްވެއްސެއް

ރާނިޔާ އަބޫ އަންޒާ؛ ތުއްތު ދެދަރިންނާއި ފިރިމީހާ މަރުވި ޣައްޒާގެ ރަށްވެއްސެއް

އެއީ މި ފަހުގެ ތާރީޚުގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގި އެންމެ ލާއިންސާނީ ޖަރީމާތަކާ ނުބައްދަލު ޤަތުލުޢާންމެއް ތަޙައްމަލު ކުރަމުން ދާ ރަށެކެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ އަތުން އެ ބިންތައް ފޭރިގަނެ، އިސްތިއުމާރީ އަޅުވެތިކަމުގައި ޤައިދުކޮށްގެން ވެސް ހިތް ނުފުރުނު ނިރުބަވެރި އިޒްރޭލުގެ މުށްދަށުލާފައި އޮތް ޣައްޒާއެވެ. 5 މަހާ ގާތްވަމުން ދާ ޤަތުލުޢާންމުގައި ޣައްޒާއިން މަރުވި މީހުންގެ ޢަދަދު 30000 އަށް ވުރެ މައްޗަށް އަރައެވެ. ލައްކައަކާ ގާތް ކުރާ ޢަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ. މަރާއި ޒަޚަމްގެ ކޭސްތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ އަންހެނުންނާ ކުޑަކުދިންނެވެ.

ވިސާމްއާއި ނަޢީމް އަބޫ އަންޒާ އަކީ ޣައްޒާއަށް އުފަން، އެއްމާބަނޑު ދެބެންނެވެ. މި ދުނިޔެއަށް ފުރަތަމަ ނޭވާލީ، އިޒްރޭލުން ޤަތުލުޢާންމު ހިންގަން ފެށިތާ ކުރީކޮޅުގައެވެ. މިއިން ދުވަހުކު ނިންމާލަފާނެ ކަމުގެ ކޮޅުމަތިވެސް ފެންނަން ނެތް ޤަތުލުޢާންމުގައި ދެބެންވެސް ވަނީ މި ދުނިޔެ ދޫކޮށްފައެވެ. ޖަނާޒާ އޮތީ އާދީއްތަ ދުވަހުއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ދީފައި ވާ މަޢުލޫމާތަށް ބަލާއިރު ވިސާމްއާއި ނަޢީމް އަބޫ އަންޒާއަކީ، ރަފަޙަށް ޢަމާޒުކޮށް، ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުން ދިން ވައިގެ ޙަމަލާގައި އެއް ޢާއިލާއަކުން މަރުވި 14 މެންބަރުންގެ ތެރެއިން އެންމެ ހަގު 2 މެންބަރުންނެވެ.

ދެބެންގެ ޖަނާޒާ ކުރިއަށް ދިޔަ ވަގުތު، މަންމަ، ރާނިޔާ އަބޫ އަންޒާގެ ކިބައިން އެ ފެނުނު ކަންކަމަކީ ކޮންމެކޮންމެ މީހެއްގެ ހިތަށް ކެތްވާނެ ފަދަ މަންޒަރުތަކެއް ނޫނެވެ. ކަފުނުގައި އޮތް ދެބެންގެ ތެރެއިން އެއްކުއްޖަކު ނަގާ، ގަޔާލާ ބޮނޑިކޮށްލުމަށްފަހު، ބޮލާ ވީ ކޮޅުގައި ފިރުމަމުން ދިޔަ އިރު، ރާނިޔާގެ ހިތަށް އަރާފައިބަމުން ދިޔަ އެއްޗެއް ވަޒަން ކޮށްލެވޭނީވެސް ވަކި އެހެން ކާކަށް ހެއްޔެވެ؟ ދެބެންގެ ތެރެއިން އަނެއް ކުއްޖާ އޮތީ ޖަނާޒާގައި ބައިވެރިވަމުން ދިޔަ އެހެން މީހެއްގެ އަތުގައެވެ. އެ ތުއްތު ކުއްޖާ ލައްވާފައި އޮތް މަޑު ނޫކުލައިގެ ނިދާ ހެދުމެއް ކަން، ކަފުނުގެ ތެރެއިން ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ.

"އަހަރެންގެ ހިތް އެ ދިޔައީ" އޭ ބުނެ، ރާނިޔާ ދިޔައީ ގިސްލާ ރޮމުންނެވެ. އަބަދުގެ އަބަދަށް ރާނިޔާއާ ވެކިވެ ދިޔައީ އޭނާ ބަނޑުއަޅާ ވިހޭ އެއްމާބަނޑު ދެބެން އެކަންޏެއް ނޫނެވެ. ރާނިޔާގެ ފިރިމީހާވެސް އޮތީ ކަފުނުގައެވެ. ކައިރީގައި ތިބި މީހުން ދިޔައީ، ރާނިޔާގެ  ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ހޯދައިދެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އަތުގައި އޮތް ތުއްތު ދަރިފުޅު ވަޅުލަން ދޫކޮށްލަންވެސް އޭނާ ބޭނުމެއް ނުވިއެވެ. އެދެމުން ދިޔައީ އެ ދަރިފުޅު އޭނާ ގާތުގައި ބާއްވައި ދިނުމަށެވެ.

އަބޫ އަންޒާގެ ޢާއިލާ ދިރިއުޅެމުން ދިޔަ ގެއަށް އިޒްރޭލުން ދިން ޙަމަލާގައި 5 ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ވިސާމްއާއި ނަޢީމް އަބޫ އަންޒާ އަކީ، 11 އަހަރުގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިންނެވެ.

ޢާއިލާ މެންބަރުން ކިޔައިދިން ގޮތުގައި ވިސާމްއާއި ނަޢީމް އަބޫ އަންޒާ އުފަންވީ މީގެ 4 މަހެއްހާ ދުވަސް ކުރިންނެވެ. އެއީ އިޒްރޭލުން ޤަތުލުޢާންމު ފެށިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހެވެ.

ރާނިޔާ އުންމީދު ކުރަމުން ދިޔައީ ރަމަޟާން މަހަށް ނަމަވެސް ޙަމަލާ ބަދަލު ކުރުން މަޑުޖައްސާލާނނެ ކަމަށެވެ. ރާނިޔާއާއި އޭނާގެ ޢާއިލާއިން ދިޔައީ ރަމަޟާން މަހަށް ތައްޔާރުވެސް ވަމުންނެވެ. އެކަމަކު، ދިރިއުޅުމައިގެން ދެން ކުރިއަށް ދާނީ ކިހިނެއް، ކަމެއް ރާނިޔާއަކަށް ވިސްނައިގަންނާކަށް ނޭނގެއެވެ.

އަބޫ އަންޒާ ޢާއިލާއިން މަރުވި މީހުންގެ ހަށިގަނޑުތައް އަތުރާލާފައި ހުރީ އެކަކާޖެހި އަނެކަކު ވާ ގޮތަށް، ކަޅުކުލައިގެ ބޮޑީބޭގްތަކުގައެވެ. އެތަނުން އެއް ބޮޑީބޭގްގެ މަތީގައި ބޯ އަޅާލައިގެން ރޯން އިން ފިރިހެނަކުވެސް އެތާ އިނެވެ. ބޮޑީބޭގްގައި އޮތީ އެމީހާގެ ދަރިފުޅެވެ. އެ ކުއްޖާވެސް އޮތީ ނިދާހެމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

09 ޖުލައި 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު